އަމީނީ މަގު އަލުން ހެދިއިރު އެ މަގުން ގަސްތަކެއް ކަނޑަނީ. އާރުޑީސީން އެ މަޝްރޫއު ކުރިއަށްގެންދަން އަމީނީމަގުން ގިނަ އަދަދެއްގެ ގަސް ކެނޑުން ގިނަ ބައެއްގެ ނުރުހުން އަމާޒުވި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 މާޗް 2025 - 22:26
މާލޭގެ އެކި ހިސާބުތަކުން ސިޓީ ކައުންސިލުން ގަސް ކަނޑާ މައްސަލާގައި ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ މަގުތަކުން ގަސްކަނޑާ ވީޑިއޯއަކާއެކު އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް، ކައުންސިލުން ހިތުހުރި ގޮތަކަށް ކެނޑުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެކަމުގައި އެ ކައުންސިލުގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް، ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވިލިމާލޭން ކެނޑީ އެ ތަނުގެ ބަސް ރޫޓަށް ދާދިފަހުން ބަދަލު ގެނައުމުން ގަހުގައި ބަސް ޖެހި، އެ އުޅަނދުތައް ހަލާކުވާތީ އެމްޓީސީސީން އެދިގެން ކަމަށެވެ.
Male’ magu thakugai hedhifai huri gasthah, MCC e irehgai hithuhuri gothakah kandaa hedhumakee gaanoon aai hilaafah kuraa kameh. Mi kamugai e Council ge mahchah jinaaee dhauvaa ufulaan jehey kamah alhugandu dheken. pic.twitter.com/elCSB0Oxyy
— Mohamed Nasheed (@MohamedNasheed) March 6, 2025
"އާ ގަސް ޖަހާނަން އަންނަ ހަފުތާގައި." އާޒިމް ވިދާޅުވި އެވެ.
ގަސް ކަނޑާ މައްސަލައިގައި ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ ތާރު އަޅައިގެން އަމީނީމަގު ހަދަން އެ ތަނުން ގަސް ކެނޑުން ހުއްޓުވަން ވެސް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެކަމަކު އާރުޑީސީއާ ދެކޮޅަށް 2022 ވަނަ އަހަރު ނަޝީދު ހުށަހެޅުއްވި މައްސަލަ ކާމިޔާބެއް ނުވި އެވެ.
މަގުގެ ދެ ފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކާ އެކު އަމީނީމަގަކީ މާލޭގައި އެންމެ ފެހިކޮށް އޮތް އެއް މަގެވެ. އެ މަގުގައި އޭރު 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަސްތައް ވެސް ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
09 March 2025
"އާ ގަސް ޖަހާނަން އަންނަ ހަފްތާގަ" އީ.ޕީ.އޭ: ކޮންމެ ގަހަކަށް 6 ގަސް އިންދާތި އާރ.ޑީ.ސީ: އަމީނީ މަގުގައި ގަސް އިންދާނަން. އަމީނީމަގުގައި އިންދި ގަސް ތަކަށް 3 އަހަރު...ލިބުނު ހިޔާކޮޅެއް ހަރާން.
އަބްޑޫޅް +
08 March 2025
ކައުންސިލު ބިޑިއަޅައި، އަނދަގޮނޑި ޖަހާފަ، އެންގަލަށް އެރުވުމަށް ފަހު، އޮނަތިރީސް އެތިފަހަރުން ތައުޒީރުކޮށްފަ، ފުޅިތޮށި ކާންދީ.
ކަހުރަބު
07 March 2025
މިނީހާގެ ވާހަކަ ދައްކާން ހެޔޮނުވާނެ. ޤައުމުގެ ރައީސްކަން ލިބުނީމާ "ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ގަނޑުވަރު" ދިވެހި ދައުލަތުން ހަދާފައިވަނިކޮށް އެތަނުގެ އަގު ބޮޑުކަމުން އެތަނަށް ނުވަންނާން އެހެން ތަނެއްގައިހުރެ ވެރިކަން ކޮށްފައި، ޢެކަމަކު ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ލިބުނީމާ ހަތަރުދަންފަށަށް ކައިރި ނުވެވޭވަރަށް "ބޮޑުގަނޑުވަރު" ހަދައިގެން ވަށައިގެން ފާރަވެރިންލައި އުޅުނުމީހެއްތިޔައީ.
ކަހުރަބު ޖިންނި
08 March 2025
ބޮންގޮވާލީމަ ވާނީއެހެން ހަސަދަވެރިވިއަސް މަރާލަން އުޅޭކަށް ނުޖެހޭ
އައިމިނާ
07 March 2025
އިންސާނުންގެ ބޯހިޔާވަހިކަމަށްވުރެ ބުޅަލާ ގަސްގަހުގެ ހައްގު ބޮޑު ގައުމެއް. އިންސާނުންގެ ހައްގު އޮންނަނީ ބުޅަލާ ގަސްގަހުގެ ހައްގުގެ ފަހަތުގަ.
