ދުނިޔެ / މުހައްމަދު ބިން ސަލްމާން

ޓްރަމްޕާ ބައްދަލު ކުރައްވައްވަން ސައުދީ ޕްރިންސް މުހައްމަދު އެމެރިކާ އަށް

ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް މުހައްމަދު ބިން ސަލްމާން.

ރިޔާޒް (މާޗް 13) - ސައުދީ އަރަބިއާގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.

ސައުދީ އަރަބިއާގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމް ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދަކީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެމަނިކުފާނާ ބައްދަލު ކުރައްވާ ސައުދީ އަރަބިއާގެ އެންމެ އިސް އޮފިޝަލެވެ.

ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ ޕްރިންސް މުހައްމަދުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ސައުދީ އާއި އެމެރިކާގެ މެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮތް ނަމަވެސް ރައީސް ބަރަކް އޮބާމާގެ އަށް އަހަރުގެ ވެރިކަމުގައި އެ ގުޅުމަށް ވަނީ ހީނަރުކަން ކުރިމަތިވެފަ އެވެ. ސައުދީން ތުހުމަތުކޮށްފައިވާ ގޮތުގައި ސީރިއާގެ މަދަނީ ހަނގުރާމައިގައި ބައިވެރިވުމަށް އޮބާމާގެ ސަރުކާރުން ދެކޮޅު ހަދަމުން ދިއުމުގެ އިތުރުން އެމެރިކާ އިން ވަނީ ސައުދީގެ ވާދަވެރިޔާ އީރާނާ ގާތް ގުޅުމެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ވެރިކަމުގައި ސައުދީއާ ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕްރިންސް މުހައްމަދު އެމެރިކާ އަށް މިވަޑައިގަންނަވަނީ ބައްޕާފުޅު އަދި ރަސްގެފާން ސަލްމާން އޭޝިއާގެ ދަތުރުފުޅެއްގައި އުޅުއްވަނިކޮށެވެ. ރަސްގެފާނުގެ ދަތުރުފުޅުގައި ޝާހީ އާއިލާގެ ގިނަ ބަޔަކު ބައިވެރިވެ އެވެ. ޑިޕްލޮމެޓުން ބުނާ ގޮތުގައި ޕްރިންސް މުހައްމަދު، 31، އާއި ވަލީ އަހުދު އަދި ދާޚިލީ ވަޒީރު މުހައްމަދު ބިން ނާއިފް، 56، އާ ދެމެދު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 6%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރު އެންޑް ޒުބޭރް

13 March 2017

އެމެރިކާގެ ފައިގާ ދޫލާންޖެހޭނެ ކޮންމެގޮތެއްހަދައިފައިވެސް.

The name is already taken The name is available. Register?

ނީޑްޔޫ

13 March 2017

ޓްރަމްޕާ ބައްދަލު ކުރައްވައްވަން ސައުދީ ޕްރިންސް މުހައްމަދު އެމެރިކާ އަށް ވަޑައިގަތީއެވެ. ދެން ފަލަސްތީނަށް ވެސް ހަމަޖެހުން އަންނަން އުޅެނީހެން މަމެންނަށް ވަރަށް ބޮޑަށް ހީވާން ފަށައިފިއޭ. އިރާނޭ މެންގެ މަދަދު ލިބިގެން ފަލަސްތީނުގައި އޮޕަރޭޓް ކުރަމުން ދާ ހަމާސޭ އާއި އަދި ހިޒޭ މެން ބޮލަށް ސްޓެލްތް ގައި އުދުހިފައި ގޮސް ކުޑާ ކޮށް ނިއުކް ކޮޅު ކޮޅު އަޅައިގެން ނަމަވެސް އެމެން ފަލަސްތީނު ދޫކޮށް އިރާނޭ މެން ގާތަށް ފެއްސޭނެ ގޮތް ހަދަން ބާރު އަޅާނެ ކަމަށޭ މަމެން މިމިދެކެނީ. އެމެން ގެ ސަބަބުން ފަލަސްތީން ކްރަޝިންގް އެން ހިޓިން ޕީސް އެވްރީ ޓައިމް. ޕްރިންސް ޑޯންޓް ލެޓް ދެމް ގެޓް ގެއިން ދިސް ޓައިމް. ލެޓް ދެމް ޑައުން، ޑައުން، ޑައުން. އައި ރިއަލީ ތޯޓް ވީއާރ އޮން ވަން ސައިޑް.

The name is already taken The name is available. Register?

