ރައީސުލްޖުމްހޫރިއްޔާގެ ދިދަ (ކ) އާއި ޖުމްހޫރީ ޕާޓީގެ ދިދަ (ވ): އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ދިދައާ އެއްވަތަރު ދިދައެއް އަދި ނިޝާނެއް ވެސް ބޭނުމެއް ނުކުރެވޭ.
13 މާޗް 2017 - 10:06
ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ފަހަރެއްގެ މަތިން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް، އެ ކޮމިޝަނަށް އެހެން އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޖޭޕީން ބުނެފި އެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވީ ދިދައިގެ މައްސަލާގައި ގޮތެއް ނިންމުމަށް ޓަކައި ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ރޭ މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން އަދި ގޮތެއް ނުނިމޭ ކަމަށެވެ.
"އެކަމާ ބެހޭ ގޮތުން ފަހުން އަދި ގޮތެއް ނިންމުމަށް ރޭ ނިންމީ،" އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް ރަޖިސްޓްރީކޮށްފައި އޮތް ދިދައެއް ބަދަލުކުރަން އެންގުމަށް އީސީގެ އޮތީ ގާނޫނީ ކޮން ހައިސިއްޔަތެއްތޯ އަޅުގަނޑުމެންނަކަށް ނޭނގުނު."
ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ޖޭޕީގެ ދިދަ އަކީ ރަޖިސްޓްރީ ކުރެވިގެން އައި ދިދައެއް ކަން ފާހަގަކުރައްވައި، ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ފަހުން އައި އުސޫލަކަށް ތަބާވުން ލާޒިމް ނޫން ކަމަށެވެ. އަދި ގައުމީ ދިދަ އާއި ޖޭޕީގެ ދިދައާ އެއްގޮތް ކަމެއް ނެތް ކަން ޕާޓީން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ދިދައަށް ބެލީމަ އެނގޭނެ ތަފާތުކަން، އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ޖޭޕީގެ ދިދަ ބަދަލު ކުރާކަށް އިލެކްޝަންސް ކޮމިޝަނަށް ނޭނގޭނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވި ގޮތުގައި ޖޭޕީގެ ދިދަ ފާސް ކުރީ ގައުމީ ބައްދަލުވުމެއްގަ އެވެ. އަދި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ގައުމީ ބައްދަލުވުން ބާއްވަން ޖެހޭއިރު، ދިދައާ މެދު ގޮތެއް ނިންމޭނީ އެ ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލަށް އެކުލަވާލައި ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.
ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލީ، ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގައުމީ ދިދަ އަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒަށްވާތީވެ، ދިދަ އަށް ހުރުމަތްތެރިކޮށް ހިތަން، ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތް އަދި ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާ
05 June 2017
ދިދާގަ އިން ތަރީގެ މަތީގަ އިހުގަ ގެންގުޅޭ ވައްތަރު ގުދުގަނޑު ބުރުމާޔެއް ޖަހާ އެއިރުން ނިމުނީ
ޖަމީލުބެ
13 March 2017
މިޤަވާއިދުގެ ދަށުން ތުރުކީ ވިލާތުގެ ދިދައާއި، އިސްކަންދަަރު ސްކޫލްގެ ދިދަވެސް މަނާކުރެވޭނެ.
މުބާރާތް
13 March 2017
2 ތަސްވީރުގެ ތަފާތު ހޯދަން ކުޑަކުދިންނަށް ހުރޭ ކުއިޒް ހަދާފަ. އެކަހަލަ މުބާރާތެއް ބޭއްވީމަ ކުޑަކުދިންވެސް ދައްކާނެ މިދެދިދައިގަ ހުރި ތަފާތު.
ގަބޭ
13 March 2017
އެހެންނޫނަސް، ޖޭޕީ ދިދަޔަކާ ރައީސްގެ ދިދަޔަކާ އެއްވެސް ވައްތަރެއްނޫންޖޭޕީ ދިދައިގަ އިންނަނީ ވެހި ބޮޅެއްގެތެރޭގަ ހަނދުފަޅިޔަކާ ތަރިއެއް. ތީ ހަމަ ޖެއްސުމައްކުރާކަމެއް.
