އެސްޓީއޯ އިން އެޗްއެލްއެލް ލައިފްކެއާއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: އެސްޓީއޯ
08 މެއި 2025 - 20:26
ބައެއް ބޭސްތައް ހޯދަން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު އެސްޓީއޯ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެސްޓީއޯ އިން ސޮއިކުރީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ.
އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށް އެސްޓީއޯ އިން މިރޭ ބުންޏެވެ.
އެޗްއެލްއެލް ލައިފްކެއާ އަކީ މި ސަރަހައްދުގައި އެންމެ ފުޅާދާއިރާގައި ޑޮކްޓަރީ ބޭސް ސަޕްލައިކުރާ އެއް ކުންފުންޏެވެ.
Delighted to partner with @HLLLifecare (Govt of India) under the #JanaushadhiScheme, tackling import challenges head-on. By linking Maldives to one of the world’s largest pharma supply chains, we secure price stability and reliable access to essential medicines. @HCIMaldives pic.twitter.com/80EDGvqBHB
— STO (@stoplc) May 8, 2025
އެސްޓީއޯއިން ބުނީ އެ ފަދަ އެއްބަސްވުމެއް ހެދީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލަ އަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ. މިދިޔަ ދެ ތިން މަހުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.
އިންޑިއާ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏާ އެކު ހެދި އެ އެއްބަސްވުމުގެ ނަތީޖާއަކީ ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ފަސޭހައިން ލިބޭނޭ އިންތިޒާމުތައް ހަމަޖެހުން އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައި ދީފައިވާއިރު، އެޗްއެލްއެލްއާ އެކު ހެދި އާ ޕާޓްނާޝިޕްގެ ދަށުން އަސާސީ ބޭސްތައް ދަތިކަމެއް ނެތި ދެން ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ބުނިގޮތުގައި، ހުރިހާ ބޭހެއް ވެސް ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ ވެސް އެއްގޮތަށެވެ.
އެޗްއެލްއެލްއާ އެކު މީގެ ކުރިން ވެސް އެސްޓީއޯ އިން މަސައްކަތްކޮށްފައި ވެ އެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެވެ. އޭރު ވަނީ އެ ކުންފުނި މެދުވެރިކޮށް މުހިންމު ބޭސްތަކެއް ރާއްޖެ އަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
09 May 2025
އިންޑިއާ ގެ ޔޫރަޕް އަވަށެއް އޮތޯބަލާލަ ދޭނީކޮންކުއްޖެއް
އަފްރާސިޔާބު
09 May 2025
އިންޑިޔާގައި ހުންނަނީ ޔޫރަޕްގެ ބޭހޭ. އިންޑިޔާ އަށްވެސް ޔޫރަޕުން ބޭސް ލިބުން ދަތިވާތީ އެމީހުން ރާއްޖެއާއެކު ބޭސްގަތުމުގެ އެއްބަސްވުމެއް ހަދަނީ.
ޙުމްޔާ
09 May 2025
މުއިއްޒު އިތުރު 5 ދައުރަށް ހޮވާދީގެންނޫނީ ދެން ދިވެހިންނަށް ޖަރުމަނު ބޭސް ލިބޭނެ ގޮތެއްނެތް
ކިއްލާ2222
09 May 2025
އިންޑިޔާ އާ ރުޅި ވެ ހިންގި ކަންތައް ގަޑުގަ އިންޑިޔާ އިން ބޭސް ނުގެނެ އެހެން ގައުމަކަުން ބޭސް ގެންނަން ހަދާ ގެން އެ ގައުމުން އެތެރެ ކުރާ ބޭސް އަގުބޮޑު ވީ! މި ހުރިހާ ޒަމާނަކު ވެސް އިންޑިޔާ އިން އެތެރެ ކުރަ ބޭސް ދިވެހިން ބޭނުން ކުރަމުން އައީ! ކިހިނެއް މިވީ އަނެއްކާ ވެސް މިޖެހުނީ ހަމަ އިންޑިޔާ އިން ބޭސް ހޯދަން! އެހެންވެ ދިވެހިން އަމިއްލަ ފެންވަރު ނޯޅި އިންޑިޔާ އާ ނުފޮށި ތިބެންވީ
ސަލީމު އިދުރަީސް
09 May 2025
ތެދެއް ތިބުނީ މިހަކާ ރުޅިހަދާފަ ހަބޭހައް ބަވާފަ ގޮތެއް ނެތިގެން އެމިހަކު ފައިބުޑައް ޖެހިފިނަމަ އެމިހަކައް ގަދަރާ އިހުތިރާމެއް ނުކުރާނެ ހަދާނީ ހަދާނެ ގޮތެއް އެހެން މިއުޅެނީ ސަރުކާރައް ވެގެން
އަބްޑޫޅް +
09 May 2025
ރުއްގަލުބޭސް ކުރަން ޖެހުނަސް މަށެއް ތިޔަ އިންޑިޔާ ބޭހެއް ނުކުރާނަން.
ޝަރަފްﷲ
09 May 2025
ކޮއްކޯ އަހަރެމެން ބޭނުން ކުރަމުން އަި ހުރިހާ ބޭހެއް ހެން ހުންނަނީ މޭޑް އިން އިންޑިޔާ ޖަހާފަ! އިގިރޭސި ގިނަ ބޭސް ކުންފުނި ތައް ޒަމާނުއްސުރެން އިންޑިޔާ ގަ ބޭސް އުފައދަމުން އައީ!
