ސްޓެލްކޯގެ މެނޭޖިންސް ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
04 މާޗް 2025 - 11:09
ސްޓެލްކޯ އިން ދެ ބިލު ފޮނުވި ބޭނުމަކީ ސަރުކާރުން ދޭން ނިންމި ޑިސްކައުންޓް އެ ބިލްގައި ހިމެނުމަށް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަކަށް ކުރި ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ސްޓެލްކޯ އިން އެންމެ ފުރަތަމަ ފޮނުވީ ޖެނުއަރީ މަހުގެ ކަރަންޓު ބިލެވެ. އެއީ ގާތްގަނޑަކަށް ޖެނުއަރީ 9 އިން 10 އަށް ތައްޔާރުކޮށްފައިވާ 32 ދުވަހުގެ ބިލެކެވެ. އޭގެ ފަހުން މިދިޔަ މަހުގެ 10 އިން 27 އަށް ހަދާފައި ބިލެއް ވެސް ފޮނުވި އެވެ.
އެއް މަހެއްގައި ދެ ކަރަންޓު ބިލު ލިބުމުން އެކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.
އެހެންވެ، ކަން ހިންގާފައިވާ ގޮތް އޮޅުންފިލުވައިދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާ އަށް ކަމަށެވެ.
"އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ވެސް ނޫން. ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށް ފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،" ތަފުސީލް ދެއްވަމުން އޭނާ ވިދާޅުވި އެވެ.
"އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއް ވެސް ދެވިފައި."
ސްޓެލްކޯގެ މެނޭޖިންސް ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެގޮތަށް ބިލު ފޮނުވުމުގެ މަގުސަދަކީ ފަހުމީ ވިދާޅުވިގޮތުގައި، މި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަމަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުމެވެ.
އޭނާ ވިދާޅުވީ ބެކްލޮގާ އެކު، އެ ބިލް ފޮނުވާ ނަމަ ޑިސްކައުންޓް ދޭން ޖެހޭނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށް ވުމުން އެ ބަދަލު ގެނައީ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.
"ބެކްލޮގް ފިލުވާލެވުމާ އެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފްތާގައި ރީޑިންގް ނެގުމަށް ފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާ އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯ އަށް ބޮޑުވެގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަހުމީ ދެއްވި އެވެ.
ސްޓެލްކޯގެ 350 މުވައްޒަފުން ނުކުމެ، ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ވަނީ ނިިންމައިފަ އެވެ.
އެ ކުންފުނިން އެގޮތަށް ނިންމީ މި އަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެވެ. މިދިޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
05 March 2025
ވޭތުވީ 6 މަހުވެސް ގާތްގަނޑަކަށް 850 ރުފިޔާ ކަރަންޓް ބިލަށް އަރާ އެޕާޓްމަންޓަކަށް މިފަހަރު ދެބިލު ފޮނުވީމާ 1141 ރުފިޔާ ދެބިލުގެ ޖުމްލައަށް އެރީމާ އަހަރެން ހީކުރީ މިދުވަސްވަރު ކަރަންޓް ބޭނުންކުރާ ނިސްބަތް ބޮޑުވީމާ ކަސްޓަމަރުންނަށް ލުއިކޮށްދިނުމަށް ދެބިލަކަށް ބަހާލީކަމަށް. މި ޚަބަރު ކިޔާލީމާ މިއެނގުނީ މުޅި ރޯދަމަހަށްވެސް ޑިސްކައުންޓްދޭން އަދިއޮތީކަން. ހާދަހާ ހެޔޮފުޅޭ ދެއްތޯ.
ކެކެކެކެކެކެކެކެކެކެ
05 March 2025
މުޅި އަހަރުދުވަހުގެ ބިލް ނުފޮނުވިކަން ނަސީބެއްތާ! ޑިސްކައުންޓު ދެނީ އޯ ޕަކާސް!
ހާލުފޮޅިފޮޅި
05 March 2025
ޑިސްކައުންޓް ދޭންށޭ ކިޔާފަ މަހަކު 6 ބިލް ފޮނުވީމަ ކިހިނެތްތަ ދައްކަނީ... މަހަކު 6 ބިލް ފޮނުވާފަ ޖެހިގެން އަންނަ ދުވަހު ފޮނުވާނެ ރެޑް ނޯޓިސް.. ދެން އަންނާނީ ކަރަންޓު ކަނޑާލަން.. ޑިސްކައުންޓް ބިލް އަންނަ އިރު އަހަރެމެން މިތިބެނީ އަނދާ އަޅިއަށްވެފަ...
