ރިޕޯޓް / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ޖިންސީ ފުރައްސާ އިން ޑިޕްރެޝަނަށް، ރައްކާތެރިކަމެއް ނުލިބުނު!

ދެކުނުގެ އަތޮޅެއްގައި ހިނގި ޖިންސީ ގޯނާގެ ވާހަކައެއް މީހަކު ކިޔައިދެނީ: ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މައްސަލާގައި މިހާތަނަށް ފިޔަވަޅެއް ނާޅާ.

ކުރިން ނަފްސާނީ ބައްޔެއް ނުހުރެ އެވެ؛ އެކަމަކު އޮފީސް ތެރެއިން ދިމާވި ޖިންސީ ފުރައްސާރަތަކުން އޭނާ "ބަލިވެއްޖެ" އެވެ. އެ ހާދިސާތަކަށް ފަހު، އޭނާ ދަނީ ޑިޕްރެޝަނާއި އެންޒައިޓީއަށް ވެސް ބޭސް ކަމުންނެވެ. އަދި ސައިކޯތެރަޕީ ވެސް ނަގަމުން އަންނައިރު މިފަހުން ވަނީ ޕެނިކް އެޓޭކެއް އައިސްގެން މަގު މައްޗަށް ވެސް ވެއްޓިފަ އެވެ. ޑޮކްޓަރުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 10 ދުވަހުގެ މަތިން ފަސް ފަހަރަށް ޕެނިކް އެޓޭކް އައިސްގެން ފަރުވާ ހޯދަންޖެހުނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކުރި އެ އޮފީހުގެ އަންހެން މުވައްޒަފު ކިޔައިދިން ގޮތުގައި، މި ހާލަތަށް ދިޔައިރު ވެސް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ތަނެއް ނެތެވެ

އޭނާ ބުނީ މައްސަލަ ހުށަހެޅި އެއްވެސް މުއައްސަސާއަކުން ރައްކާތެރިކަމެއް ނުލިބުނު ކަމަށެވެ. އިތުރަށް ފުރައްސާރައިގެ ތެރެއަށް އޭނާ ހުށަހެޅުނީ އެވެ.

ވިކްޓިމް ކިޔައިދިން ގޮތުގައި އެކި ދުވަސް މަތިން ފަޒީންގެ ޖިންސީ ފުރައްސާރަ އާއި ގޯނާއާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

"ފުރަތަމަ ވަނީއްސުރެ އަނގަބަހުން ފުރައްސާރަކުރީ. ވަރަށް ރީއްޗޯ. ވަރަށް ލައިކްވެޔޯ. ހަޒްބެންޑް ނެތް ގަޑީގައި ގުޅާބަލާށޭ ކޮފީއަކަށް ދާން. ހަޒްބެންޑް ނުޖެހޭނެ ނޫންހޭ ބޭރަށްދާކަށް ތިހާ ރީތި ކުދިން ތިއްބާފައި،" ވިކްޓިމް ކިޔައިދިނެވެ.

ބްރޯޑްކޮމްގައި އޭނާ މަސައްކަތްކުރާ ޑިޕާޓްމަންޓްގެ ގޮތުން އިސްވެރިންނާ އެކު ވާހަކަ ދައްކަންޖެހެ އެވެ. އޭނާ ބުނީ ޑޮކިއުމަންޓެއްގައި ސޮއި ހޯދަންވެގެން ފަޒީންގެ ގާތަށް ދާން ޖެހުނީ ބްރޯޑްކޮމްގެ ރައީސާގެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާ، ލީވެއްގައި ހުރުމުން ކަމަށެވެ. އެއީ ޖިންސީ ފުރައްސާރައިގެ ތެރެއަށް އޭނާ ހުށަހެޅުނު ފުރަތަމަ ދުވަހެވެެ.