ރައްޔިތެއ
07 March 2025
ތިދައުވާ ކުރަން ޖެހިފަ އޮތީ އުނގޫފާރު ކައުންސިލަށް ވެސް. ގަހެއް ހެދިބޮޑުވާން އެހާ ގިނަ އަހަރު ނަގާ އިރުވެސް ހަމަ ބޮޑުވާއިރަށް އެގަހެއް އެބަ ކަނޑާލާފަ އެއްލާލާ. އެގަސް ނަގާފަ އެހެން ތާކު އިންދާ ނަމަވެސް ރަނގަޅު. ޢެކަމު ހަމަ ކަނޑާލާފަ ގޮނޑަށް އެއްލާލަނީ. މީ ވަރަށް ދެރަކަމެއް
މުޑަހަންޖާ
07 March 2025
ކ.މާލޭ އެއްގޯތި އަނެއްގޯއްޗާ ޖެހިފަ ހުންނަ ގަބީލާ ކޯޅުންގަނޑުތެރޭ އަރުވާ ތިކަހަލަ އާވިގަނޑެއްގެތެރޭ އެއްޗެއް ބުނާކަށް އަހަރެމެނެއް ނެތީމު. އެކަމަކު ތިޔަމީހާގެ ވެރިކަމުގައި ރާއްޖޭ އެތައް ރަށެއްގެ ގަސްތައްކަނޑާ ކޮށާފަހުރީ، އެތައް ފަޅެއްގެތެރެއަށް ފަސްއަޅާ ނައްތާލާފަހުރީ، ދައުވާއެއްކޮށްފައެއްނެތް.
މަރޭ މިތުރާ
07 March 2025
ޑރ އަކީ އިންސާނުންނައް ވުރެންވެސް ގަސްގަހާއި ޖަނަވާރައް ލޯބިކުރައްވާ ބޭފުޅެއް އެހެނވީމަ އިންސާނުންނައް އެޅި ފްލެޓްތައް ނުދީ ހިފާއްޓާފަ ފުރަތަމަ ވެސް ބުޅާތަކައް ހިޔާވަހިކަންދިނީ. ޖަނަވާރުތަކައް ގާނޫނުވެސް ހަދާދިނީ. އެޔައް އަނިޔާވެރި ވެއްޖެއްޔާ ބޮޑެތި ޖޫރިމަނާތައް ކަނޑައެޅީ، މިހާރު މަދިރިއެއް މަރާލިއަސް ޖޫރިމަނާ. އިންސާނަކައް އަނިޔާކުރިިޔަސް ނެތް ޖޫރިމަނާގަނޑެއްވެސް. އެމީހަކައް އޮތީ ދައުލަތުގެ ސިޔާސީ ބޮޑު މަގާމެއް. ބޮޑުވަރު ހުވާ
ލިނާޢު
07 March 2025
ރައީސް ނަޝީދު އެއްޗެއް ބުނެފިއްޔާ ބައެއް މީހުންނަށް ހާދަ ވަރެކޭދޯ މިވަނީ. ބަޔަކު ކިތަންމެ ރައީސް ނަޝީދު ދެކެ ރުޅިއަޔަސް މިޤައުމުގެ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް މިޤައުމުގެ ނިކަމެތި ރައްޔިތުންނަށް ދައުލަތުގެ ތެރެއިން މިހާރު ލިބެމުންދާ ގިނަ އެހީތެރިކަން ލިބިފައިވަނީ ރައީސް ނަޝީދުގެ ގިނަގުނަ މަސައްކަތުގެ ސަބަބުން. މިކަމުގެ ހުރިހާ ފައިދާއެއް އޮތީ އަހަރުމެން ރައްޔިތުންނަށް.
ކަތުރުފަނި
07 March 2025
ހިތުން މޮޅުވާހަކައެއް ބުނީދޯ. ތިޔަކަމެއް ކުރީވިއްޔާ ކުރީ ޓެކްސް ނަގައިގެން. ޢެޓެކްސްތަކުން ނެގި ފައިދާ މާބޮޑު ރައްޔިތަކަށް ކޮށްދިން ކަމަކަށްވުރެ. އެންމެ ރިސޯޓަކުން މުޅި ޤައުމު ހިންގާލަން ނެގި ޓެކުހުގެ ލާރިގަނޑު ކައިގެން ތިޔަ އުޅެނީ މުޅި ދައުލަތް ދަރުވާލައިގެން. ކޮބައި ކުރި ފައިދާއެއް. ދަރަނިން ބޯހިއްލާ ހަމަ ނޭވައެއް ލެވޭނެ ދުވަހެއްނެތް. ތަކތީގެ އަގު ދުވަހެއް ދުވަހަކަށް ވަނީ ބޮޑު. ތީގެފަހުން ކިތައް އެހީ ތަޢާރަފުވެއްޖެ. އެކަމަކު ހަމަ ދަރަނި.
އަބޫ
07 March 2025
މަގުމަތީގައި އިންދާ ގަހަކީ ވަކިވަރަކަށް ބޮޑުވުމުން ބަދަލުކުރާ އެއްޗެއް, މިސާލަކަށް ސިންގަޕޫރު ބަލާލާ , އަބަދުވެސް ބަދަލުކުރަމުން ދާންވާނީ , ބިޔަވީމަ ކަނޑާލާފަ އާގަސް އިންދާނީ
ތުއްތު ބޭ
07 March 2025
ބުޅަލަށް ފަހު ގަސްތަކާ ޖެހުނީ ދޯ؟ އާ ގަސްތަކެއް ޖަހާށޭ އުޅެނީ؟ ކުރީގަ މޭޔަރަކަށް އުޅުނު މީހާ ފެންދިނީ ކަދުރު ރުކަށް އެކަނި؟ އެހެންވީމާ މި ގަސްތައް މަރުވީ
ފެން
08 March 2025
ކަދުރު ރުކޭ؟ ފެން ފޯއް ރުކެއް ނޫންތަ؟