ހދ. ކުޅުދުއްފުށީގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ.---
20 ފެބުރުއަރީ 2025 - 20:22
ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮޕިޝަލަކު މިރޭ ވިދާޅުވީ، އެ މައްސަލައިގައި ފާސްކުރި ގެތަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތާއި ސިހުރު ހަދަން ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ފެނުނު ކަމަށެވެ.
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީގައި ސިހުރު ހެދުމާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ރަށުގެ ބައެއް މީހުން ބުނާގޮތުގައި ސިހުރުގެ މައްސަލަ ބޮޑުވެ، ގިނަ ގެތަކުގައި މިހާރު ހުންނަނީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. ކުޅުދުއްފުށީގެ ބައެއް ގެތަކަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މި ފަހުން ދައުރުވެފައިވެ އެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ކޮށްފައިވެ އެވެ. ދާދި ފަހުން ސިހުރުގެ މައްސަލައެއްގައި ރ. އަލިފުއްޓާއި ރ. މީދޫ އަދި ތ. ވިލުފުށީގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
21 February 2025
ހުސް ފޭކު! މިޒަމާނުގަ ރާއްޖޭގަ ނެތް އަސްލު ސިހުރުހަދަން އެގޭ ބައެއް. އެކަމަކު ސިހުރު ހަދަން ބޭނުންވާ ބަޔަކު އުޅޭތީ ބައެއް މީހުން އެމީހުން އަތުން ފައިސާ ހޯދަން ފޭކު "ސިހުރު" ހަދަނީ ހެން މަށަށް ހީވަނީ. ދެން ބައެއް ފަހަރު އެހެން އުޅޭއިރު މިކަހަލަ "ސިހުރު" ދިމާވެސް ވެދާނެ. މިކަހަލަ ކަމެއް. ބައެއް މީހުން އެބަ ދައުވާކުރޭ އެމީހުން ޖިންނިން ގެންގުޅޭ ކަމަށް ވެސް! އަދި ޖިންނިންގެ އެހީ ހޯދާ ކަމަށް ވެސް. މިކަހަލަ ކަންކަމީ މުސްލިމުން ކޮށްގެންވާނެ ކަމެއްނުން.
އަލީވަހީދު
21 February 2025
ކުޅުދުއްފުށީގަ އެންޓިސިހުރު ކޯސް ކިޔަވާދޭން ފަށަންފެނޭ.
ދިވެހި ސައިންޓިސްޓް
21 February 2025
ދިވެހި ފުލުހުންނަށް ދުނިޔޭގެ ކުރިއަރާފަވާ ޤަޢުމުތަކަށް ފޮނުވައިގެން ފޮރެންޒިކް ސައިންސް ކިޔަވާދިނުމުގެ ބަދަލުގަ ކިޔަވާދޭން ފޮނުވަންވީ ސިހުރު ހާހޫރަ... ދެރައީ މިޒަމާނުގަ އެކަހަލަ ކުނިބުނި ރަސްމީސިފައެއްގަ ކިޔަވަދޭތަނެއް ދުނިޏޭގަ ނެތީމަ. ބަޔަކު ހައިރާންވެ އަންތަރީސް ނުވެދާނެތަ.. ދުނިޔޭގެ ފަލަސުރުޚީގަ "ދިވެހި ފުލުހުން ބޮޑު އޮޕެރޭޝަންއެއް ހިންގުމަށްފަހު ކާއްޓެއް ހައްޔަރުކޮށްފި!" މިއީ ދިވެހި ފުލުހުންގެ ހާލު....
ދެވަނަ ސައިންޓިސްޓް
21 February 2025
ސައިންސޓިފިކް ޕުރޫފް ނުދެވުމަކީ ސައިންސް ވެރިންގެ ނުކުޅެދުންތެރިކަން. ސިހުރަކީ ގުރުއާނުގައި ކަޑައެޅިގެން ބަޔާންކޮށްފަވާ އެއްޗެއް. އީމާންކަން ބަލިކަށިނަމަ ގަބޫލުކުރަން ދަތިވާނެ.
22 ކަންމަތީ ޗޯކޭ
21 February 2025
ހއ ހޯރަފުށީގައި ސިހުރުގެ ވަބާ ވަނީ ވަރަށް ބޮޑަށް ފެތުރިފަ. ދެމަފިރިން ވަކިކުރުމަށް ސިހުރު ހެދުމުން ފެށިގެން ބަދިގޭގަ ކައްކާ ކާތަކެތީގަ ރަހަ ލެއްވުމަށްވެސް ސިހުރު ހަދާ ހިސާބަށް މިކަން ވަނީ އާންމު ވެފަ. އިހަށް ދުވަހު ހުސޭނު ސައިކަލު ބްރޭކް ނުޖެހޭތީވެ ސައިކަލަށް ފެންކިޔަވަން ހުއްޓާ ފެނުނު.