"ރޯދަ މަހު މި ދިޔައީ އެއްޗެއްގައި ސައިން ކުރަން [ބްރޯޑްކޮމްގެ ރައީސާގެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާ] މަރީ ލީވްގައި ހުރީމަ.. ދެން ރޯދަ މަހު އެކަހަލަ ވިސްނުމެއް އައިސްދާނެއޭ ހިތަކަށް ވެސް ނާރާނެ ދޯ. ސަލާމްކުރަން އަތްދިކޮށްލި ގަޑީގައި ސަލާމްކުރީމަ އަތުން ގަޔާދިމާލަށް ދަމައިގެންފައި ބައްދާލީ،" އޭނާ ބުންޏެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން: އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ވާހަކައެއް ނުދެއްކެވި.

އޭނާ ބުނީ ބިރާއި ލަދުގަނެފައި ހުރި ވަރުން އޮފީސް އެއްވެސް މީހެއްގެ ގާތު އެ ވާހަކަ ބުނަން އެ ދުވަހު ނުކުރެނު ކަމަށެވެ.

ފަހުން އެކަހަލަ ކަމެއް ގިނަ ދުވަސްތަކެއް ވަންދެން ނުހިނގި ނަމަވެސް ދުވަސްކޮޅެއް ފަހުން ތަކުރާރުކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.

"އޮފީސް ޓްރިޕެއްގައި ވެސް ބުނަނީ ބޭނުންވެޔޯ ވަކިން ބައްދަލުކުރަން. އެ ކަހަލަ ޒާތުގެ އެއްޗެހި ކީމަ ވެސް އަހަރެން އަޅާނުލާ ހުންނަނީ. ދެން އޮފީސް މީހުންނަށް ވެސް ވަރަށް ސަކަ މިޒާޖަކަށް ވާހަކަ ދައްކައި ފްލާޓްކޮށްފައި އޭނާ އުޅޭނީ ވެސް،" އޭނާ ބުންޏެވެ.

އޭގެ ފަހުން މިދިޔަ އަހަރުފެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފަޒީން ވަނީ އޭނާގެ އަންހެނުން މާލޭގައި ނެތް ކަމަށާއި "ހަގްކޮށްލަން" އަންނާށޭ ބުނެފައި ކަމަށް ވިކްޓިމް ކިޔައިދިނެވެ.

އޭނާ ބުނީ މަސައްކަތަކާ ގުޅިގެން ގުޅާލަން ޖެހުނަސް "މަގޭ މަތިން މިސްވަނީ ހޭ" އަހާ ކަމަށެވެ.

"މިވަރުވީމަ ވެސް އެއްވެސް މީހެއް ކައިރީ ނުވެސް ބުނަން އެ ވާހަކަތެއް. އޭނާގެ އަގު ނުވައްޓާލަން ބޭނުން ނުވާތީ އާއި ގަޔަށް ބޮލަށް ނާރާތީ އަޅާނުލެވުނީ،"

ފަޒީނަކީ އާންމުކޮށް ވެސް މުވައްޒަފުންގެ ގާތަށް ވަޑައިގެން ކޮންމެ ދުވަހަކު ގޮސް އެ މީހުންގެ ހާލު ބައްލަވައި، އެ ޑިޕާޓްމަންޓްތަކަށް ވަދެ ހަދާ ބޭފުޅެއް ކަމަށްވެ އެވެ.

އެގޮތަށް، އަންހެން ކުއްޖާގެ ޑިޕާޓްމަންޓަށް ދެ ފަހަރެއްގެ މަތިން ވަޑައިގެން، ގައިގޯޅިވާން މަސައްކަތް ކުރެއްވި ކަމަށް ބުންޏެވެ.

"އަހަރެންގެ ޑިޕާޓްމަންޓުގައި މި އުޅެނީ އަހަންނާއި އެހެން ކުއްޖެއް. އެ ކުއްޖާ ލީވްގައި އުޅުނީ. އެ ދުވަހު ގައިގައި އަތްލީމަ މަ ބޭނުމެއް ނޫނޭ ގައިގައި އަތްނުލާށޭ ކިޔައި ރޮމުން އަހަރެން ދިޔައީ ފާހާނާއަށް،"

