ރ އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ކަމަށް ތުހުމަތުކުރާ ދެ މީހުން. -- ފޮޓޯ: ޕޮލިސް
23 ފެބުރުއަރީ 2025 - 12:44
ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ކައުންސިލްގެ އިދާރާއަށް ސިހުރާއި ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ދެ ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، 61 އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67، އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިހުރުގެ މައްސަލަތައް ޕޮލިހަށް ރިޕޯޓު ކުރާވަރު އަންނަނީ ގިނަވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ އޮޕަރޭޝަނެއް ހިންގައިފަ އެވެ.
އެ އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދި އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
7ހުގ78ި8
25 February 2025
މައުމޫނުގެ ދިގު ވެރިކަމުގަ ގައިމު މިކަމަށް ހައްލެއް ހޯދައިދިން ނަމަ...
ލިޔަންކިޔަން
24 February 2025
އަނެއްކާ ހުކުކެއް ނޫނީ އަދަބެއް ދިނުމުގެ ކުރިން، ތިމީހުނަށް ރަގަޅަށް ލިއަންކިއަން އެގޭތޯ ބަލައްޗޭ (:
ހަސަންޓޭބބ
24 February 2025
ރ. އަލިފުށީގަވެސް އެބަ އުޅޭ ތި ނުބައި އަމަލުހިންގާ މީހުން.
ފޮނިފޮނިޓައްޕު ކުމާރު
23 February 2025
މިދުވަސްކޮޅު އެއްޗަކަށް މިއޮތީ ދަޅާ ސިހުރު.
ކެނެޑީ
23 February 2025
ކައުންސިލްގެ ރައީސްގާތު ބުނެބަލަ ނިކަން އޮފީހުން ނުކުމެ އަސާއެއްލާލަން އޭރުންދޯ ވާގޮތެއް އެނގޭނީ
ބުނާ
23 February 2025
ކާކަށް ތި ޖޯކު ޖަހަނީ..؟ އަސާ އެއްލާލައިގެން އެއިން މުއުޖިޒާތް ދެއްކެވީ ހަމައެކަނި މޫސާގެފާނަށް..މިޒަމާނުގަ މީހަކު އަސާއެއް އެއްލާލައިގެން މުއުޖިޒާތެއް ނުފެންނާނެ. މުއުޖިޒާތަކީ ހަމައެކަނި ރަސޫލުންނާއި ނަބީންގެ ފަރާތްޕުޅުން ފެންނާނެ އާދަޔާޙިލާފު ކަންކަން.
އަހުމަދު އަތީގު
24 February 2025
ހައްހހައްހާ އަސްލުވެސް ދޯ
މިލިޓަރީ
23 February 2025
ހަތިޔާރުގެ ބިޑްކުރުން. ސިހުރުގެ ބާރުގަ އެމެރިކާއިން ފަހުގެ ގިނައަދަދެއްގެ ހަތިޔާރު އެމެރިކާއަށް އަންގާނުލާ ރާއްޖެގެނެވިދާނެ ސިހުރުވެރިން މައުލޫމާތު ހޯދުމަށްޓަކާ އައުމަށް ދައުވަތު އަރުވަމެވެ.
ބަރުބާދު
23 February 2025
ސިހުރުގެ ބާރުން އޮއިލް ފުޅިޔެއް ހިފައިގެން ތިތަނުންންމީހެއްގެ ގެޔަށް ވަންނައިރަށް ތެޔޮފުޅިއަކަށް ބަދަލުވެޔޯ.
ޑރ ވާންޗޯ
23 February 2025
އުމުރުން ދުވަސްވީވަރަކަށް ސިހުރުހާހޫރަ ނޫނީ ބަޑިތަކުރަށް މިބަދަލުވަނީ ކިހިނެއްމިވަނީ؟.
ދަބަރޭ.
23 February 2025
ސިހުރޭ ކިއާފާނެ އަކައެއް ފެނުނަސް. މިއުޅޭ ރުގުޔާގުރޫޕު ރައްރަށުގަ ފިތުނަ އުފައްދައިގެން މީހުންގެ ބޮލުގަ ހުރިހާ ފިތުނައެއް އުފެއްދީ. ފެން އެޅިއަސް ޑީސަލް އެޅިއަސް އެނުވާނެ ސިހުރަކަށް. ތަވީދެއް ނުވަތަ ބުޅަލެއް ވަޅުލިއަސް އެނުވާނެ ސިހުރަކަށް. ސިހުރަކީ ބުދުދީނާ ހިންދޫ ދީނުގަ އޮންނަ އެއްޗެއް. އިސްލާމްދީނުގަ އޮންނަނީ ފަންޑިތަ. މީހަކަށް ގެއްލުމެއް ދިނުމަށް ފަންޑިތަ ހެދުން ހަރާމް. ކޮންމެ ކަމެއްވެސް އޮތީ އެގޮތަށް. ދޫ އޮތީ ދޮގު ހަދާކަށް ޖޫން. ވިސްނާ.
ރަނގަޅު ގޮތަކީ
23 February 2025
ކީރިތި ޤުރްއާނުގަ އޮންނަނީ "ސިޙްރު" މިނަން. ފަންޑިތަ ކިޔަނީ ދިވެހި ބަހުން. ސިޙްރުގެ ފަރުވާއަކީ ކީރިތި ޤުރްއާން.
ހިނި ފަޅައިގެން ގޮއްސި
23 February 2025
ބަލާ ބަލަ ސިހުރު ހަދާފަ އަތުލައި ގަނެ ހައްޔަރު ކުރީމަ ‘ދެ ކަހީނުން ކަން ބޮޑުވެ ބިރުން ދެލޯ ބޮޑު ވެފަ ތިބި ގޮތެއް.