ސިހުރު ހާހޫރަ އިސްތިރި ވަރުތޮޅި
20 February 2025
ސިހުރު ހަދާ ސާމާނުގެ ގޮތުގައި ކަނޑައެޅިފަ ހުންނަ އެއޗިއްސަކީ ކޮބައިބާ؟ ފޮޓޯ އެއް ނެތްތަ. މިއީ ކަސްޓަމްސް އިން ޓެރިފް ކޯޑު ނޫނީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ގެ ގޮތުގައި ނުވަތަ ޕޭޓަންޓް ކުރެވޭ އެއްޗެއްބާ
ބޮބޫ ފްލޭ
20 February 2025
ގަމާރު ގަމާރު ގަމާރު ދިވެހިން. ސިހުރަކީ މޮޔައިން ގަބޫލުކުރާ އެއްޗެއް. ސިހުރެއް ނުޖެހޭނެ.
ކަންމަތީ ބްރޯ
21 February 2025
ސިހުރަކީ އަސްލު އެއްޗެއްކަން ޤުރުއާނާއި ސުންނަތުން ސާބިތުވޭ. އެކަމަށް އިންކާރު މީހާ އެ ދޮގުކުރަނީ ޤުރުއާނާއި ސުންނަތް
ލޭފް ބޮބާ
21 February 2025
ޢޯކޭ. ދަންވަރު ނިކަގަހެއް ކައިރިއަށް އެކަނި ދޭބަލަ މަސް ކަށި ކޮޅެއް ހިފައިގެން. ދެން ކަށިތަށް ބިމަށް އަޅާ އެޔަށް ކުޅުޖަހާފަ ފައިން އަރަންވީ. ދެން އައިސް ސިހުރޭ ކިޔާފަ ކޮމެންޓެއް ކޮށްލަބަ
ލައިޓް
21 February 2025
ބޮޑަށް ޤަމާރީ މިކަހަލަ ހެއްވާ ކަންކަން ތަހުޤީޤު ކުރަން އުޅޭ މޮޔައިން!
ޙުދުހުދު
20 February 2025
ކުމުންދޫގަ ވެސް އުޅޭނެ އަބްދުއްރަހީމް ކިޔާ މީހެއް. އޭނަ ފޮތް ބޮނޑި އާއި އެއްކޮށް ހައްޔަރު ކޮށްބަލަ. ސިހުރު ހަދާ ހިތުން ނިދިވެސް ނައިސްގެން އުޅޭ މީހެއް އެއީ. ކޮންމެވެސް މީހަކަށް ސިހުރު ހެދުން އޭނަގެ ކަމަކީ
ޖާބެ/ކ.ކާށި
20 February 2025
އިންޓެލްގެ މައްޗަށް ބޭސްކޮށްތޯ ރެއިޑުކުރީ. 10 ގެ ރެއިޑުކޮށް 8 ގެއިން ކޮންޓްރަބޭންޑް ފެނުމުން އެބަދޭހަވޭ އިންޓެލްގެ އިތުބާރު.
ގަމާރުންނޭ
20 February 2025
ރާއްޖެތެރެ އެއްނޫންތޭ ތީ އެމެންގެ އާދައޭ މަމެން ރައްޖެތެރޭ ގެ ތަކުން ނުކަނީ ވެސް ތިހެންވެއޭ
ވަހީދޔުގެ
20 February 2025
ސިހުރު ހެދުމަކީ ބޮޑުވެގެންވާ ހަރާމް ކަމެއް. އަދި މުޖުތަމައުގައި ޝައްކާއި ވަހުމު އުފެދި ގާތްތިމާގަ މީހުންނާއި އެކުވެރިންގެ މެދުގައި ނަފްރަތު އުފެދި މަރުދުވަހަށް ދާން ދެން ދެކޮޅުވެރިކަން އޮންނަ ކަމެއް. ސިހުރުގެ ބާރުގައި ކަމެއް ނުކުރެވުނަސް، ސިހުރު ހަދާކަމަށް ވަންޏާ ޝައްކު އުފެދޭނެ.
ސައިބިލް
20 February 2025
ސިހުރެެއް ނުޖެހޭނެ. މޮޔަ ނުގޮވާ.