އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެންޑޮސްކޯޕީ ޓްރެއިނިންގެ ތެރެއިން.-- ފޮޓޯ: އޭއީއެޗް
01 މެއި 2025 - 14:13
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހިތަދޫގައި ހުންނަ އެ ހޮސްޕިޓަލުން ކުރި އިއުލާނުގައިވާ ގޮތުން 15 މެޑިކަލް އޮފިސަރަކަށް އެ ހޮސްޕިޓަލުގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.
އިއުލާނުގައި ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ.
އިންޓާންޝިޕަށް އެދޭއިރު މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮންނަން ޖެހެ އެވެ.
އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާ އެކު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހެ އެވެ. އެ ކޮޕީއަކީ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެ އެވެ. އަދި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ގޮސްގެންނާއި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
ހޮސްޕިޓަލުން ބުނީ އިންޓާންޝިޕަށް ޝަރުތު ހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ، ޕްރޮގްރާމަށް މީހުން ނެގުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް އެދުނީ ހެލްތު މިނިސްޓްރީންނެވެ. އެހެންވެ، އެ ހޮސްޕިޓަލުގައި ވެސް ދަނީ ޑޮކްޓަރުންގެ އަތުން މަހަކު 14،500ރ. ގެ ފީއެއް ނަގައިގެން އިންޓާންޝިޕްގެ ފުރުސަތު 20 ޑޮކްޓަރަކަށް ދެމުންނެވެ.
އައިޖީއެމްއެޗުގައި އިންޓާންޝިޕް ހަދަން ފެށީ ޖެނުއަރީ، 2018 ގަ އެވެ. މިވަގުތު ވެސް އެ ހޮސްޕިޓަލުގައި 60 ޑޮކްޓަރުން އަންނަނީ އިންޓާންޝިޕް ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
01 May 2025
ދެކުނުގެ އަތޮޅު ތަކަށް ނިސްބަތްވާ ގިނަ މެޑިސިންގ ހަދާ ކުދިން އެބަތިބި. ޕްލޭނެއް ހަދާ މިކުދިން ގެ ބޭނުންހިފާ ރަގަޅު އިންޓާންޝިޕެއް ހިންގައިފިނަމަ 1. ހޮސްޕިޓަލުގައި މޮޅު ޑޮކްޓަރުން ބިނާކުރެވޭނެ 2. ޕޭޝަންޓް ހިދުމަތް ރަގަޅު ކުރެވޭނެ 3. ޑޮކްޓަރުން ގެ ވޯރކްލޯޑް ކުޑަކުރެވޭނެ 4. ޢިންޓާންޝިޕް ކުދިން ގެ ނޮލެޖް ބޭނުންކޮށް ކްލިނިކަލް އެންވަޔަރމެންޓް އިމްޕްރޫވް ކުރެވޭނެ. މެހެންގޮސް ދެން ކޭނެ ކަމަށް ނެތް! ރަދީފު ޔޫކޮބާ؟ ކަޅޮ ސައިތާށައް ދެރެފެލެ.!
މައްކު
01 May 2025
ރަނގަޅު ނިންމުމެއް، ރާއްޖއިން ބޭރުން ކިޔަވައިގެން އައި ކުދިންނަށް އައިޖީއެމްއުޗުން ދޯކާ ދީ ހަމަ އެކަނި އެމްއެންޔޫ ކުދިންނަށް ފުރުޞަތު ދިނުމަކީ ބޮޑު ގޯހެއް، އަޅުގަނޑަށް ފެންނަނީ ރާއްޖެއިން ބޭރުން ކިޔެވި ހުރިހާ ކުދިން އައްޑޫ ގެ ހިތް ފަސޭހަ މާހައުލުގައި އިންޓަރންޝިޕް ނިންމާ އަދި އެތާ ޚިދުމަތް ކުރުމަށް.