ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން -
05 މާޗް 2025 - 15:21
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި ދުސްތޫރީ ނިޒާމު ހިނގަމުންދަނީ ރަނގަޅަށް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދު ކުރުމުގެ ބިލެއް މަޖިލިހުން ފާސްކޮށްފައިވެ އެވެ.
ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި އެއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމެވެ.
އެކަމަށް ރައްދު ދީ، ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ސުއޫދު އަމަލު ކުރެއްވީ އޭނާ ފަނޑިޔާރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިސްޓް އުސޫލު ކަން ހާމަވެފައިވާ ކަމަށެވެ.
އިސްތިއުފާ ދެއްވުމަށް ޖޭއެސްސީއަށް ސިޓީ ފޮނުއްވުމުގެ ބަދަލުގައި ރައީސަށް ސިޓީ ފޮނުއްވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށް ކަމަށް ވެސް ޕީއެންސީން ބުންޏެވެ. އަދި ސުއޫދާއި އެހެނިހެން ފަނޑިޔާރުންނާ މެދު ވެސް އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި އަދި އެއީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ޕީއެންސީން ބުނީ ޖޭއެސްސީ ފަދަ މިނިވަން މުވައްސަސާތައް މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކު ހިންގުމުގެ ފުރުސަތު ރައީސް މުއިއްޒު ވަނީ ފަހިކޮށްދެއްވައިފަ އެވެ.
"އެފަދަ މުއައްސަސާއަކުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަން ޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުމެވެ." ބަޔާނުގައިވެ އެވެ.
ގާނޫނުތައް ނެގެހެއްޓުމުގައި ރައީސް ދައްކަވަނީ ނަމޫނާއެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް ޕީއެންސީން އެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
06 March 2025
އެ ބުނީ ހެއުކޮއް. މި ހަބަރު ނުވެސް ކިޔާ ސީދާ ކޮމެންޓު ސެކްޝަނަށް މި އައީ ހަމަ މިހެން ބުނަން. ބޮޑުމީހާ ބޭނުން ނޫން ގޮތަކަށް ނޭވާލައިފި މީހެއްގެ ގޮނޑި ގެއްލޭނެކަމުގެ ބިރުގައި ތިބި ބަޔަކު ވަރަށް މިނިވަން ކޮއް މަސައްކަތް ކުރާނެ. ބަސްނާހާ އުޅުނު ކުއްޖަކަށް ހަދާލި ގޮތުން އެކަން އަހަރެމެންގެ ލޯމަތިން ފެންނަމުން ދަނީ މިހާރުވެސް. ދެންވެސް ގޮވާ މިނިވަނޭ މުސްތަޤިއްލޭ ފަޅޮލޭ.
ވިސާމާ
06 March 2025
އެމްޑީޕީމީހުން އެބަ މޮޔަވޭ. ހުސްނުއްސުއޫދަކީ ކޮންމެ ވާހަކައެއްދެއްކިޔަސް ހަމަ ރަތްލާޖެހި އެމްޑީޕީ އެކްޓިވިސްޓެއް.
މިމްރާހްް
06 March 2025
ހުސްނުއްސުއޫދުމެން ސިޔާސީ ވެގެން މޮޅެތި ޑްރާމާކުޅެފަ ރައީސް ބޮލަށް ކަނޑާފަ. ތިހެން އަހަރުމެންނެއް ގަޅިއެއް ނުހެއްދޭނެ.
އީޒަންް
06 March 2025
ނުފޫޒު ފޯރުވީ ކޮންބަޔެއްކަން ވަރަށް ސާފު. އިބޫ އައިގޮތަށް މުޅި ސުޕްރީމްކޯޓުގެ ބެންޗް ބަދަލުކޮށްލިގޮތް އަދި ހަނދާނުުން ފިލައިގެން ނުދޭ.
