ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އެމްބަސީގެ ބޭފުޅުންނާ ސަލާމް ކުރަނީ-- ފޮޓޯ: މިނިސްޓްރީ
03 މާޗް 2025 - 21:18
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި އެެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އެ ކަދުރުތައް މިހާރު ވަނީ ބަހައި ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފަހުން ހަދިޔާކުރަން ނިންމި 10 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖެއާ ހަވާލު ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަަމަށެވެ.
ރާއްޖެއަށް ކަދުރު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ އެވެ. ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އެމްބަސީގެ ބޭފުޅުންނާ ސަލާމް ކުރަނީ-- ފޮޓޯ: މިނިސްޓްރީ
ޝަހީމް ވިދާޅުވީ ކަދުރު ހަދިޔާ ކުރެއްވުމަކީ ރާއްޖެ އާއި ސައުދީ ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވަނީ އެ ގައުމުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އަށް ފުރަތަމަ ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.
އެ މިނިސްޓްރީން ވަނީ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށް ވެސް ކަދުރު ބަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
04 March 2025
މިދެއް ކޮންކަމެއްތަ މިއީ ރެފިއުޖީން އުޅޭ ކޭންޕުސަރަހައްދެއް ގޮތައް އަބަދު ކަދުރު ތިދެނީ! ސައުދީއައް ނޭގޭތޯ ރާއްޖެމިއީ ހާލުގަ ޖެހިދަތިބިި އަރަބިނައްވެސް މިލިއަނުން އެހީދޭ ގައުމެއްކަން އަދި ސައުދީ ރަސްފާނައް ކިޢާޑުނީވެނީތޯ މިފަސްއަހަރު ކަޑުހިއްކާފާފަ އެތައް ބިލިއަން ޑޮލަރުގެ ހައިޓެކު ސިޓީއެއް ހަދާފަ އެތައްސަތޭކަ ބިލިއަން ޑޮލަރުގެ ބިއްލޫރި ޓަނަލަކުން ގުޅުވާލާ ވާހަކަ؟ ވީމަ ކަދުރު ކޮޅެއް ނުލިބޭ ހާލުގަ ތިބި ފަގީރު ގައުމުތަކުގެ މުސްލިމުންނައް ތިފޮނުވާ
ޓަނު
04 March 2025
10 ޓަނު ކަދުރަކީ، 10 ހާސް ކިލޯ ކަދުރު. 2 ކިލޯގެ ޕެކެޓް ނަމަ އެއީ 5 ހާސް ޕެކެޓް. ގޭގެއަށް ބަހަން އުޅެފިނަމަ ޝަކުވާ އިންތިހާއަށް ބޮޑުވާނެ. އެންމެ ރަނގަޅު ގޮތަކީ މިސްކިތްތަކަށް ރޯދަ ވީއްލުމަށް ފޮނުވުން.
ނުތަނަވަސް ހިސާބު
05 March 2025
10 ޓަނަކީ 10 ހާސް ކިލޯއެއްނޫން، ޓަަނަކީ 500 ކިލޯ، އަދުރޭ ކައިރިއަށް ގޮސްގެން ނަމަވެސް ހިސާބު ޖަހަން ދަސްކުރޭ
ކަދުރުއިންވެސްޓްމަންޓް
04 March 2025
މީހަކު 80ހާސް ރުފިޔާގެ މުސާރަނަގައިގެން ރާއްޖެއަށް ގެންނަ އިންވެސްޓްމަންޓް ބުރޯ ލަދު
މުހައްމަދު އަފީފް
04 March 2025
އިބޫ ނުދޭ ކަދުރެއް. އެޔަށް ހެދި ގޮތެއްވެސް ނޭނގޭ. މިއަދު މިދަނީ ރަނގަޅަށް.
މުހައްމަދު ޝަހުބާން
04 March 2025
މިސަރުކާރު އައިފަހުން ކަދުރުވެސް ލިބެން ފަށައިފި. އަލްހަމްދުﷲ
އަންދަލޫސިޔާ
04 March 2025
ތިޔަ ކަދުރު ބަހަންވީ ފަޤީރުންނަށް. އަދި ބާކީ ހުރިނަމަ މިސްކިތްތަކުގައި ރޯދަ ވީއްލާ މީހުންނަށާއި، ދަތުރުމަތީ އުޅޭ ފަރާތްތަކަށް.
ނ
04 March 2025
ތީ ދިވެހިންނަށް ކުރި ފުރައްސާރަ އެއް.
އަސްލަމް ވަހީދު
04 March 2025
މިފަހަރުވެސް ރޯދަ މަހު ކަދުރު ލިބުނު އަހަރުމެން ގެޔަށް. މިދިޔަ ރޯދައިގަވެސް ލިބުނު. އިބޫ ވެރިކަމުގަ ނުލިބޭ.
އިބޫ ފަޒޫ
04 March 2025
ދެން އެހެންވީމަ ބާރަށް އަތް ޖަހާ
އަސްލުމީހާގެ
04 March 2025
އަބަދުވެސް ކަދުރު ލިބެނީ ހުސްވުމުގެ ކުރިން ބަލައި ދިޔައިމަ. ހުސްވީމަ ހުސްވީ.
ހަސަން ނިހާމް
04 March 2025
މިސަރުކާރުން އަރަބި ގައުމުތަކާ ގުޅުން ރަނގަޅު ވުމުގެ ނަފާ މި ލިބެނީ
ކިރުސައި
04 March 2025
ސައުދީގެ ކަދުރު ނުލިބިގެންތަ މިއުޅެނީ. ލަދު ކޮބާ؟ ތި ފޮނުވަބަލަ ކައިރީގަ އޮތް ޕަލަސްތީނު ރައްޔިތުންނަށް.
ވަހީދުގެ
04 March 2025
ފަލަސްޠީނު މީހުންނަށް ވެސް ދިނޭ! އެހެން ނޫނަސް ތިކަދުރު އެގައުމަށް ނުފުނުވޭނެ.