ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 މާޗް 2025 - 12:45
އިމްތިހާނު ހެދުމުގެ ކުރިން ޑޮކްޓަރުންނަށް ދެމުން އަންނަ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، މެޑިކަލް ކައުންސިލްގެ ލައިސަންސިން އިމްތިހާނު ފުރިހަމަކުރަންޖެހޭ ޑޮކްޓަރުންނަށް މީގެ ކުރިން އެއް އަހަރަށް ދޫކުރަމުން ދިޔަ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަންގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ.
އެ ބަދަލަށް ސެޕްޓެމްބަރު 1، 2024 ގައި އަމަލުކުރަން ފެށިއަސް އެކަން ގެޒެޓުކުރީ މިދިޔަ ހަފުތާގަ އެވެ.
ހަ މަސް ދުވަހަށް އެންމެ ފަހުން ދިން ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހަމަވެފަ އެވެ. އެކަމަކު، މިނިސްޓްރީން ބުނީ މިދިޔަ ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެކަމަކު، އޭގެ ފަހުން ދޫކޮށްފައިވާ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތަކީ ހަ މަސް ދުވަހެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރޮވިޝަނަލް ލައިސަންސްގެ މުއްދަތު ކުޑަކުރީ، ވަގުތީ ލައިސަންސަކަށް އެއް އަހަރު ދިގުކަމަށް ފެންނާތީ ކަމަށެވެ. ނަމަވެސް، އިމްތިހާނު ހެދުމުން ލިބޭ ދާއިމީ ލައިސަންސްގެ މުއްދަތަކަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިހާނުން ފާސްވެއްޖެ ނަމަ ޕްރެކްޓިސް ކުރަން ފަސް އަހަރުގެ ލައިސެންސަންސެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
03 March 2025
އަޅުގަނޑުމެން ޑޮކްޓަރު ކަން ކިޔަވައިގެން އައީމާ އިމްތިޙާން ދޭ ގޮތަށް ޕީ.އެޗް.ޑީ ހަދައިގެން އައިމާ ވެސް އިމްތިޙާން ދޭން ހަމަޖައްސަން ފެނޭ! "ފޭކު" ޕީ.އެޗް.ޑީ ތައް ގިނަ ކަމުން ލަދުން ބޯ ހަލާކު ވާވަރު-ވޭ! ބޮޑު ކޮށްލާފަ ބުނާނަމަ، ކޮންމެ 5 މީހަކުން އެކަކީ ޕީ.އެޗް.ޑީ ޑޮކްޓަރެއް!
ރާއްޖެ
03 March 2025
މި ގައުމުގަ އޮތީ ކިޔަވައިގެން ނިކުންނަ މީހާއަށް ދަތި އުދަގޫކުރުން. ވަޒީފާ ނުދީ ވާނެ ގޮތެއް ބެލުން. ނުކިޔަވާ ތިބޭ މީހުން ބޭކާރު ވަޒީފާތަކަށް ގިނަ ކުރުން.
ޕްރޮވިޝަން
03 March 2025
ޕްރޮވިޝަން ލައިސަންސް ގެ ދަށުން އެއް އަހަރު މަސައްކަތް ކޮށްފަ އެކްސްޕީރިއެންސް ލެޓަރ ލިބުމުން ރިޒައިންކޮށް އެހެން ގައުމުތަކުގެ ވަޒީފާ އަށް ދަނީ. ރަނގަޅު ބަދަލެއް
އަފްރާސިޔާބު
03 March 2025
6 މަސްދުވަހަށް ކުރުކޮށްފައި އިތުރު 6 މަސްދުވަސް ދިނީމާ އެވީ 1 އަހަރު ދުވަސް. މިރާއްޖެއަށް 1 އަހަރު ދުވަހުގެ ލައިސަންސެއްދޭ ބަލިމީހުން ބަލައި ކުދިކޮށް ކޮށަންވެސް ޑރ. މި ބަސްކުރިއަށް ލައިފިއްޔާ. އެހެން ގައުމުތަކުގައި އޭނާއަށް ބަލިމީހުން ބަލައި ފަރުވާ ކުރެވޭނީ އެގައުމުންދޭ އިމްތިޙާން ތަކުން ފާސްވެގެން ލައިސަންސް ދޫކުރީމާ. މިގައުމުގައި ބަލިމީހުން ބަލައި ހަދާނެ އެއްޗެއް ހަދަން ވަގުތީ 1 އަހަރުގެ ލައިސަންސެއް. އެ ހެޔޮ 1 އަހަރުކޮށްފައި ދިޔަޔަސް.