އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ: މި އަހަރު ތެރޭ އުތުރުތިލަފަޅު ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގަން ވަނީ ނިންމާފައި - ފޮޓޯ؛ މިހާރު
27 ފެބުރުއަރީ 2025 - 22:35
މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކަން ފަށައި އެ ތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
އިއްޒުއްދީން ފާލަން އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކަން ފަށާނެ ކަމަށާއި އަދި އެ ތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބޮޑު ބިމެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ އަދި ގުޅީފަޅުގައި އެތައް ހާސް ހައުސިން ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާނެ އެވެ. އަދި ގިރާވަރު ފަޅާއި ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީ ކުރާ ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ނިންމާފައިވާ ކަން ރައީސް އިއުލާން ކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާވާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކުރައްވައި، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއެއް އެ ތަނުގައި ހިންގަން ނިންމެވި އެވެ.
އެކަމަކު، ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް ޗައިނާއާ އެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުތުރުތިލަފަޅުގައި މިހާރު ތަރައްގީ ކުރަމުންދާ ޑޮކްޔާޑް މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި އިންޑިއާއާ އެކު ވެސް ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމުގެ މަޝްވަރާ ވެސް ކުރެއްވި އެވެ.
އުތުރުތިލަފަޅުގައި ޗައިނާގެ ކުންފުންޏަކުން ގާއިމްވެ ތިބެ އެތަނުގައި މަޝްރޫއުއެއް ހިންގުމަކީ އިންޑިއާގެ ކަންބޮޑުވުން އޮތް ކަމެކެވެ.
ރައީސް ނިންމަވާފައި އޮތީ މިދިޔަ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅާއި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅައި ގުޅާލުމަށެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު މަޝްވަރާކޮށް، މިހާރު ވަނީ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އުއްމީދަކީ 2026 ގައި އަމަލީ މަސައްކަތް ފަށައި، ގިނަވެގެން ތިން އަހަރު ތެރޭ މަޝްރޫއު ނިންމާލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމްލު
01 March 2025
ތިތަން ތިހެން ތަރައްގީ ކުރަންވީ. މާލެއާ ކައިރިވެސް ވާނެ. މަނިކުފާނާ ދޭތެރޭ ކުރެވޭ އުއްމީދު ވަރަށް ބޮޑު
ޝުއައިބު
01 March 2025
މިދިޔަ އެހެން ސަރުކާރަކާ ނުބައްދަލް ވަރަށް މި ސަރުކާރުން ފްލެޓްއަޅާނެ. މަބުނީތީ ބަލަން ތިބޭ
ހުސެމް ޒާހިރު
01 March 2025
ރމުއިޒްގެ ވިޝަން ވަރަށް ފުރިހަމަ. ސީދާ ބޯހިޔާވެހިކަމަށް ހައްލު ގެންނަން ހިފާފަ މިހުރީ
ސިފަތުﷲ
01 March 2025
ފްލެޓުން ރައްޔިތުންނަށް އުފާވެރިކަން
ސޮބަހް އަހްމަދު
01 March 2025
މަށަށް ޔަގީން މިހާރު ތާރީހުގައިވެސް އެއްމެ ގިނަ ފްލެޓް އަޅާނީ ރައީސް މުއިޒް
ބަޝީރުއްދީން
28 February 2025
ރަނގަޅަށް ޕްލޭން ކުރެވިއްޖެނަމަ މި އާ ތަރައްގީތަކުގެ ސަބަބުން މުޖުތަމައަށް ރަނގަޅު އިންފްރާސްޓްރަކްޗާ އާއި ހިދުމަތްތައް ލިބިގެންދާނެ
މާލޭމީހުންނަކީވެސް އިންސާނުން
28 February 2025
މާލެޔަށް އުފަން، މާލޭގައި ދިރިއުޅެމުންދާ އާދައިގެ ދިވެހީންނަށް އެއްވެސްް ކަމެއް ލިބޭވާހަކަ ޚަބަރެއްގައި ނުވަރަ މީސްމީޑިޔާގައި ޖަހާފައި އޮތިއްޔާ ހަމަފެންނަނީ މީހުން އެކަމާއި ދެކޮޅަށް ބަޔަކު އަޑުއުފުލާ މަންޒަރު. ހިތާމަވެރި. ހީވަނީ މާލޭމީހުންނަކީ މޯރަލީ އިންފީރިޔަރ ބައެއްކަމަށް ޤަބޫލުކުރާހެން.
ކީއްވެގެންކަން ނުވިސްނޭތަ ؟
28 February 2025
ބުނަންތަ ؟ ސަބަބެއް ނެތިއެއްނޫން އެކަން އެހްނވަނީ. މާލޭ މީހުން ތިމަންނަމެންގެ ކުށެއްނޫނޭ ކިތަންމެ ވަރަކަށް ބުންޏަސް ރައްޖޭގެ އެހެން ރަށްރަށުގެ މީހުނަށް އަސާސީ ހިދުމަތް ނުދީ ތިރަށް ތިވަރަށް ތަރައްޤީ ކޮށްފައިވަނީ ހަމަ ތިރަށު މީހުންގެވެސް ބައިވެރިވުން އޮވެގެންކަން ޤަބޫލު ކުރޭ.
ހަސަންބޭބެ
28 February 2025
ހެޔޮނުވާނެ އެހެން އަތޮޅެއްގެ ބޮޑު އެއް ރަށް ތަރައްގީ ކޮއްބަލަ. މާލެ ކާރިން ސަލާމަތް ނުވެވިގެން ތިއުޅެނީ؟
އަހުމަދު އަލިމަނިކު
28 February 2025
ހެހޭ . ވަހުތާނެއް ތަ ؟
ޖައިޝަމު
28 February 2025
ވަރައް ފުރިހަމަ ރައީސް