ސިނގިރޭޓު އުފައްދާ ފެކްޓްރީ ފުލުހުން ފާސްކުރަނީ.-
03 މާޗް 2025 - 14:05
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ޖެނުއަރީ މަހު ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓުގެ ތެރެއިން 49،000 ސިނގިރޭޓް ފޮށި އަތުލައިގަނެފައިވާ ކަމަށާއި އެ ތަކެތި އަދި ކުންފުންޏާ މެދު ގޮތެއް ނިންމަން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ވަނީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭގަ އެވެ.
ޖެހިގެން އައި ދުވަހު، އެ އިދާރާއިން ބުނީ އެ ގެއިން ކާޑުބޯޑުގެ 103 ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑު ވެސް ހިމެނޭ ކަމަށް އޭރު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެޕާޓްމަންޓުގެ ތެރެއިން 49،000 ސިނގިރޭޓު ފޮށި ފެނުނު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ސިނގިރޭޓު އުފައްދަން އުޅުނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށެވެ.
ސިނގިރޭޓުތައް ނައްތާލުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއަށް އަދި އެ މީހުންގެ ވިޔަފާރިއާ މެދު ގޮތެއް ނިންމަން އިކޮނޮމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެ އެވެ.
އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ
މި ޚަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު، ސިނގިރޭޓު އުފައްދަން އުޅުނީ "ރޭޑިއަސް" ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑެވެ. އަދި "ރޭޑިއަސް" ކުންފުނީގެ ހިއްސާދާރެއްގެ ނަން ފުރަތަމަ ޚަބަރުގައި ޖެހިފައިވާތީ އޭނާ އާއި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގޭ
04 March 2025
ކުއްވެރިވާނީ ތިކަން ކުރަން ބޭނުންކުރި އިމާރާތް، ތިކަން ކުރި ފަރާތަކީ މައުސޫމް މީހެއް ނިކަން ބަލަންތިބެމާ
ދެޓްސްގުޑްފޯޖީޑީޕީ
04 March 2025
ރާއްޖެއަށް ދުންފަތް އެތެރެކޮށް ރާއްޖޭގައި ސިގިރޭޓު އުފައްދަންވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން އިތުރުވެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ދުންފަތް އެއްކޮއް މަނާކުރަން ނުކެރުނު ދެން ކޮން .. ކަމެއް ދައްކާކަށް މުއިއްޒެއް ކަމަކު
އިސްމާލު2.0
04 March 2025
މިއީ ޖިނާއީ ކަމެއްނު؟ ކުންފުންޏައް އަޅަންޖެހޭނެ ފިޔަވަޅެއް ފިޔަވާ، މިކަން ކިހިނެއް އިކޮނޮމިކް މިނިސްޓްރީގެ އިހްތިސޯސައް ވަނީ؟ ހާދަ ހެއްވައެވެ. ޕީއެންސީ ކުދިން ތިޔަހެން މޮޔަ ހެއްދިޔަސް، އެންމެނެއް ނުހެއްދޭނެ.
ގޮވެލި
03 March 2025
ރޭޑިއަސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮބާކަންވެސް ލިޔެލިނަމަ
މައްކޫ
03 March 2025
އެމްޑީޕީ ބޮޑުންގެ ގެއަކުން ދުންފަތް އުފެއްދުމަކީ ހަރިރާންވާންޖެހޭ ކަމެއް ނަޫން، ދެންފަހަރަކު އެމްޑީޕީ މެނިފެސްޓޯ ގަ އޮންނާނެ ސިގިރޭޓް ގެ ހުރިހާ ރެސްޓްރިކްޝަންސްތައްް ނައްތާލާނަމޭ
މުންތަސިރުއްނަސްރު
03 March 2025
ކޮމްޕެނީއެއް ހަދައިގެން ކޮމްޕެނީގެ އަސާސް އާ ޚިލާފަށް ކަމެއްކުރަންޏާ ފިޔަވަޅުއެޅިދާނެ. ސިނގިރޭޓް ހަދައިގެން ނުވަތަ ބިޑި އަނބުރައިގެން އެ ބޭނުންކުރުމަށް ޤާނޫނީގޮތުން އޮތް ހުރަހަކީ ކޮބައިބާ؟ ރޫޓަށް ބައި އަޅަނިކޮށް އޯކޭ ވާނެކަން ނޭނގެ، ވަﷲ އަޢްލަމް.
އަޒޫމް
03 March 2025
ދުންފަތުގެ ގާނޫނު ކިޔާ މީހާވެސް ކޮށިއަރާވަރު ކޮށްފަ އެއޮތީ..އެގާނޫނުން ސާފުވާ ކަމެއްނެތް..މިގައުމަށް ހުއްދަ ލިބިގެން ދުންފަތުގެ ހުރިހާ ބާވަތެއް އެތެރެކުރޭ..ދުންފަތް އުފެއްދުން އެކަނިބާ މަނާވަނީ؟؟
ލޮލްޒް
03 March 2025
އޮނހޯ ކަސްޓަމަށް ދާންވާނީ… އެތަނަށް ނޭނގިތަ އެއްޗެސް އެތެރެކުރީ؟ ބައެއް ކަންތަށްދޯ އެބައިމީހުނަށް ބެލެނީ. ފެއިލްވެފަ އެތިބީ!
ައޒނ
03 March 2025
މީހުން އެހާ ދެވިހިފާފައިވާ އަދި އެހާ ބޮޑަށް ރާއްޖޭގައި ފެތުރިފައިވާ އެއްޗެއް ކުއްލިއަކަށް އަތްނުފޯރާ ހިސާބަށް އަގު މައްޗައް ޖައްސާލީމައި ވާނީ ކިހިނެއްކަމަށް އެކަންކުރި މީހުން ހީކުރީ؟ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓެން އެބަޖެހޭ. އެކަމަކު މިހެން ހެދުމުން ވަގުން އިތުރުވުން ނޫން ކަމެއް ނުވާނެ.
އެނގޭމީހާ
03 March 2025
މެންބަރު ބޮޗޭގެ ކުންފުނި. އެއްކަމެއްވެސް ނުވާނެ