ޒަރީރު
04 March 2025
އަތުންފައިން މަސައްކަތެއް ނުކޮށްތިބެ ހުރިހާއެއްޗެއް ހިލޭ ބޭނުންވާބައެއް ދިވެހިން ނޫނީނެތް. ހާދަ ކަންނެތްވެއްޖޭ ދިވެހިން. އެއްޗެއް ދިނަސް ޝަކުވާ ނޫން އެއްޗެއްނޯވޭ. ސިޔާސީ ވިޔަސް ބޭކާރު އަނގަނުތަޅާ އުޅެން އެބަ އެނގެންޖެހޭ
ޢަހާ
04 March 2025
އެއްފަހަރާ ދެބިލު ނުފޮނުވިޔަސް ޑިސްކައުންޓް ދެވޭނެ. އެއީ ވަކިގޮތަަކަށްދޭން އޮންނަ އެއްޗެއްނޫން. އެހެންނޫނަސް ތިޔަ ޑިިސްކައުންޓެއް ބޭނުމެއްވެސް ނޫން. މިދިޔައަހަރު ތިޔަ ޑިސްކައުންޓެއްދިން ފަހުން ކުރިއަށްވުރެ 2 ގުނަ ބިލަށްއަރާ. ތިޔައީ މަކަރާއި އޮޅުވާލަންދޭ ޑިސްކައުންޓެއް
ގުދުގުދާބެއްޔާ
04 March 2025
މިއީ ހަމަ ބޮޑު އޮޅުވާލުމެއް! މިވަރުގެ ބޮޑުދޮގެއް މިގަރުނުގަވެސް ނުހަދާ! ކޮންޑިސްކައުންޓެއް! ވީތަނުން ޖީބައް ބަރުގެ ބިލް ބޮޑުވުން ނޫންކަމެއް ނުވޭ!
ޒަރީރު
04 March 2025
އެއްފަހަރާ 2 ބިލު ފޮނުވައިގެން ކޮބައިތަ މައްސަލައަކީ. 2 ބިލު އެއްފަހަރާ ނުދެއްކިޔަށް މައްސަލައެއް ނެތޭ ބުނެފަ އެއޮތީ. ކަރަންޓު ބިލަކީ އޮޅުވާލެވޭނެ އެއްޗެއް ނޫން. އެއަށް އަރާ ރީޑިން އަމިއްލައަށްވެސް ބެލޭނެ ކޮންމެ ވަގުތަކު.
ލޮލްސް
04 March 2025
ލަނޑަޔާ ވާނީ ލަނޑަޔާއަށް
ދިވެހީން
04 March 2025
ދިވެހިންނަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. ވަރަށް ސަލާން
މުލޭ
04 March 2025
ސްޓެލްކޯއިން މިކުރާ ކަންކަން އަހަރެން ދެކެނީ ޝައްކުގެ ނަޒަރަކުން. މިހެން ބުނަންޖެހުނީ 30 ދުވަހުގެ ބިލަށް 2900 ރުފިޔާ އަރަމުން ދަނިކޮށް 23 ދުވަހަށް ފޮނުވި ބިލުގައި 3300 ރުފިޔާ ހުރީމަ. ގައިމު ހޫނު ގަދަވެގެން ވެސް މިވަރު ވާނެކަމަކަަށް ނުބެލެވޭ. ހޫނުވެސް ގަދަ 23 ދުވަހެއް ނޫން އެދިޔައީ. ބިލު ދެއްކުން ނޫންގޮތެއް ނޯންނާނެތީ ބިލުދައްކަން ޖެހޭނީ.
މުސްތަފާބެ
04 March 2025
ބިލު ކުރަން ވާނީ 30ދުވަސް ފަހުން. ވަރަށް ސާފް ، އޯކޭ ތަ އަހަރެން ހުރިހާ ބިލެއް އެއްކޮށް ދަންކަން 1 އަހަރު ބިލްތަށް ބޮޑިކޮއްލާއިގެން ހުއްޓަސް ! ؟
ދިއްދޫމީހާ
04 March 2025
ޔައީ ރައްޔިތުންނަ ފަސޭހައަ ކުރިކަމެއް ނޫން އެހެން ނޫންނަމަ ފާމެބެމެން ޓްވިޓާގައި ލިޔާނެ ރައީސްގެ އިރުޝާދުގެ ދަށުން އެހެންވީމަ ތިޔަ ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ..
ކަރަންޓް ބިލް
04 March 2025
350 މީހުން އެއްދުވަސްތެރޭ ކިހިނެއް ހުރިހާ ގެއެއްގެ ރީޑިން ނަގާނީ؟؟؟
ހުސާމާ
05 March 2025
ގިނަ ގޭގޭގަ ސްމާޓް މީޓަރު ހުންނަކަން ވެސް ނޭގޭ ދެއްތޯ