އެކަމާ ހުރެ ޖެހިގެން އައި ދުވަހު އޮފީހަށް ވެސް އޭނާ ނުދެ އެވެ. އެކަމަކު އަނެއްކާ ވެސް ވަޒީފާއަށް ނުކުތުމުން އޭނާގެ ގައިގައި އަތްލުމުން، ރޮމުން ގޮސް އެ ވާހަކަތައް ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނަރަލަށް ވެސް ހިއްސާކުރީ އެކަމަށް ކެތްނުވެގެން ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސައްކަތްކުރާ ތަނުގައި ހުންނަނީ އެތެރެ ނުފެންނަ ގޮތަށް ސްޓިކާ ޖަހާފަ އެވެ.

"އެ ދުވަހު ގައިގައި އަތްލާއިރަށް އަހަރެން އެތަނުން ތެދުވެގެންދާއިރަށް ފަހަތުން އައިސް އަނެއްކާވެސް [ގައިގައި އަތްލީ]، އެސްޖީ ކައިރީ ބުނިން މީޓްކުރަން ބޭނުމޭ. އެ ވާހަކަތައް ކިޔައިދިން. އޭގެ ފަހުން އެކަހަލަ ކަމެއް ނުވޭ،"

"ރޮމުން ރޮމުން ގޮސް އަނެއްކާވެސް މި ބުނީ މައްސަލަ ޖައްސަން ބޭނުމޭ. ހުރިހާ އަންހެން ސްޓާފުންގެ ހައްގުގައި ވެސް ބޭނުމޭ މައްސަލަ ޖައްސަން."

އެ މައްސަލަ ހުށަހެޅިޔަސް މިއަދާ ހަމައަށް ވެސް ފަޒީންއާ މެދު ފިޔަވަޅެއް ނާޅަ އެވެ. ބަރާބަރަށް އޭނާ އޮފީހަށް ނިކުންނާތީ އެ އަންހެން ކުއްޖާ އޮފީހަކަށް ނުނިކުމެ އެވެ. އެކަމުގެ ފިކުރުތައް ބޮޑުވެ މީހާ ވަރަށް ބަލިކޮށް އުޅެމުން އަންނައިރު އެންޒައިޓީ އާއި ޑިޕްރެޝަނަށް ދަނީ ބޭސްކަމުންނެވެ.

"އަހަންނަށް ދުވާލަކު ޕެނިކް އެޓޭކް އެބަ އާދޭ މިނިމަމް ތިން އެޕިސޯޑު. ޑިޕްރެޝަނާއި އެންޒައިޓީއަށް އެބަ ބޭސް ކަން،" ޑޮކްޓަރުގެ ލިޔުންތަކާއި ބޭސް ސިޓީތައް "މިހާރު" އަށް ހިއްސާކޮށް އޭނާ ކިޔައިދިނެވެ.

"މިހާރު ލައިފްގައި ވަރަށް ވަރަށް ހާލުގައި މިއުޅެނީ. ކޮމިޝަނުން މައްސަލަ ހުށަހެޅިން. މަ ވެސް މައްސަަލަ ލަސްވާތީ އިންނާނީ މަޖިލީހަށް ލެޓާއެއް ލާފައި އަޕްޑޭޓެއް ހޯދަން. ވަގުތީ ފިޔަވަޅެއް ވިޔަސް އަޅައިދީބަލާށޭ،"

"އަހަންނަށް ސަޕޯޓުދޭނެ މާގިނަ ބަޔަކު ނެތް. އެކަމަކު އެސްޖީގެ ފަރާތުން ވަރަށް ސަޕޯޓު ލިބުނު."

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ބަލަމުން އަންނައިރު މިދިޔަ މަހުގެ ތެރޭގައި ކޮމިޓީއަށް އޭނާ ގެންގޮސް ސުވާލުކުރި އެވެ. އެކަމަކު ކޮމިޓީގައި ވެސް އޭނާ ވިކްޓިމައިޒްކޮށް ވާހަކަ ދެއްކީ ކަމުގެ ކަންބޮޑުވުންފާޅުކުރި އެވެ.