ކެޕްޓަން
13 March 2017
އާރް ކޭ އެލް ގޯޅީގަވެސްހުރޭ ދިދަނަގާފަ ހުރި ތަނެތް އެއީއަނެއްކާ ކޮންކަހަލަކަމެއްބާ އެއިމާރާތް އަނެތްކަ ތަޅާލަންޖެހިދާނެބާ
ކާށިހޮވާ
13 March 2017
ތަމެން ނޫޅޭ އެކަމާއި އިނގޭ. ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަމެއް ކުރަން އުޅެގަ އިނގޭ.
އަހުމަދު
13 March 2017
ދިދަ ވައްތަރު ކަން މިއެނގުނީ ކިތައް އަހަރު ފަހުން ހެއްޔެވެ؟ މިއީ ކުޑަކުދީންނެއް ނޫނެވެ.
ޥގޔމނ
13 March 2017
ރައީސްގެ ދިދައިގަ ރީނދޫ ކުލައިގެ ފަށެއް އިންނާނެ އަދި އިށީނދެ އިންގޮނޑީގަވެސް ހުރީ އެކުލަ ދެންފިޔާތޮށި ކުލަޔައް ބަދަލުކޮއްލާ އޭރުން ހުރިހާކަމެއް ހަމަވީ
ނޫނު1234
13 March 2017
ގައުމީ ނިޝާންގައި އިންނަ ދިވެހިރުއް ބަޅުކޮށްފައި ޕާާޓީގެ ލޯގޯ ހަދައިގެން އުޅޭ ޕާޓީއެއްވެސް އުޅޭ.. ކޮބާއިތޯ އެޅި ފިޔަވަޅަކީ؟؟؟؟
އަހާލީއޭ
13 March 2017
ޕާޓީގެ ދިދަ ބަދަލުކުރަން އީސީ އަކަށް ނޭންގޭނެ އޭ ޖޭޕީން ބުނުން އެއީ ކަނޑުގައި އަޅާލި ރޮނގެއް ނޫންތޭ ދޯ. އެއިން ވާނެ އެއް ކަމެއް ވެސް ނޯންނާނެއެވެ. ބޮޓަމް ލައިން އަކީ ހަމަ ޖޭޕީގެ ދިދަ ބަދަލު ކުރުމެވެ. މިހާރު ތަމެންނަށް އިނގެންވާނެ އެއް ނޫން ދޯ ސޯމެނީ ތިންގްސް މަމެންނަށް ހެދިދާނެ ކަން. ދެން ވެސް ތަމެން އެލްސީއީ ރޭހަށް ތަމެންގެ ފަރާތުން ނެރެފައިވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ވިދް ޑްރޯ ކުރަން ނުވިސްނަންތޭ އެއީ މަމެން ދެން ތަމެން ގާތުން ކޮށްލި ސުވާލެއް ހަމަ ދޯ. އަނެއްހެން މަމެންގެ އެއްވެސް އެދުމެއް އޮތީ އެއް ނޫން އިނގޭ.
މަރީ
13 March 2017
ދިވެހި ދިދއަކީ ސަރުކާރުގެ މިލްކިއްޔާތެއްނޫން ، އެއީ ދައުލަތުގެ މިލްކިއްޔާތެއް ، މަމެން ކުދިންނަށް ދައުލަތާއި ސަރުކާރު ވަކިކުރަން ނޭގޭތީ ހިތާމަކުރަން ، ސަރުކާރަކީ 5 އަހަރުގެ މުއްދަތަކަށް ދައުލަތުގެ ކަންތައްތައް ބެލެހެއްޓުމަށް ރައްޔިތުން ވޯޓްދީގެން ހޮވާބަޔަކަށް ކިޔާނަމެއް