އިސްމާލި
06 March 2025
އެހެންވެ އިބޫއަށްވުރެ ދަރަޖައެއް މައްޗައް ޖެއްސޭތޯ ތިޔަ ބައްލަވަނީ ދެއްތޯ؟
އާނޯޑް
06 March 2025
ސޭމް. އިބުރާހިމް ޖެހިހާ ސަކަރާތް އަދި ހަދާން ނެތޭހާ ދުވަހެއްވެސް ނުވޭ
ޝުއައިބް އަބްދުﷲ
06 March 2025
އަހަރުމެންނަށް ނޯޅޭނެ ހަގީގަތަކީ މިގައުމުގަ އެއްމެ ހަޑިކޮށް ޖުޑީޝިއަރީއަށް އަތްބޭނީ ސޯލިހްކަން. އިބޫގެ ވެރިކަމުގައިކަން. ދެން މިކަމުން އެމްޑީޕީއަށް ރެކެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.
އިސްމާލި
06 March 2025
އެހެންވެ އިބޫ އާއި އެއްހަަމަކުރެވޭތޯ ތިޔަ ބަލަނީ ދެއްތޯ؟
ފަރުހަތް
06 March 2025
ޔާމީން ފުރާޅުން ޓިނު ނަގައިގެން ބޭރު ކުރި ފަޑިޔާރުންވެސް ސޫދު މިނެރުނު ކަހަލަ ސިޔާސީ ބަޔާނެއް ނުނެރޭ. އެހެންވޭ އަހަރުމެން ބުނަނީ ސޫދުއަކީ ސިޔާސީ ފަޑިޔާރެކޭ
ޒައިން ސައީދް
06 March 2025
ސުއޫދް މެންނަކީ އެއްވެސް އިރެއްގަ އިންޓެގްރިޓީއެއް ހުރި މީހެއް ނޫން. ވަކި ކަންކަމެއްގަ ބަސް ބުނެ ހެދޭ މީހެއް އެއީ. ސިޔާސީ ގޮތުން ގެންގުޅެނީ ވަކި ފިކުރެއް. ވަކި ކޮޅަކަށް ގޮސް ހުސްވެފަ ހުންނަ މީހެއް އެއީ
މިއުޒަމް
06 March 2025
ހުސްނުއްސޫދު ގެ ބަޔާނުން އެކަނިވެސް އިގޭ އެއީ ވަކި ކޮޅަކަށް ބުރަވެފަ ހުރި މީހެއްކަން. މިވަރުގެ މީހުން ބޭރުކުރަން ލަސްވެސް ވެއްޖެ
ލާމިއު ޝަރީފް
06 March 2025
ސުޕްރީމް ކޯޓުގެ ފަޑިޔާރުން އަސްލު ވަކި ކުރަންޖެހޭ. ސީދާ އިބޫ ވެއްދި އޭނަގެ ޕަޕެޓުން. ގައުމަށް ހެޔޮ އެދޭ ބައެއް ނޫން
މުރުޝިދް
06 March 2025
މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަނީ އޭ ކިޔާފަ ވާހަކަ ދައްކާ މީހުން މިއަދު ލަދުގަންނަންޖެހޭނެ މިފަދަ ވާހަކަތައް ދައްކަންވެސް. އިބޫ ދިޔައީ މުޅި ސުޕްރީމް ކޯޓް ދޮވެލާފަ. ޔާމީން ފުރާޅުން ޓިނު ނެގީ
ގެރިސިދު
06 March 2025
މާނައަކީ ކޮންމެ ސަރުކާރަކުންވެސް ސުޕްރީމް ކޯޓާ ކުޅެއޭ ޔާމީން (ފުރާޅުން ޓިނު ނެގިކަން) އިބޫ ( ސުޕްރީމް ކޯޓް ދޮވެލިކަން) ދެން މިހާރު މިކުރަން އުޅެނީ ހަމަ އެކަމެއް ނޫންތޯ؟ ކޮންމެ ސަރުކާރަކަށްވެސް ހިންދެމިލެވެނީ ސުޕްރީމް ކޯޓުގެ ތަފާލެއް އަޅާފަތޯ؟
ސަމާހް ވަހީދު
06 March 2025
ރައީސް ތިހެންބުނީމަ ދިވެހިން މިހާރު ގަބޫލުކުރާނެކަން ޔަގީން.