ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު، ރާއްޖޭގައި ގާއިމުކުރާ އަރަބި ބަސް އުގަންނައިދޭ މައުހަދުގެ ޑިރެކްޓަރާ ބައްދަލުކުރައްވަނީ. --ފޮޓޯ: ސައުދީ އެމްބަސީ
20 ފެބުރުއަރީ 2025 - 22:20
އަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސައުދީ އަރަބިއްޔާއިން ނަގާފައިވާ ހާއްސަ އިސްނެގުމުގެ ދަށުން، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރަން، ސައުދީގެ ރަސްގެފާނު ސަލްމާން، އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.
މި ނިންމެވުން ތަންފީޒު ކުރުމަށް، ރަސްގެފާނު ސަލްމާން ވަނީ ސައުދީގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ، އިމާމް މުހައްމަދު ޔުނިވާސިޓީ އާ ހަވާލުކުރައްވައިފަ އެވެ.
އެ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވަނީ، އަރަބި ބަހުން ވާހަކަ ނުދައްކާ މުސްލިމް ގައުމުތަކަށް އަރަބި ބަސް އުގަންނައިދިނުން ފުޅާކުރުމުގެ މި މަސައްކަތަށް ސައުދީގެ އެޑިޔުކޭޝަން މިނިސްޓަރު ޔޫސުފް ބިން އަބްދުﷲ އަލް ބުންޔާންގެ އެއްބާރުލެއްވުން ފާހަގަކުރައްވައިފަ އެވެ.
އަދި ރާއްޖޭގައި ގާއިމުކުރާ މައުހަދުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އާ ގުޅިގެން މި މައުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
H.E.Ambassador Matrek AlDosari met with Mr.Saleh Alarajah, Director of the Institute of Islamic and Arabic Sciences in the #Maldives to finalize arrangements for the establishment of a campus for the Arabic Language Teaching Institute of @IMSIU_edu_sa in the Maldives. 🇸🇦🇲🇻 pic.twitter.com/DIpuihsknD
— السفارة في المالديف 🇸🇦 (@KSAembassyMV) February 18, 2025
އިމާމް މުހައްމަދު ޔުނިވާސިޓީގެ ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގާއިމުކުރެވޭ މި މައުހަދަކީ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ފުރުސަތެކެވެ.
އެއީ އަރަބި ބަސް ފެތުރުމުގައި ޔުނިވާސިޓީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، އަރަބި ބަސް އުގަންނައިދިނުން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އޭގެފަހުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ، ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އާ ބައްދަލުކުރައްވައި، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
22 February 2025
ސައުދީއަަށް ގެންގޮސްގެން ކިޔަވަދޭންވީނު
ޙުސަ
21 February 2025
ޢަރަބިންގެ ތެރެއިން ކިރިޔާ ފުދުންތެރިކަން ހުރިމީހެއްވިއްޔާ އެމީހުންގެ ދަރިން ކިޔަވަން ފޮނުވަނީ ޔޫރަޕާއި އެމެރިކާ އޮސްޓުރޭލިޔާ ކެނެޑާ އަށް.
އޮނަރަބްލް އަފީފު ދީދީ
21 February 2025
އިންޑިޔާ ސަރުކާރުން ލ.އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް ކ.އަތޮޅު މާލެއަށް ބަދަލު ކުރި ފަދައިން، ތިލަދުންމަތީގައި ޗައިނާއިން ހަދާދޭން އުޅުނު ޓާޝަރީ ހޮސްޕިޓަލް ކ.އަތޮޅު ވިލިގިއްޔަށް ބަދަލު ކުރިގޮތަށް ތިތަންވެސް އަޅާންވާނީ މާތްވެގެންވާ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭގައި. އޭރުން ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުން ތިރަށަށް ކުލީ އަޅުން ގެންގޮސްގެން ތިރަށުގެ ލޯކަލް ޓްއަރިޒަމް ކުރިއެރުވޭނީ. އަދި ތިރަށު މީހުނަށް ފައިސާ ލިބޭނީވެސް.
މަރުޖު
21 February 2025
މިއި ވަރަށް އުފާވެރި ކަމެއް.މުސް ލިމުން ނަށް އަރަބި އެގުމަކީ ވަރަށް މުހިންމު ކަމެއް.
ރަދީފްއޮފިޝަލް
20 February 2025
ދިވެހިބަސް އުގަންނައިދޭ ޖިފުޓިއެއް ނަމަވެސް ސައުދީގަ އަޅަން ޖެހޭނެ.އޭރުން ދޯ މިކަން ހަމަހަމަ ވާނީ.
އިހްސާސް
20 February 2025
މާތްﷲ އަށް ޙަމްދުހުރި
ކަތްދައިދި
20 February 2025
އަންމާ ފޮތުގެ ސޫރަތެއްގެ މާނަ ވެސް މިއުޅެނީ ނޭނގިގެން. އެއީކީ ނޫންތަ އަހަރެމެންގެ ފެންވަރަކީ.
ފިނިފެންމާ ސައީދު
20 February 2025
ސީދާ ރަސްގެފާނު އެ އަމުރުކުރައްވަނީ ދިވެހިންނަަށް ކިޔަވައިދޭން. އެހެންވެތާ ޝަހީމު އެބުނަނީ އަރަބިން ކައިގެންތިބިއްޔާ ދިވެހިން ތިބޭނީ ކައިގެންނޭ.
ޑރ. ޒެކް
20 February 2025
"މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް....." ހަމަ އެއްގޮތަކަށް ސާފެއްނުވޭ މެދުމިނުގެ އިންސާނީ އަދި ސަގާފީ އަޚުލާގު ފަތުރަން މިއުޅޭ ސަބަބެއް. ކީއްތޯ ވާނީ އެންމެ ވަރުގަދަ އިންސާނީ ސަގާފީ އަހުލާގު ފަތުރަން އުޅުނިއްޔާ ދީނުގާ އަންގަވާފާވާ ހަމަތަކުގެމަތިން. މިޒަމާނުގެ ސައުދީއަރަބިއްޔާއޭ ކިޔޭ ބިމުގެ ބައެއްގާ ރަސޫލާ ވެރިކަންކުރެއްވީ އެންމެ އަދުލުވެރިގޮތުގާ އިންސާނީ ހައްގުތައް އޭގެ އަހުލުވެރިންނަށް އެންމެ ފުރިހަމައަަށް ފޯރުކޮށްދެއްވައިގެން.
ނަޞްރުﷲ
20 February 2025
އަލްޙަމްދުﷲ! ވަރަށް އުފާވެރި ޚަބަރެއްތިއީ.