އޯއްޕް

13 March 2017

ލުކް.ލުކް.ލުކް. އެމެރިކާގެ ރައީސް ޓްރަމްޕް އާއި ބައްދަލު ކުރައްވަން މަމެންގެ ޕްރިންސް މުހައްމަދު ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހުމުން އެމެން ރަންރީނދުލޭ މެންގެ ޓްވިޓަރޭ މެން ރޫރޫ އަޅައިގެންފިއޭ. އޯއްޕް. ދެން ޕްރިންސް މުހައްމަދު އެމެރިކާ އަށް ވަޑައިގެން މަމެން ސައުދީން ނަށް އިންވެސްޓް ކުރަން ފާފު އަތޮޅު ދިނުމުން އެތަނުގައި އެމެރިކަން ސުޕަރ ރިޗް ކުންފުނި ތަކުން އިންވެސްޓް ކުރަން ދައުވަތު ދިނުމުން ދެން ރަންރީނދުލޭ މެން އިށީދެގެން ތިބި ގޮނޑިން އަނގަވަތަށް ވެއްޓޭނެއޭ. އޯއްޕް. އެއޮތް ދުވަނީ ރަންރީނދުލޭ މެން ފިލަން ވެގެންނޭ މިހާރު އެމެރިކާ އިން މިކަމަށް މަރުހަބާ ކިޔުމުން. އޯއްޕް، އޯއްޕް، އޯއްޕް، ޑާންސް، ޑާންސް، ޑާންސް..

The name is already taken The name is available. Register?

އަލް ޒަޔަނިސްޓް

13 March 2017

މިހާރު މި ސައުދީން އަދި އިޒްރާއީލުން އެންމެ ބޭނުންވަނީ އެމެރިކާ މެދުވެރިކޮށް އީރާނާއި ދެކޮޅަށް ހަނގުރާމަ ކުރަން. މިއީ ޓްރަމްޕް ހުއްޓާ ކުރެވިދާނެ ކަމެއްކަމަށް ހީވާތީ ވަރަށް އަވަސް އަރުވާލާފަ ނަތަންޔާހޫވެސް އެބައުޅޭ މިކަމުގަ. އޮބާމާ އެއްގޮތަކަށްވެސް އެއްބަހެއް ނުވި އެކަމަކު ޓްރަމްޕް މިކަން ކޮށްދީފާނެ. މިއީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެވެސް ވަރަށް ދުވަސްވީ ހުވަފެނެއް. އީރާނުގެ ތެޔޮ ރަޝިޔާއިން ބޭނުންކުރާތީ ޕުޓިން މިކަމާ ދެކޮޅު ހަދާތީ އަދި މިކަން ނުކުރެވިގެން މި އުޅެނީ އެހެންވެ ނަތަންޔާހޫ އެންމެ ފަހުން ރަޝިޔާއަށްގޮސްވެސް މުޅިން މިވާހަކަ ދެއްކީ. ދެން މީނަ މިދަނީ ޓްރަމްޕް ކައިރީ އާދޭސްކުރަން. މިއީ މިހާރު މެދުއިރުމަތީގެ ނިކަމެތި މުސްލިމުންނަށް މިހާރުވެސް އެންމެ ބޭނުވަންކަން ވިއްޔާ. އަނެއްކާ އިތުރު ހަނގުރާމައެއްކޮށް އެތައް މިލިޔަން މުސްލިމުންނެއް މަރުވެ ގެދޮރުނެތި ނިކަމެތިވެގެން ދިޔުން.

The name is already taken The name is available. Register?

