ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫނިތަކެއް: ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 މާޗް 2025 - 13:50
ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހި ކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާއެކު ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
އެ ބިލު ދަށުން ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެ ބިލުގައި ވަނީ ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ޓްރާންސިޓް ކުރުމާއި އެތަކެތި ގަނެވިއްކުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ކަނޑައަޅައިފަ އެވެ. އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، އާލާކުރުމަށް މަގުފަހިކުރުމަށްޓަކައި ޖަނަވާރު ގެންގުޅުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތަކެއް ވެސް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.
އެ ބިލުގައި ވަނީ އެ ގާނޫނާ ހިލާފުވެއްޖެނަމަ ބޮޑެތި ޖޫރިމަނާތަކެއް ވެސް ކަނޑައަޅާއިފަ އެވެ. އެގޮތުން، ޖަނަވާރަށް އަނިޔާއެއް ދިނުން ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000ރ. 50،000ރ. އާ ދެމެދުގެ އަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ގަވާއިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކޮށްފިނަމަ 5،000ރ. 500،000ރ. ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭއިރު، ގާނޫނާ ހިލާފަށް ޖަނަވާރު އާލާކޮށް ނުވަތަ ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެ ނުވަތަ، ސާމްޕަލް އޮޅުވާލައި ނުވަތަ ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފިނަމަ 10،000ރ. 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
މީގެ އިތުރުން ޖަނަވާރުގެ ސަބަބުން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލުގައިވާ ގޮތުން ސިޔާސަތު ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ އެނިމަލް ވެލްފެއާ މިނިސްޓްރީ އެވެ. މީގެ ކުރިން ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނުރައްކާތެރި ޖަނަވާރު އެތެރެކުރުމަށް ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހުނު ނަމަވެސް، މި ބިލުގައި ވަނީ އެ ހުއްދަ އެނިމަލް ވެލްފެއާ މިނިސްޓްރީން ނަގަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ނިމިދިޔަ 19 ވަނަ މަޖިލިސް ދައުރުގައި ވެސް ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެއް ހުށަހަޅައި، އެ ބިލުގެ އެ މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ނިމުނުއިރު ވެސް އެ ބިލްގެ މަސައްކަތެއް ނުނިމެ އެވެ. އަލަށް ހުށަހެޅި ބިލުގައި ވަނީ ޖޫރިމަނާގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކާއޯ
05 March 2025
މަކާއޯ ފަދަ ދޫންޔަކީ އުދުސަން ޖެހޭ އިތްޗެސް. ދެން އެ ދޫނި ނުއުދުސަ ބައިންދަންވީ؟ އެވެސް ދެވޭ އަނިޔާއެއް
ބަބޫ
04 March 2025
މަޖިލީހުގަ ތިބި މެމްބަރުންގެ ފެންވަރަކީ ބިލަށް ގެންނަން ޖެހޭ ބަދަލުތައް އައިސް ބިލް ފާސްވާއިރު ލޭބޯން ގައިގަ އިށިދެގެން އިންނަ މަދިރިވެސް މަރައިފިއްޔާ ޖޫރިމަނާ ވާނެ.
އަލްޖިބްރރާ
04 March 2025
ކޮންމެ ކަމެއްވެސް ވެއްޓެނީ ޖޫރިމަނާގެ ތެރެއަށް. ނޫނޭ މި ފެންނަނީ މި ސަރުކާރުގެ މެގަ ޕްރޮޖެކްޓްތައް. ސައިކަލް ތަކުގެ ވަށިގަނޑަށް ކުނިއެޅުމާއި ބެހޭ ބިލެއްލާބަލަ މަޖިލީހަށް ޕީއެންސީ މެމްބަރެއް.
ކެކެކެކެކެކެކެކެކެކެ
04 March 2025
ހުރިހާ ކަމެއް އަހަރުން ޖޫރިމަނާ ކުރަން ކުރާ ކަހަލަ! ވޭޕް ބޮވޭކަށް ނެތް! ބިޑި އެނބުރޭކަށް ނެތް! ދިރޭއެއްޗެއް ގެންނުޅެވޭކް ނެތް! އަދި ގޭގަ ނިދައިގެންވެސް މިވަރުން ދަންޔާ ޖޫރިމަނާ ކުރާނެ! ވައްކަން ކުރުން ހަމަ އޯކޭ!
އޮނަރަބްލް ޓުއްތޯންބެ
03 March 2025
އިންސާނެއްގެ އަގަމަތީޖަހާ ބިންދާލި ދަތަކަށް ބަދަލުގެ ގޮތުގައި ދޭން އޮންނަނީ 250 ރ . ދޫންޏެއްގެ ތުންގަޑު ބިންދާލައިފި ނަމަ ފަންސާސް ހާސް ރުފިޔާގެ ޖޫރިމަނާ އަދަބެއް . މަޖިލީހުން ހަދާ ގާނުނުގެ ކުރިމަތީގައި ޖަނަވާރަކަށް ވުރެ އިންސާނުން ނިކަމެތި .
ޙަޑަ
03 March 2025
މިއުޅެނީ ރައްޔިތުން ރަގަޅަށް ނުބެލެއްޓިގެން. ފޭރުމާއި ، ވައްކަން އިތުރުވުމާއި، ޓްރެފިކްގެ އެއްވެސް ކަމެއް ނުބެލެއްޓޭ. ހައިވޭކިޔާ ތަނުގަޔާއި މަގުތަކުގައި އެދުއްވަނީ ހިތުހުރިގޮތަކަށް. އެކަންކަން ނުބެލެއްޓޭބަޔަކަށް ކޮން ޖަނަވާރުންނެއް ބެލެއްޓޭނީ. ތިޔަ ގާނުނުތަކަކީ ރައްޔިތުން ފެލަން ހަދާތަކެތި
ނަސްރު45
03 March 2025
ތިޔައީ ވަރަށް ރަގަޅު ކަމެއް. މި ރައީސް ކުރީ އެއްވެސް ސަރުކާރަކުން ނުކުރެވި ހުރި ކިތައްމެ ރަގަޅު ކަންތައް ތަކެއް އެބަ ކުރައްވާ. ޥިސްނަވަނީ އަމިއްލަ ފައިދާ އަށްވުރެ ކަމުގެ މުހިންމު ކަމަށް. ގިނަ ޕާރޓިގެ މަޖިލިސް މެމްބަރުންނަށް ވެސް ދެކެލައްވަނީ އެހެންކަން ތިހަރެ ކަންކަމުން ސާބިތިވެ. ސުކުރިއްޔާ!
ޢަލިކޮއެ/ހުޅުމާލެ
03 March 2025
ޢިންސާނުން ޙިމާޔަތް ކުރާނެ ބިލެއް ނެތްތަ؟
ދަރި
03 March 2025
ނޫނޭވާ ސަރުކާރެއް ދިވެހިންނަށް ދެއްވައިފި! ހިތި ގޮތަކަށް ނިމިގެން ހިނގައިދާނެ ސަރުކާރެއް!
މަޖިލީސް ފެއިލް
03 March 2025
އެހާ މުސާރަ ނަގައިގެން ކުރަން ހަމަ އެއްމެ ރނގަޅުކަން ތިކުރެވެނީ