ރައީސް ޑރ. މުހައްމަދު މުއިއްޒު، ދ. މީދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
25 ފެބުރުއަރީ 2025 - 11:10
ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ރަށަކީ ވެސް 200 ހައުސިން ޔުނިޓް އިމާރާތްކުރަން ވައުދުވެފައިވާ ރަށެއް ކަމަށެވެ.
އެކަމަކު ރައީސް ވިދާޅުވީ އަމިއްލަ ގޯއްޗެއް ލިބި، އެ ތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެ މީހަކަށް އަމިއްލަ ގޯތީގައި ސަރުކާރުން ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށެވެ. އެއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ.
"މި މަޝްރޫއު ކުރިއަށް ދާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ރަށުގައި ވެސް ރައްޔިތުންނަށް ހިއްކި ސަރަހައްދުން ގޯތި ދޭން ކަނޑައެޅިފައި މި އޮތީ. އެކި ސަރަަހައްދު ވިޔަސް އަދި ރަށުގައި ގޯތި ލިބިފައި ހުސްކޮށް އޮތް ގޯއްޗެއް ކަމަށްވާ ނަމަ އެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓް މި އަޅަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެއީ ފްލެޓް މަޝްރޫއެއް ނަމަވެސް ރައްޔިތުން ބޭނުންވާ ނަމަ އަމިއްލަ ގޯތީގައި އެޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ މީހުންގެ އަދަދު ކަނޑައަޅައި ނިމުމުން ބާކީ ހައުސިން ޔުނިޓްތައް އަޅާނީ ރަށުގައި އެކަމަށް ހާއްސަ ކުރާ ސަރަހައްދުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެހެންވެ، މީދޫ ކައުންސިލުގައި އެ މަނިކުފާނު އެދިވަޑައިގަތީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާ މީހުންގެ އަދަދުތައް ބަލައި އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކޮށްދޭށެވެ.
"މި ރަށުގެ ކައުންސިލުގައި އަޅުގަނޑު ދަންނަވަން ގޯތި ދެވިގެންދާއިރު އަމިއްލައަށް ގޯތީގެ އިމާރާތްކުރަން ކުޅަދާނަކަން ނެތް ފަރާތްތަކުން ނޫނީ މި ޕްރޮޖެކްޓުގެ ތެެރެއިން އެ މީހާގެ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވަންޏާ އެ މީހާ ކަނޑައަޅައިދޭން،" މީދޫގައި ރައީސް ވިދާޅުވި އެވެ.
ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ރަށުގެ ދުވަސްވީ މީހަކާ ސަލާމްކުރައްވަނީ.
މީދޫގެ އިތުރުން ހައުސިން ޔުނިޓް އެޅުމަށް އިއުލާނު ކޮށްފައިވާ ހުރިހާ ރަށެއްގައި ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް ރޯދަމަސް ނިމުމުގެ ކުރިން ކައުންސިލުތަކުން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިވަޑައިގަތެވެ.
"އޭރުން [އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންގެ މައުލޫމާތު] އެ ފަރާތްތަކުގެ ގޯތީގައި މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅާނަން. ބާކީވާ ނަމަ، ފްލެޓް އަޅާނެ ވަކި މަޝްރޫއުއެއްގެ ގޮތުގައި،"
ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވީ، އެއީ ގިނަ ބަޔަކު ބޭނުންވާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވެ އެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ ލޯނު ހޯދުމަށް ބައެއް މީހުންނަށް އޮންނަ ދައްޗެވެ. އެކަމަކު މި ސަރުކާރުން ގެދޮރު އިމާރާތްކުރުމަށް ހުޅުވާލާފައިވާ ފަސޭހަ ލޯނެއް ކަމަށާއި އެ ލޯނު ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ލޯނު ނަގައިގެން ކުރިއަށް ދިއުން ކަމުގައި ވިޔަސް އަދި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ސަރުކާރަށް ހަވާލުކުރުން ކަމުގައި ވިޔަސް އެވެ.
ރާއްޖޭގެ ރަށްރަށަށް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޯޑަށް ކުރިމަތިވެފައިވާއިރު މި ދައުރުގައި އެކަން ހައްލުވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައުރު ނުނިމެނިސް ޤައުމު ބަނގުރޫޓު ވާނެ!
25 February 2025
މިހުންނެވީ 2 ވަބަ ދައުރެއް ކާމިޔާބު ކުރައްވަން ދޭތިން އެކައްޗަށް ހިއްޕަވާފަ އެވެ.
ގެދޮރުވެރިޔާ
25 February 2025
ތި ހަގީގީ އެއްޗެއް ވެއްޖީޔާ ވަރަށް ސަޅި. 2024 ވަނަ އަހަރުގެ އޯގަސްޓްގައި ރަސްމާލެ ހިއްކައިވެސް ނިންމި.
