ޕޮލިސް އިދާރާ. ޕޮލްކޯގެ ކޮރަޕްޝަން މައްސަލަ އޭސީސީން މަޖިލީހާ ގުޅިގެން މައްސަލަ ބަލަނީ -- ފޮޓޯ: މިހާރު
20 ފެބުރުއަރީ 2025 - 15:53
ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ގުޅޭ ގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އެއްބަސްވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ދެ އިދާރާ އިން އެއްބަސްވީ ޕޮލްކޯ މެދުވެރިވެގެން ހިންގި ފުލުހުންގެ ހައުސިން މަޝްރޫއާ ގުޅޭ ކޮރަޕްޝަނާ ގުޅުން ހުރި ޑޮކިއުމަންޓްތައް ހިއްސާކޮށް މައުލޫމާތު ހޯދުމަށެވެ.
އޭގެ ތެރޭގައި މަޖިލީހަށް ލިބޭ ބައެއް ޑޮކިއުމެންޓްތައް ވެސް އޭސީސީއާ ހިއްސާ ކުރާނެ އެވެ.
މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ވަނީ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014-2017 އަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން އެ އިދާރާއާ ހިއްސާކުރަން އެދިފަ އެވެ.
އޭގެ ތެރޭގައި 2014 ވަނަ އަހަރު އެތެރެކުރި ކްރޭނަކާއި ދެ ވައްތަރެއްގެ ދެ ވޭނަކާއި ޖެހިގެން އައި އަހަރު އެތެރެކުރި ދެ ސައިކަލު އަދި 2016 ވަނަ އަހަރު ގެނައި ކާރުގެ ތަފްސީލު ހިމެނެ އެވެ. އަދި 2017 ވަނަ އަހަރު އެތެރެކުރި ސައިކަލަކާއި ތިން ޓަވަރު ކްރޭން އަދި 14 ކްރޭން ލޮރީގެ މައުލޫމާތުތައް ވެސް ހޯދަން އެދިފައިވެ އެވެ.
އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓެއްގައި ވެސް ފުލުހުން ފްލެޓް އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުރިކަން ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދައި އާއްމުކޮށްފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ ދެގުނަ އަގު ކަމަށް އޮޑިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާވަތު
20 February 2025
ޢޭސީސީ އާއި މަޖިލިސް ތިވަރަށް ގުަަޅިގެން ތިކަން ކުރަން ތިއުޅެނީ ވައްކަމަށް ފަސް އަޅާ ފޮރުވަން
ޖނާޒިމް
20 February 2025
ވަރަށް ޒާތީވެގެން ކުރާކަމެއްހެން ހީވެޔޭ. ޢެމްއެމްޕީއާރުއެސް، ފެނަކަ، އެޗްޑީސީ، އާރުޑީސީ މިހިރަމިހިރަ ބޮޑެތި ޚިޔާނާތް އޭސީސީން ޕާކުކޮށްފައި މަޖިލިސްއާ ގުޅިގެން އޭސީސީން ޕޮލްކޯގެ މައްސަލަ ބަލާ ސަބަބު ހޯދަން އެބަޖެހޭ. ސެކިއުރިޓީ ފޯސަސްގެ އަގު ވައްޓާލައިގެން ބަގާވާތެއް ހިންގަން އުޅެނީބާ.
މައްސަލަތައް
20 February 2025
ތިޔަ ހުރިހާ މައްސަލައެއްވެސް ނުބަލާ މައްސަލަ ބަލަން ރަނގަޅު. ބަޓް، ތިޔަ ކޮމެންޓުންވެސް ވަރަށް ޒާތީވަސްދުވާ އެބަ.
ފީރުމުރަނގަ
20 February 2025
ހާދަކުދިކުދި އެއްޗިހިތަކެކޭ ގެއްލިގެން އެއުޅެނީ. ގައިމު ކުޑަ ފޮށިގަނޑަކަށް އަޅާފަ އިސްކުރު މޮހޮރު ބަހައްޓާހެން ބެހެއްޓިނަމަ ނުގެެއްލޭނެ. މިހާ ކުދި ސައިޒުގެ އެއްޗެހި ފުލުހުން އެތެރެ ކުރިއަނުދޭންވީ. ވައްކަން ތަހްްޤީޤް ކުރާ މީހުން ވައްކަން ކުރީމަ އެކަން ބެލެންވޭނެ ގޮތެއް އޮންނަން ވާނެ.
ޘަމިރު
20 February 2025
ވަރަށް ބަރާބަރު އަވަހަށް މައްސަލަ ބަލާ ނިންމައިދިނުުން އެދެން
ސީޒަން ޖެކުހަން
20 February 2025
މަޖުލީހުން ތަހުގީގުތަކަށް ވަންނަންފެށިފަހުން ފެންނަނީ ކަމުގެ ސީރިއަސްކަން ގެއްލޭތަން. މަޖުލީހުގާ ތިބެނީ ތަހުގީގުކުރުމުގެ ދާއިރާއިން ކިޔަވައިގެންތިބި މީހުންތަ؟
ހާސަރު
20 February 2025
ތިޔަކަންތައް ބަލަން އުޅޭމީހަކަށް ހުރީ ހަމައެކަނި މަޖްލިސް ނާއިބުރައީސް ، އެހެން މީހަކު ތިކަމެއް ނުބަލާނެ ، އެހެންވީމަ ސީދާ ނާޒިމްގެ ބެލުމުގެ ދަށުން ތިަކަން ބަލައިފި ނަމަ ކޮޅެއްގާޖެހިދާނެ.
ޕަކާސް
20 February 2025
ޢަހަރެމެންގެ ރަދީފަށް ކޮރަޕްސަން މި ބަސް ގެންނަންޖެހުނީ ތިދެންނެވި ބޭފުޅާ ހިންގި ކޮރަޕްޝަން ބަލަން.