ޗޭންޖްއިޓް

13 March 2017

ސައުދީ ޕްރިންސް މުހައްމަދު ޖަޕާން ދަތުރު ފުޅު ކުރު ކުރެއްްވުމަށް ފަހު އެމެރިކާ އަށް ޑައިވާރޓް ކުރީ ދަތުރު ފުޅު. މަމެން އުއްމީދު ކުރަނީ މުހައްމަދު ގެ ދަތުރު ފުޅުން ސައުދީން ފާފު އަތޮޅުގައި ކުރަން އުޅޭ މަލްޓި ޑިސިޕްލިނަރީ ވިޔަފާރީގައި ޓްރަމްޕް އޮގަނައިޒޭޝަން އިން ވެސް އިންވެސްޓް ކޮށް ޓްރަމްޕް ޓަވަރސް ތަކާއި އަދި ޓްރަމްޕް ގޮލްފް ކްލަބް ހައުސް ތައް ވެސް އަޅާނެ ކަމަށެވެ. ސައުދީ ޕްރިންސް މުހައްމަދުގެ އެމެރިކާގެ ދަތުރު ފުޅުގެ ސަބަބުން މަމެން ގެ ގައުމަށް ވެސް އެމެރިކާގެ ވައިޓް ހައުސްގެ އެހީތެރިކަން ލިބޭތޯ ޕްރިންސް މުހައްމަދު މަސައްކަތް ކޮށްދެއްވާ ވައިޓް ހައުސް އިން މަމެންގެ ދާޚިލީ ކަންކަމާއި ނުބެހޭނެ ގޮތް ހައްދަވަން ބާރު އަޅުއްވާނެ ކަމަށް މަމެން މިދެކެނީ. 2018 ގައި ރިޔާސީ ކެންޑިޑޭޓް ނިކުންނާނީ މަމެންގެ ގައުމުގައި ހެދިފައިވާ ގާނޫނު ތަކާއި ގަވާއިދު ތަކުގެ ތެރޭން ނެވެ. އެއީ އެމެރިކާ ވެސް އަދި އިނގިރޭސިން ވެސް އީޔޫ އިން ބޭނިގަންނަން ޖެހޭނެ ކަންކަމެއް ނޫން ކަން މރ. ޓްރަމްޕް އަށް އަންޑަރސްޓޭންްޑް ކޮށް ދެއްވާނެ ކަމަށް މަމެން މިއުއްމީދުކުރަނީ. ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް. ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް.

The name is already taken The name is available. Register?

ޝޮކްއެންއޯ

13 March 2017

ޓްރަމްޕާ ބައްދަލު ކުރައްވައްވަން ސައުދީ ޕްރިންސް މުހައްމަދު އެމެރިކާ އަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް މަޝްވަރާ ކުރަންވީ އިރާނޭ މެންގެ ރިޕަބްލިކަން ގާރޑުންގެ ދުނިޔޭގެ އެތަން މިތަނުގައި ހުރި އިންވެސްޓްމަންޓްސް ތައް އެމެރިކާގެ ކޮންޓްރޯލްގެ ދަށުން އެތަންތަނަށް ލިބޭ ފައިސާ އެމެރިކާގެ ބޭންކެއް މެދުވެރިކޮށް ނޫނީ ޑިސްޕާރސް ނުކުރެވޭ ގޮތް ހަދަންވީއެވެ. ދެން ބަލަންވީ ޔަމަން އިން ތިޔާ ހޫތީން ކުޑާ ކޮށް ނިއުކް ކޮޅު ކޮޅު އަޅައިގެން ނަމަވެސް އެމެން ފިލާ ތިބި ހޮރު ތަކުން ނިކުމެ އަލިފާނޯއިއޭ އަލިފާނޯއިއޭ އަލިފާނޯއިއޭ ކިޔާ އެމެން ދުވަމުން އިރާނުތެރެއަށް ވަދެ ފިލާނެ ގޮތް ހެދުމެވެ. ޔަމަން ހަމަ އަކަށް އެޅިގެން މެނުވީ ސައުދީ އެރެބިޔާ އަށް ހަމަ ޖެހުމެއް ނާންނާނެއެވެ. ދެން އިރާނޭ މެންގެ ނިއުކްލިއަރ އިންޖީނުގެ ތަޅާ ބިމާއި ހަމަ ކުރެވޭނެ ގޮތެއް އޮތް ތޯ ބަލާ އެމެންނަށް ވަރުގަދަ ޝޮކް އެން އޯ އެއް އެއްރޭ ފަތިހު ދޭން ވީއެވެ. އެއިރުން ދުނިޔެ އަމާން ތަނަކަށް ވެގެން ދިޔާއީ ދޯ.

The name is already taken The name is available. Register?

ދިސްވޭ

13 March 2017

ސާބަހޭ ސައުދީ ޕްރިންސް މުހައްމަދު. ވައިޓް ހައުސް އަށް ވަޑައިގެން ވަރަށް ލާރޖް ކޮށް ޓްރަމްޕް އާއި އެކު ބައްދަލު ވުން ބާއްވާ އިރާނޭ މެން އެމެންގެ ސައިޒަށް ކަނޑާ ތިރި ކުރާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކޮށް އަދި ޔަމަންގެ ހޫތީން ނައްތާލާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލާ އެމަގުން އެކަން ކުރަންވީއެވެ. އަދި މިހާރު އަލުން އިމާރޖް ވަމުން އަންނަ ސީރިއާގެ ފަތުުހުއްސަލާމޭ މެންނަށް ރަނގަޅު ޝޮކް އެން އޯ އެއް ދީ އެމެން ތަންޑާ ކޮށްލާނެ ގޮތުގެ ރޯޑް މެޕް ވެސް އެކުލަވާލަންވީއެވެ. ދިސް އިޒް ދަ ސްޓޯރީ އޮފް އަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454