ބަކުރު ބޭ
25 February 2025
ބޯ ރަނގަޅު މީހުން ތިބެނީ ބުރި ބުރި އަށް އަމިއްލަ ގޯތީގައި ގެސްޓުހައުސް އަޅާފައި ގޮސް ސަރުކާރު ތަންތަނުގައި ބޯހިޔާވަހިކަން ހޯދާއިގެން!
ފަސއ
25 February 2025
މީނަ މީ ހަމަ މުސްލިމެއްތަ؟ ދޮގުހަދަމުން މިދުވަނީ ރޯމާދުވާލު...
ދިދަ ދަނޑި
25 February 2025
އަނެއްކާވެސް ރޯދައާދިމާކޮށް އަޅިއެއް ބުރުއްސާލީ އުތަ؟
ގެދޮރުވެރިޔާ…
25 February 2025
ފޮނި ނުކަޑާ ފުރަތަމަ ގެދޮރުވެރިޔާ ލޯން ދޫކޮއްބަލަ. ލޯންއަށް އެޕްލައި ކޮއްފިން ހުޅުވި ހަފްތާ. ލޯން ކައުންސިލް ވރިފިކޭޝަން ސްޓެޓަސްގައި. ކައުންސިލް އިން އެހީމަ އެބަބު ބުނޭ ހައިސިން ލޮގޮން އެކްސެސް ނުދީގެން އޭ. ފޮނުވާފައި އަދި ޚަބަރެއްނުވޭ. ނުކުޅެދޭ އަގައިން ހިންގާ ސަރުކާރެއް މިއީ. މީޑައާ ހެޑިން ހެދިޔަސް އަމަލުން ނުދެއްކެންޏާ ހަމަ ހުސްއަނގަ ތި ތެޅުވެނީ
ގުޅިފަޅު
25 February 2025
ބައްލަވާ ތަންކޮޅެއް އަވަހައް ގުޅިފަޅުގެ ހިކިފަހުރިބިމުން ލިބިފަހުރި ގޯތިތައް ހަވާލުކޮށްދެއްވާ
އަފްރާސިޔާބު
25 February 2025
ގުޅިފަޅުފައި ގަނޑުވަރު އަޅަން ބޭނުންވާ ރައްޔިތަކު ހުރިއްޔާ އެމީހަކު ބޭނުންވާ ގޮތަކަށް ކުރަހައިގެން ހައުސިން މިނިސްޓްރީން ފާސްކޮށް އައީމާ އެގޮތަކަށް ސަރުކާރުން އަޅައިދޭނެ. ފައިނޭންސް ކުރާނީ އެމީހަކު އަމިއްލައަށް.
44 އަހަރު . ވޯޓުލުން ހަރާން
25 February 2025
ރާއްޖެއަކީ ވަރަށް މުއްސަދި ގައުމެއް. ސިޔާސީ މީހުންގެ ޖީބަށް މިލިއަނުން އެބަވަދޭ. 5 އަހަރުން އެބައިމީހުން ތަނަވަސްވެ މުދާވެރިންނަށްވޭ. ނިކަމެތި ރައްޔިތު މީހާއަށް ހައްގު މިންްވަރު ވަރަށްސާފު. ދުވަހަކުވެސް މައާފެއް ނުކުރާނަން.
އަފްރާސިޔާބު
25 February 2025
ކޮންކަމަކަށްތޯ ނިކަމެތި ވަނީ؟ ފުރަތަމަވެސް ތިބުނީ ގައުމު މުއްސަނދިވާހަކަ.
44 އަހަރު. ވޯޓުލުން ހަރާން
25 February 2025
އުމުރުން 44 އަހަރުވެއްޖެ. 5 ކުދިންނާއި އަނތްބެއް އެބަހުރި. އަމިއްލަ ގޯއްޗެއް، ގެއެއް ނެތް. ރާއްޖެ ތެރޭ ރަށަކުން ގޯތި ހޯދަން 3 ފަހަރު ފޯމް ލެވިއްޖެ. ސަރުތެއް ހަމައެއްނުވޭ. ރަށުގަ ކިޔެވޭކަށްނެތް. ސިއްހީ ހިދުމަތެއްނެތް. އަދާކުރާނެ ވަޒީފާއެއް ނެތް. ކުލީ އަޅުންނަށްވެ ހަށި ވިއްކަން މަޖުބޫރު ކުރުވުންނޫންތަމީ؟؟
ސަސި
25 February 2025
ހަމަ ކޮންމެ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން
އަފްރާސިޔާބު
25 February 2025
ނުފުއްދޭ ވައުދަކީ ވައުދެއްނޫން. އެއީ އޮޅުވާލުމެއް.