ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުން.
11 މާޗް 2025 - 21:25
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގުނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި އެ ބިލް ފާސްކުރީ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ބިލު ފާސްކުރިތާ 13 ދުވަސް ފަހުން، ރައީސް އޮފީހުން މިއަދު ބުނީ އެ ބިލާމެދު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މަޖިލީހަށް ހުށަހެޅިތާ ދެ ދުވަސް ތެރޭގައި ފާސްކުރި އެ ބިލަށް ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
އަނބުރާ ފޮނުވި ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު 12 ދުވަސް ތެރޭ މަގާމުން ވަކި ކުރަން ޖެހޭނެ އެވެ.
ދެ ދުވަސްތެރޭގައި އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައި ވަނިކޮށެވެ.
އެ އިސްލާހު ގެނައީ މަޖިލީހަށް އިންތިހާބުކުރާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށް އެދުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް އެ ދުވަހު ތާވަލް ކޮށްފައި ވަނިކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
އޭގެ ފަހުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ޖޭއެސްސީން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޝި
13 March 2025
ބިލު މަޖިލިހަށް ވެއްދީވެސް ރައީސް އަދި އަދި ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލަނީސް ރައީސް . މީދެން ވަރަށް ސާފު ޑްރާމާ އެއް. މިހެން ތަޅުވަ ތަޅުވާފަ އަދި ތި ފާސް ކރާނެ ކަމަށް ބެލެވެނީ
ހުމާމް
13 March 2025
މިތާގަ އެމްޑީޕީ މީހުން ވަށް ވަށް ޖައްސާނެ ކަމެއްނެތް. ރައީސް މުއިއްޒު އެވަނީ ބިލު ތަސްދިީގު ނުކޮށް އަބުރާ ފޮނުވާލާފަ. ކަލޭމެން ރުހޭ ގޮތަކަށް މިރާއްޖޭގަ އެއްވެސް ކަމެއް ނުކުރެވޭނެ. ކަލޭމެން ހުދުމުހުތާރުކޮށް ވެރިކަން ކުރިޔަސް ރައީސް މުއިއްޒު އެގޮތަކަށް ނުކުރާނެ
ފައުޒާން އިބްރާހިމް
13 March 2025
ރައްޔިތުންގެ ވިންދާ އެއްގޮތައް ވެރިކަން ކުރާވެރިޔަކު މިނޫނީ ނުދެކެން، މިކަން ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް ކުރާނެ ކަމެއްނެތް
މުހައިމިނ
13 March 2025
ކަލޭމެންނަކަށް ނެތް ރަނގަޅުއެއްގޮތެއްވެސް. ބިލު ތަސްދީގު ނުކޮށް ފޮނުވާލީމަވެސް ގޯސް... ބިލު ތަސްދީގު ކުރިޔަސްނެތް ސަލާމަތެއް. މުއިއްޒު ތިހާ ނުބައި މީހާވީމަ ބިލު ތަސްދީގު ކުރަންވީނުން. އިބޫމެން މުޅި ސުޕުރީމް ކޯޓް އެފުށް މިފުށަށް ޖެހިއިރު އެމްޑީޕީ މީހުންތިބީ ހޭން. މުއިއްޒު ޖެހޭނެ ތިތާގަތިބި ސިޔާސީ ފަޑިޔާރުން ބޭރުކުރަން
ސިނާހްް
13 March 2025
ބަލަ މިތާ ކޮމެންޓު ކޮށްފަ ތިބި މީހުން ކީއްތަވާނީ މީގެން ޕޮޒިޓިވްކޮށް ވިސްނިއްޔާ. މުއިއްޒު އަކަށް ނޫނޭ ބަވަންވީކީ.. ބިލު ގޯސްވީމަ އަބުރާ ފޮނުވާލީ މުއިއްޒު ދޯ.
ޒަހުރާން
13 March 2025
ފަޑިޔާރެއް ވިއްޔާ ގޮތެއް ހުންނަން ޖެހޭ. ސިޔާސީ މައިދާނުގައި އުޅޭ ފަރާތްތަކާ އެއްކޮށް ފަޑިޔާރުން ކޮފީ ބޯތަން ފެނުނީމަ ކަމަކު ނުދާނެ.
ސަމަރޭޒް
13 March 2025
ސުޕްރީމް ކޯޓަކީ އާންމުންގެ މެދުގައި އިތުބާރު އޮންނަ ކޯޓަކަށް ހަދަންޖެހޭ. ޔާމީނު ވަނީ ކޯޓުތަކުން ޓިނު ނަގާފަ. އިބޫގެ ފަސް އަހަރުގެ ވެރިކަމެއް ދިޔައީ ރައީސް އޮފީހުން ބުނި ގޮތަކަށް ހުކުމް ކޮށްގެން. ޖުޑީޝަރީ އިސްލާހުކުރުމަށް ރައީސް މުޢިއްޒުއަށް ފުރިހަމަ އެއްބާރުލުން ދޭންޖެހޭ.
އަރުސަފު
13 March 2025
ކަމެއް ރަނގަޅު ކުރެވޭނީ މިވަރުގެ ގަޓު ހުރެގެން، މިފަދަ ކަންކަމުން ކައިރީގަ ތިބި ހަގީގީ ދުސްމިނުން ހާމަވޭ
ކޮލަމާހުއްޓާ
12 March 2025
ވެރިއެއް ވިއްޔާ ގޮތެއްހުންނަންޖެހޭނެ. މީގެ އޭގެ އިދިކޮޅު
ވަކިކުރެވެންދެން
12 March 2025
ޚިޔާލު ބަދަލުކުރީކީ ނޫން. ބޭނުންވާ މީހުން ވަކިކުރެވެންދެން ބިލު ފޮނުވާލީ. އެމީހުން ވަކިނުކުރެވިއްޖެނަމަ އަލުން ބިލު ފާސްކޮށް ގާނޫނަކަށް ހަދާނެ. އޭރުން އެއާއި ހަވާލުވެސް ވާންޖެހޭނީ އެހެންބަޔަކަށް.