ރައީސް ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކޮށް، އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް.
ދ. މީދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
24 ފެބުރުއަރީ 2025 - 23:23
އެތައް ހާސް ޕަސެންޓެއްގެ ފައިދާއާ އެކު، އާސަންދައިން ނާޖާއިޒު ފައިދާ ނަގައި ބޭސް ވިއްކަމުން ދިޔަ ވިޔަފާރިތަކަށް، އެސްޓީއޯގެ އަގުތަކަށް ބޭސް ތިރިކުރަން މަޖުބޫރު ކުރުވުމުން ބޭސް ތާށިކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ މެދުވެރިކޮށް ބަލްކް ޕްރޮކިޔުމަންޓުގެ އުސޫލުން ރާއްޖެ އަށް ބޭސް އެތެރެކޮށް، އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ނަމަވެސް، އޭގެ ފަހުން، އާސަންދަ މެދުވެރިކޮށް އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ބޭސް ވެސް މިހާރު ނުލިބޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.
ދ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒު ވަނީ ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ސަބަބު ސާފުކޮށްދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އެ ކުންފުނީގެ ރޭޓަށް އަގުތައް ތިރިކުރުމުގެ ކުރިން، ބޭސް ވިއްކާ ފަރާތްތަކުން ބޭސް ވިއްކަމުން ދިޔައީ 1،000-2،000 ޕަސެންޓުގެ ފައިދާ ލައިފަ އެވެ.
ދ. މީދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެކަމަކު، އެސްޓީއޯގެ އަގުތަކަށް ބޭސް ވިއްކަންޖެހޭ ގޮތަށް ހެދުމުން، އެ ފަރާތްތަކުން މިހާރު ބޭސް ތާށިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެސްޓީއޯގެ ރޭޓަށް ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާ އެކު އެސްޓީއޯ އިން މިހާރު އަންނަނީ ރާއްޖެ އަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"އެހެންވީމާ، މި މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް އަޅުގަނޑުމެން ނުދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އަށް އެތެރެކޮށް، އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.
ދ. މީދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އޭގެ އެއް މަސް ދުވަސް ފަހުން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ހުރިހާ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެ ކަމަށް ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.
"އެހެންވީމާ ޕްރައިވެޓް ސެކްޓަރުން ރައްޔިތުންނަށް އުނދަގޫ ކުރަން މި ކުރި މަސައްކަތް އަޅުގަނޑުމެން އެއްކޮށް ހައްލުކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭހާ ގުޅޭގޮތުން މި އެޅި ފިޔަވަޅުތަކުން ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
25 February 2025
ޕްރައިވެޓް ސެކްޓަރ ތީގެ ސަބަބުން ހަލާކުވާނީ. އެތަށް ބައެއްގެ ވަޒީފާ .އެތަށް ބައެއްގެ ވިޔާފާރި. ސަރުކާރުން ރެގިއުލޭޓުކުރާނީ. މައްސަލައެއް އުޅެންޏާ އެކަމެއް ބަލައި އިސްލާހުކުރާނީ. އެހެން ގައުމުތަކުގައި ސަރުކާރުތަކުން އަމިއްލަ ވިޔާފާރިތަކަށް ހިތްވަރުދީ ކުރިއަރުވަން މަސައްކަތްކުރާނީ. މިސަރުކާރުން ކަން މިކުރަނީ އަމިއްލަ ވިޔާފާރިތައް ފުނޑާލައި ސަރުކާރު ވިޔާފާރި ކުރިއަރުވަން. މި ކޮމިއުނިސްޓު އުސޫލެއް. އުވިގޮސްފައިވާ އުސޫލެއް.