"މަޖިލީހުން ވެސް ވަރަށް ވިކްޓިމައިޒްވާ ގޮތަށް، ވިކްޓިމްއަށް ސުވާލުކުރަން ނުޖެހޭ ގޮތަށް ސުވާލުކުރީ. އެ މީހުން ބުނީ މިދިޔަ އަހަރު ރޯދަ މަހު އެހެންވީމަ އެއްޗެއް ނުބުނެ ނުކުތީމަ އެ ވެދާނެ ނޫންހެއްޔޭ މަ އޭނާއަށް ރުހުން ދިނީ ކަމަށް،"

"އެހެންވެ އަހަންނަށް ވެސް އެތަނުގައި ޖަވާބު ދެވުނު އޮފީސް މާހައުލަކީ ފުރައްސާކުރާ ތަނެއް ނޫނޭ ކިޔާފައި. ތިބޭފުޅުންތީ ގާނޫނު ހަދަން ތިބޭ މީހުންނޭ. ތިކަހަލަ އެއްޗެހިކީމަ ހަޑިއޭ. މަށަކީ ވެސް ގާނޫނު ކިޔަވައިގެން ހުރި މީހެކޭ،" މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކާ މެދު ހިތްހަމަނުޖެހި ރައްދު ދުވުނުކަން ފާހަގަކުރަމުން އޭނާ ބުންޏެެވެ.

އޭނާ ބުނީ ބްރޯޑްކޮމްގެ ސްޓޭންޑަކީ ކޮބައިތޯ ބަލަން އެ މީހުންނަށް ސިޓީ ފޮނުވި ނަމަވެސް އޮފީސް މާހައުލު ރައްކާތެރި ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

"އަހަރެން ބުނީ އޮފީސް ކޮބާހޭ ސޭފްވެފައި. އެންމެން ތިއްބައޭ އަހަރެންގެ ގަޔަށް ބޮލަށް އެރީ"

ބްރޯޑްކޮމްގައި އެދިގެން ހަތަރު ދުވަހު، ގޭގައި ހުރެގެން މަސައްކަތް ކުރަން ހުއްދަ ދިނަސް އެ މުއްދަތު ހަމަވެެގެން އިތުރުކޮށްދޭން ވެސް ވަނީ އެދިފަ އެވެ. އެކަމަކު މިހާތަނަށް ޖަވާބެއް ނުލިބެ އެވެ.

މުއައްސަސާތަކަށް ހުށަހަޅާފައިވާ މި މައްސަލަ އަދި އަންހެން މުވައްޒަފު ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން "މިހާރު"ން ފަޒީންގެ ބަހެއް ހޯދަން ގުޅުމުން ކޮމެންޓެއް ނުކުރެއްވި އެވެ.

އެކަމަކު މި މައްސަލަ ފެންމަތިވުމުން އަންހެން މުވައްޒަފަށް މެސެޖްކޮށް މައްސަލަ ނަގައިދޭން އޭނާ ވަނީ އެދިފަ އެވެ. އެ މެސެޖް "މިހާރު" އަށް ވަނީ ފެނިފަ އެވެ.

"ވަރަށް ބޮޑަށް އާދޭސްކޮށްފައި ބުނަން ހުށަހަޅާފައިވާ މައްސަލަ ނަގައިދޭން އެދެން. މިއީ އަޅުގަނޑުގެ ހަޔާތުގައި ހިނގި މިފަދަ ފުރަތަމަ މައްސަލަ. ކޮންމެސް ހައްލެއް ހޯދައިދިނުމަށް ވަރަށް ބޮޑަށް އެދެން. އަޅުގަނޑު މިހުރީ މިފަދަ މައްސަލައެއް މުޅިން އަލަށް ކުރިމަތިވުމުން ވަރަށް ބޮޑަށް ހާސްވެ ހަދާނެ ގޮތް ހުސްވެފައި،"

"ކުށެއް ކުރެވިފައިވާ ނަމަ، ވަރަށް ބޮޑަށް މާފަށް އެދެން."