ބުހުތާނު ތަހުތު
09 May 2025
އިންޑިއާ ކޮންއިރަކުތަ ޔޫރަޕްގެ ގައުމަކައްވީ.
އަފްރާސިޔާބު
09 May 2025
ދިވެހިރާއްޖެއަކީވެސް ޔޫރަޕުގެ ގައުމެކޭ. އެހެންވީމާ ޔޫރަޕްގެ ދެގައުމުވީމާ މައްސަލައެއް ނެތް.
ކަނބިލި
09 May 2025
ބޭސް ނުލިބުން އެެއީ މީގެކުރިން ދިމާނުވާ މައްސަލައެއް. ދެއުޅިއެއް ނުވާ ސިޔާސަތުތަކުން ދިމާވި މައްސަލައެއް. މައްސަލަ ދިރާސާކުރުމުގެ ބަދަލުގައި " މެޑިކަލް މާފިޔާއޭ" ކިޔައިގެން ، ޖެއްސި ސިޔާސީ ގޭމަކުން ދިމާވި ކަމެއް. މާމޮޅަށް ކަންކަން ކުރެވޭނެކަމަށް ހިތައި ޖައްސާ ކޮންމެ ގޭމަކުން ހާލުގައި ޖެހެނީ ރައްޔިތުން
ފިިނދަނަ
09 May 2025
ވަރަށް ރަގަޅު ވާހަކައެއް. މެޑިކަލް މާފިއާއޭ ކިޔާފަ އާސަންދައިން ބޭހުގެ އަގުތަށް ވައްޓާލީ ބޭސް ވިއްކާމީހުންނަށް ގެއްލުންވާ ގޮތަށް. އެސްޓީއޯއަށް ބޭންކް ރޭޓުގަ ޑޮލަރު ލިބުނަސް ޕްރައިވެޓް ވިޔަފާރިތަކުން ޖެހެނީ ޑޮލަރުވެސް ބޮޑު އަގުގަ ގަނެގެން ވިޔަފާރި ކުރަން. އެސްޓީއޯއަށް ރާއްޖެއަށް ބޭނުންވާ ވަރަށް ބޭސް ގެނެވެނީއެއްނޫން. ތިޔަ ބުނާ މާފިޔާ މައިތިރި ކުރަން އެސްޓީއޯއިން ބޭސް ގެނެސް މޮނޮޕޮލީ ހަދަންވީނު. ތަނެއް ދޮރެއް ނޭގެނީ ނޫނީ ހަމަ ގަސްދުގަ ކުރާ ކަންތައް
ޓީމް ޝިއުނާ / މަލްޝާ
09 May 2025
ޔޫރަޕްގެ އިންޑިޔާ އުތަ؟
ހެޑް އޮފް ޔޫރަޕިއަން ޔޫނިއަން
09 May 2025
އަހަ! ކިހިނެއް މި ހެދީ. ފެންވަރު ރަގަޅު ބޭސް ސީދާ ޔޫރަޕުން ދިވެހިންނަށް ފޯރުކޮށްދޭން ބުނެފަ އޮޑި މި އަނބުރާލީ ސީދާ އިރަށް. ނޫނީ މަށަށް ނޭނގި އިންޑިއާ ޔޫރަޕިއަން ޔޫނިއަން އަށް ވެއްދީތަ؟ ވެދާނެ އެހެންވެސް. ދެންވެސް ޕޮލިސީ ހަދާ ފޮނުއަރުވާ މީހުންނަށް ބުނެލަން އޮތީ އެ ކަކުންޏެއް ހަރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުންނޭ.
މަރުތެޔޮން
09 May 2025
ދެންވެސް ބޭސް ލިބޭނީ މާލެއަށް ދިޔައިމަ. ތިއެސްޓީއޯއިން އަތޮޅުތެރޭގަ ބޭސްފިހާރަ ހުޅުވައިގެން ތިބުމުގެ ބޭނުމެއް އަހަރުނަކަށް ނުފުދޭ. ކޮންމެ ފަހަރަކު ބޭސް އާކުރަންވީމަ ހަމަ މާލެ ފޮނުވަން މިޖެހެނީ ބޭސް ސިޓީގަނޑު.
ކިނާރީ
09 May 2025
ތިކަމާ އެއްޗެކޭ ބުނާކަށް ނެތިން. ޕާކިސްތާނު ފެންނަނީ ހުރިހާ ކަމެއްގަ ވެސް މާގަދަކޮއް. ތަހުޒީބު އިސްލާމުން ވިސްނާ ވިސްނުން. މިލިޓަރީން ތަމްރީނު ކުރަންވެސް ޕައިލެޓުން ތަމްރީނު ކުރަންވެސް ރީތި ޕާކިސްތާނު ހެދުން ހޯދަންވިއަސް ޑްރަމާ ބަލަންވެސް ކާބޯތަކެތި ތައްޔާރުކުރުން ވިއަސް ޝަހާދަތުގެ އެކަލިމަ ކިޔާ ބައެއްގެ ކިބައިން ކަންކަމަށް އެހީއަށް އެދުން މާރަގަޅު . މުސްލިމުންގެ ދުޝްމަނަކަށްއިންޑިޔާ ބޮޑުވަޒީރު މޯދީ ވާއިރު .