ދައިލް
10 May 2025
މަދު މުއްސަދި ކުންފުންތަކުން ރައްޔިތުންގެ މާލީ ހާލަތު ދަށް ކޮށް މޮނައްޕަލީ ހިންގުނު ޒަމާން ގޮއްސި... މަދު މުއްސަދިން ބޭނުން ވަނީ ރައްޔިތުން ނިކަމެތި ކޮށްފަ މުއްސަދި ވާން
ރާވެރިބެ
25 February 2025
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭ ހިމެނޭ ބޭސް އެތެރެކޮށް އާއްމުންނާ ސަރުކާރަށް ވެސް އެތަށް ޒަމާނެއް ވަންދެން ވިއްކަމުންދާ ބައެއް ފަރާތްތަކަކީ ‘މެޑިކަލް މާފިއާ’ އެއްކަމަށް ސަރުކާރުން ސިފަ ކުރުމަކީ ވަރަށް ސީރިއަސް ކަމެއް. މީގެ ކުރިން ޓުއަރިޒަމް ގެ މަހުޖަނުން ލޭބަލްވީ މިގޮތަށް! ކިހާވަރަކުން މިކަން ދާނެބާ!
ރާވެރިބެ
25 February 2025
މީހުން ބުނެ އުޅޭ މަސް ނުބޭނުނީމަ ކަނޑު ގޯސް ކުރާވާހަކަ. އެގޮތަށް ރައްޔިތުންނަށް އާސަންދަ ނުދެވުނީމަ މިގޯސްވީ ބޭސް އެތެރެކުރާ އަމިއްލަ ވިޔަފާރި ވެރިން. ހުރިޙާ އަމިއްލަ ވިޔަފާރި ހުއްޓުވާފަ ސަރުކާރުން ހުރިހާ އެއްޗެއް އެތެރެ ކޮށް ވިއްކަންވީ ނޫންތޯ؟
ރާވެރިބެ
25 February 2025
"މާފިއާ" އަކީ "އޯރގަނައިޒްޑް ކްރައިމް" ނުވަތަ ރާވައިގެން ޖިނާއީ ކުށް ކުރާ ފަރާތްތައް ކަމަށްވާތީ ރައީސް މި ވިދާޅުވި "މެޑިކަލް މާފިއާ" އަކީ ގޭންތަށް ފަދަ ނުރައްކާތެރި ބައެއް ކަމަށް ބަލަން އެބަޖެހޭ. އެހެން ކަމުން ރާއްޖެއަށް ބޭސް އެތެރެ ކުރާ އަމިއްލަ ވިޔަފާރިވެރިންގެ ތެރެއިން މިމާފިއާގެ މެމްބަރުން ހިފާ ހައްޔަރުކޮށް ޝަރިއަތަށް ފޮނުވުމަށް ގޮވާލަން.
ރަތް ވޭވް
25 February 2025
ކީއްވެތޯ ހުރިހާ ވިޔަފާރިތަކާ ހާޑުވާއިރުވެސް ޑުރަގު ލޯޑުންނާ ގޭންގުސްޓާރުންގެ ވިޔަފާރިތަކާ ޖެހިލަންނުކެރެނީ...
އަނގަސަރުކާރު
25 February 2025
ބަރިބަރި އެޔޮއްހާ ބޭސް ފިހާރަތައް ހުންނަނީ ކީއްވެކަން މި އެނގެނީ ތި މާފިއާ ނުހުއްޓުވޭނެ ކޮންމެ ސަރުކާރެއް ގެނަޔަސް ނުހުއްޓުވޭ ކަންކަން ހުރޭ އަގުބޮޑު ކޮއް ބޭސް ވިއްކުމެއް ނޫން މައްސައަކީ ވަގުބޭސްސިޓީ އަސްލު މައްސަލަ އޮޅުވާލާނަމޭ ހިތާ ނޫޅޭ
މަ ބުނީ
25 February 2025
މަ ބުނީ ހުކުރު ހެދުން ނުވަތަ ޢީދުހެދުން ލައިގެން ނުވަތަ ފަގުޑި އަޅައިގެން ހުއްޓަސް އިބިލީސްވާނީ އިބިލީހަށޭ ދޯ ؟ ޝައިތާނާ ވާނީ ޥައިތާނާއަށޭ ދޯ ؟
ރަތްސަންދަ
25 February 2025
އާސަންދައިންލިބޭ ބޭތަކުގެ ލިސްޓުން 70 ޕަސެންޓް ކަނޑާލައިފި. ކުރިން 100 ބޭސް ލިސްޓުގައި ހުރިނަމަ މިހާރު ހުއްދަދީފައިވަނީ 30 ބޭހަށް. ބާކީ ބޭސްތައް ޖީބުން. އެސްޓީއޯއަކީ ސަރުކާރުން ބޮޑުތަނުން ސަބްސިޑައިޒްކޮށްގެން ހިންގާ ކުންފުންޏެއް ފައިދާއަކަށް ގެއްލުމަކަށް ބަލަންޖެހޭ ބައެއްނޫން. އެމީހުން ވިއްކާ އަގުތަކުގައި އަމިއްލަ ވިޔަފާރިތަކަކަށް ނުވިއްކޭނެ. މިވަރު ނުވިސްނޭ މީހުން ގައުމުގެ ވެރިކަމުގައިތިބުމަކީ ރައްޔިތުންގެ މައްސަލައެއް.