އަންހެން ކުއްޖާ ބުނީ މި މައްސަލަ ނުބަލައި ދިގު ދަންމާތީ، އިތުރަށް ހުށަހަޅާނެ ތަނެއް ނެތް ކަމަށެވެ. ޖިންސީ ފުރައްސާރައިގައި އިންސާފެއް، އަދި ރައްކާތެރިކަމެއް ނުލިބޭނެ ކަމުގެ އިހްސާސް ކުރެވިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

17 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 76%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެއްޔާގެ ދަރި

06 March 2025

ކޮމިޝަންގެ ހަތް މެންބަރުން ތިބޭ އިރު ފަސް މެންބަރުންނަކީ ވެސް އަންހެނުން. ސްޓާފުންގެ ތެރޭގައި ވެސް ގިނައީ އަންހެނުން ކަމަށް އަޑު އިވޭ. އެކަމަކު ތިފަދަ ކަމެއްގައި ވަކިކޮޅެއް ނުނެގިޔަސް އެންމެ ކުޑަ މިނުން މޯރަލް ސޕޯޓް ދިނުން ވެސް އޮންނާނެތާ. ރައީސަކީ ވެސް އަންހެނެއް އެކަމަކު ކުއްޖާގެ ވާހަކައިން އެނގޭ ގޮތުން ސަޕޯޓެއް ނުލިބުނޯ. ކިހާ ދެރަ. އަންހެނުންނަށް ވެސް ހުތުރެއްނު

The name is already taken The name is available. Register?

ހަމާސް

03 March 2025

ވަރަށް ކިޔަން އުނދަގޫ އޮޅުންބޮޅުން ބޮޑު ގޮތަކަށް ލިޔެފައިވާ އާޓިކަލްއެއް.

The name is already taken The name is available. Register?

ފުރޫ

26 February 2025

ޖެންޑާ މިނިސްޓުރީ، އެވްއާރުސީއެމް، ޕޮލިސް، މަޖްލިސް ހުސް ތި މައްސަލަ ބަެލޭނެ ތަންތަން ގާނޫނީ ގޮތުންވެސް. އެއްވެސް ތާކުން އިންސާފު ނުލިނުނީމާ ގައުމުގެ ހާލަތު އެބަ އިގޭ. އާދައިގެ މީހަކު ހަފުސް ވިޔަސް މިތާކު އިންސާފެއް ނުލިބޭނެ. ކޮންމެ ވެރިކަމެއް އަންނަނީ ބައިސާ ކަޑާފަ ވާކަމެއް ހަރާން

The name is already taken The name is available. Register?

ބަލް ގިސްތާން

26 February 2025

ބުރޯޑުކަސްޓިން ކޮމިޝަނުގައި ޒުވާން އުމުރުގެ ތިބޭނީ އެންމެ ގިނަވެގެންވެސް ހަ ކުދިން. ދެން އަދި މި ކަލޭގެ ކިހާ ފޯރިޔެއް ހުންނާނެ ބާކީ ތިބި ޒުވާންކުދިންނަށް. މުސްކުޅި ފުރާގެ އަންހެނުން އެއްޗެކޭ ނުބުނެ ތިބެނީ މަގާމާހެދި ކަމަށްވާނަމަ ތިޔަ ލިބޭ ފައިސާގެ އަގަކީ ޒުވާން އަންހެން ކުދިންގެ އަބުރު ނަގާލުންތަ؟ އަމިއްލަ ދަރިންނަށް މީހަކު އެހެން ހަދަން އޯކޭއީތަ؟ މުސާރަޔަށް ބައި ލައްކަ ރުފިޔާ ލިބޭތީ މަދުން ލިބޭ މުވައްޒަފުންނަކީ ތިމާގެ އަޅުން ކަމަށް ހެދޭތަ؟

The name is already taken The name is available. Register?

ޟޭމަން

26 February 2025

ފަޒީން ވާ ކެތްގަދަ. ޙަމައެކައްޗެއްވެސް ނުބުނި. ފަޒީން ތިމައްސަލާގައި ވާހަކަދައްކާނީ މަޖިލީހުން ތިމައްސަލަ ނިންމީމަ ސަބަބަކީ ސިއްރު މައްސަލައަކަށްވާތީ. ފަޒީން ވެސް ދައްކާނެ ލައްކަ ވާހަކަ އެބަހުރި.

