އައްޑޫ އެކްސިޑެންޓުގައި އަނިޔާވި، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު.--
23 ފެބުރުއަރީ 2025 - 11:29
އައްޑޫ ހުޅުމީދޫގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި ޒުވާނާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓުވެ، ފަރުވާދެމުން އަންނަނީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު އަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޕްރެކްޓިސް ކުރަމުން ދިޔައީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި މިއަދު ފެށި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕަށެވެ.
އިލްމު އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އެކަމަކު، ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް އިއްޔެ އޭނާ މާލެ ގެނައީ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިލްމު އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. އިލްމުއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
އިއްޔެ ހެނދުނު 11:30 ހާއިރު އެ އެކްސިޑެންޓުވީ ސައިކަލު ރޭސިން ޕްރެކްޓިސްގައި އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިދޭން
24 February 2025
އައްޑޫ ހިތަދޫ ކައުންސިލުން ހުޅުމީދޫ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން މި ވިޔާނުދާ ކުޅިވަރު ކުޅޭށޭ ކިޔާފަ ހުޅުމީދޫއަށް ފޮނުވީ! ހިތަދޫގަ ކުޅެބަލަ! ރައްޔިތުން ބޭނުންކުރާން ހަދާފަ ހުރި މަގުތައްމީ. ރޭސް ޖަހާކަށް ނޫން!!!
ހާދަ ދެރަކަމެކޭ
23 February 2025
ވަރަަށް ދެރަ ޙަބަރެއް . އަވަސް ފުރިހަމަ ޟިފާ އަކަށް އެދެން.
ނަސީމާ
23 February 2025
ޢަވަސް ޝިފާއަކަށް އެދެން
ކަޅުކަމަނާރު
23 February 2025
ވަރަށް ދެރަކަމެއް ތީ. އަދި މިހުޅުމީދޫގެ އެންމެ މީހުން ދުއްވާ ބިޒީ އެއްމަގު ތީ، ތިމަގު ބަންދުކޮށްގެން ފެރީ ޓާމިނަލަށާ، އެމް.ޓީ.ސީ.ސީ އަދި މިފްކޯ އަށް ވަޒީފާއަށް ދާ މީހުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިވަނީ. އައްޑޫ ސިޓީ ކައުންސިލުންވެސް ތިކަމަށް ހުއްދަދިނީތީ ހައިރާންވޭ. ތިކަހަލަ ނުރައްކާތެރި ކުޅިވަރުތަކަށް ހުއްދަދޭކަށް ނުފެނޭ. ރޭސިންގ ކުޅިވަރުތަކުގަ އަޅާ ކަހަލަ ސޭފްޓީ އެއްވެސް އެއްޗެއް ނާޅާ ކުރާ ތިކަހަލަ ކަންކަމުން ހިނގާނީ ހިތާމަވެރި ހާދިސާތައް
ސަކީނާއްތަ
23 February 2025
ރޭސިންގ ކާރުތަކުގެ މައްސަލަބޮޑުވެގެން މާލޭގައިވެސް ތިކަން ހުއްޓުވާފައިވަނކޮށް ތިކަން އައްޑޫ ސިޓީ ކައުންސިލްއިން ހުއްދަ ދިނީ ކީއްވެގެން ތޯ ސުވާލު އުފެދޭ. ރާއްޖޭގައި އެއްގޮތަކައްވެސް ތިކަހަލަ ރޭސްކާރު ދުވިޔަދީގެން ނުވާނެ.
ވާއު ވާއު
23 February 2025
ކާރެއް ނޫން. ސަައިކަލެއް. ހަމަ ޖައްސަލާ..
ޒަރީރު
23 February 2025
ނަސީބެއް ސައިކް ކޮންޓްރޯލް ނުވެގެން އެހެން މީހެއް ގައިގަ ނުޖެހުނުކަން. އަނިޔާވި ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން. އަދި އެންމެ 18 ތިވީ. ވަރަށް ދެރަ
ޢެޑްމުންޑޯ
23 February 2025
ޢަވަސް ޝިފާއަކަށް އެދެން
ދެރަރަރަރ
23 February 2025
މީހުން މަރަށް ހުށަހެޅޭފަދަ ކަންކަން ކުޅިވަރުގެ ނަން ދީގެން އެފަދަ ކުޅިވަރިތަކަށް އެކަށޭނަ ތަންރީނުވެސް ޖާގަވެސް ނެތި ކުރިއަށް ގެންދަން ސަރުކާރުންވެސް ހުއްދަދޭތީ ދެރައީ.
ގެދޮރުވެރިޔާ
23 February 2025
މރ.ބަނާނާ! އިޙްމާލު ކުރުވާކަށް ނޫން ވީ. ޒިންމާދާރު ކުރުވަން. ކިތައްމެ ވަރަކަށް ސޭފްޓީމެޝަރސް ނަގައިގެން ހުރިނަމަވެސް ކަމެއް ދިމާވެދާނެ. ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާ ޢާއިލާގެ މެންބަރުންގެ ހިތްތަކަށް ހަމަޖެހުން ދެއްވާށީ.
ރަމަ
23 February 2025
ވަރަށްދެރަވެއްޖެ. މިކުއްޖާއަށް އަވަސް ޝިފާޢެއް މިންވަރުކުރައްވައިފާދޭވެ. އާމީން.