ފަށްދި
25 February 2025
އަހަރަމެނަށް އަބަދުވެސް އެނގޭ އާސަންދާ ހަދައިގެން އޭގެންމި ވިޔަފާރިވެރިން ވައްކަން ކުރާކަން. ރިސޯޓް ވެރިންނާ ރިސޯޓްމުއަށްޒަފުން ބްލެކްގަ ޑޮލަރު ވިއްކާކަންވެސް އެނގޭ. ވެރިން މިކަންކަން ނުހިއްޓުވާތީ އަހަރުން ގޮތެއްނެތީމަ ތިބީ. މިހާރު ރައީސް އެހުންނެވީ ރަތްޔިތުންނާއެކު. ފަހަތަކަށް ނުޖެހޭނެ
އަފްރާސިޔާބު
25 February 2025
ނޫން ދެންވެސް ބޭސް ވިއްކާނީ މެޑިކަލްމާފިޔާއޭ އެބުނާ މީހުން. އެމީހުންގެ އަތުން އަތުން އެސްޓީއޯ އަށް ބޭސް ގަންނާނީ. މިކަން ކުރަން ކުރީސަރުކާރުންވެސް އުޅުނު. އެމީހުން ހަމަ ނުކުމެލާއިރަށް ސަރުކާރު ސައިޒުވެ މަޑުމަޑުން އޮތީ. އެހެން އެވަނީ ވެރިކަން ހޯދަން އެމީހުން އަތުން ފައިސާ ނެގީމާ. މިސަރުކާރަށްވެސް އޮތީ.
ދާންދޫ
25 February 2025
ރެގިއުލޭޓަރީ އޮތޯރިޓީއަށް ތިދާއިރާ ރެގިއުލޭޓް ނުކުރެވެނީ ކީއްވެ ބާ ؟؟؟؟ އެއީ ވެރިޔަކަށް ހުރިމީހާގެ ގޮފަޅުކަން ނޫން ދެން ކޮން ކަމެއްބާ ؟؟!!
ދާލު
25 February 2025
ޔޫރަފުން ބޭސް ގެނަން ފެށިފަހުން އެސްޓީއޯއިން ކުރިން ލިބެމުން އައި އިންޑިޔާ ބޭސް ވެސް ނުލިބޭ.
ހަސަނު
25 February 2025
މީ ވަރަށް ރަނގަޅު ނިންމުމެއް..
ދީލަ
25 February 2025
ރިސޯޓު ވެރިންނާއި ،ޓެކްސީ ޑްރައިވަރުން، ރުޅިއަރުވާލާފައި، ބޭހުގެ ވިޔަފާރިވެރިން ރުޅިއަޅުވާލަނީ އަދި ބަލިމީހުންވެސް މީގައި ހިމެނޭ، ކުރިން އެސްޓީއޯއިން ލިބޭ ބޭސް މިހާރު ނުލިބޭ