The name is already taken The name is available. Register?

އަޅި އަލި

26 February 2025

މިގައުމުގަ އިންސާފު އޮންނަނީ ހަމައެކަނި މުއްސަދިންނަށާއި ބޮޑުނަށް! ނިކަމެތިން ގަނަ ތެޅެން ޖެހޭނީ!

The name is already taken The name is available. Register?

ބިގަރު ހަސަނު

26 February 2025

އަޅުގަނޑަކީ ވޭތުވެދިޔަ 3 އަހަރު އަޅުގަނޑު މަސައްކަތްކުރާ ވަޒީފާގެ މާހައުލުގައި އެތަނުގެ ވެރިންގެ ފަރާތުން ބޮޑެތި ނަފްސާނީ އަނިޔާ އެމީހުންގެ ބުލީކުރުން ތަކުގެ ސަބަބުން ލިބި، ޑިޕްރެޝަން އަދި އެޒައިޓީއަށް ބޭސްކުރަމުން އަންނަ މީހެއް. އަޅުގަނޑު މި މައްސަލަތައް ޓޮޕް މެނޭޖުމެންޓަށާ، ހިއުމަން ރައިޓްސް ކޮމިށަނަށާ، ލޭބާ އޮތޯރިޓީއަށްވެސް ހުށަހެޅިން. އެއްވެސް މައްސަލައެއް ނުބެލި. ބޭހުގެ ސައިޑު އިފެކްޓެއްގެ ގޮތުން މިހާރު މީހާ ތުރުތުރު އަޅަނީ ޕެނިކުވެފަ އަބަދު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ސިނަމާލެ ބުރިޖުމަތިން

26 February 2025

މިގައުމުގައި އެކަނި މިކަހަލަ މައްސަލަތައް ނުބަލަނީ. އަނިޔާ ލިބުނު ވިކްޓިމް އަށް ހުރިހާ ދެރައެއް. އަނިޔާ ދިން މީހާ އަދިވެސް އުފަލާ އަރާމުގައި.

The name is already taken The name is available. Register?

ރާގޮނޑި

26 February 2025

މިއީ މިހާރުގެ ރައީހަށް(ވެސް) މާ ބޮޑު ކަމަކަށް ނުވަނީތާ ދޯ.

The name is already taken The name is available. Register?

ފެމިނިސްޓޔ

26 February 2025

ތިޔަ ކުއްޖާ ދެއްކި ކޮންމެ ވާހަކައެއް އެއީ ތެދު ކަމަށް ބެލީމަ ކިތަންމެހާ ވެސް ބޮޑު ކަމެއް. އެ ދެ މީހުންގެ މެދުގައި ހިނގީ ކޮން ކަމެއްކަން އެނގޭ ނަމަ ތި ނުވެސް ލިޔާނެ ކަންނޭނގެ

The name is already taken The name is available. Register?

އެލެކްސަސް

26 February 2025

އެހެންވީމަ އޭނަވެސް އެވާހަކަ ދައްކަންވީނު. އާންމުކޮށް މިކަހަލަ މީހުން މިހެން އުޅެނީ އެންމެ އަންހެނެއް ފަހަތުންނެއް ނޫން. އެހެންވީމަ އެތާ އެހެން މީހުނަށްވެސް އިނގޭނެ ފާޑަކަށް އުޅޭ މީހެއް ވިއްޔާ. މައްސަލައަކީ މިކަހަލަ ކަންކަން ޓޮލަރޭޓު ކުރަން ޖެހޭތީ. ކިރިޔާވެސް ނުރަނގަޅު ކަމެް ފެންނަ އިރަށް އޮފީހުގެ އެހެން މީހުންގެ ނޫނީ ތިމާގެ މީހެއް ނޫނީ ރައްޓެއްސެއްގެ ސަމާލުކަމަށް ގެންނަންވާނެ. ބުނެފަ ބާއްވަންވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454