ޓެކްނޮލޮޖީ

ސްމާޓްފޯނުތަކުގައި ކީއްކުރާ ފިންގަޕްރިންޓް ސްކޭނާއެއް؟

ސްމާޓްފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނިން ދެން ނުހިމަނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ގިނަވާން ވަނީ ފަށާފައި

ސްމާޓްފޯނުތަކުން ފިންގަޕްރިންޓް ސްކޭނާ އުވާލަން އުޅޭ ވާހަކަ އެބަ ދެކެވެ އެވެ. ސެމްސަންގް ފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނާ ދެން ނުހިމަނާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވަނީ ޓްވީޓާގައި ބުނެފަ އެވެ. އެޕަލް އިން އަދި ނުބުނެ އެވެ. އެކަމަކު ދެން ނެރޭ އައިފޯނުގައި "ހޯމް ބަޓަން" ނުއިންނާނެ ކަމަށް ބުނެވެ އެވެ.

އައިފޯނުން ހޯމް ބަޓަން ނައްތާލަނީ ސްކްރީން ބޮޑުކުރަން ކަމަށް ބުނެވެ އެވެ. ސްމާޓްފޯނުތައް މިހާރު މިސްރާބުޖަހަނީ، ސްކްރީން ވަށައި އެއްގޮތަކަށް ވެސް ދާރަ ނުހުންނަ ޑިޒައިންތަކަށެވެ. އައިފޯނުން ހޯމް ބަޓަން ދުއްވާލާނެ ކަމަށް ބުނެވޭ ބުނުން މާނަކުރެވެނީ އެ ކަހަލަ ޑިޒައިނަކަށް އެޕަލް ޝައުގުވެރިވެފައި ވާ މިންވަރެވެ.

ސްމާޓްފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނާ ހިމެނުމަކުން ގިނަ ބަޔަކު އެ ބޭނުމެއް ނުކުރެ އެވެ. ބޭނުންކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ފޯނު ހުޅުވަން އެދެވޭ ކޮންމެ ފަހަރަކު އެކަން ކުރަން އުނދަގުލީ ކަމަށް ވެސް ވެދާނެ އެވެ.

ފޯނުތަކުގައި ފިންގަޕްރިންޓް ސްކޭނިން ޓެކޮނޮލޮޖީ ހިމަނާފައި ވަނީ މުހިންމު އެޖެންޑާތަކެއް ތަންފީޒުުކުރުމަށެވެ. އޮންލައިން ވިޔަފާރި އަކީ އެޖެންޑާގައި ހިމެނޭ އައިޓަމެކެވެ. ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި ފަރުދީ މުއާމަލާތްތައް ހިމާޔަތްކުރުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ޕިންގާޕްރިންޓް ސްކޭނިން އަށް ވުރެ "ފޭޝަލް ރީކޮގްނީޝަން" އިން ލިއްބައިދޭ ހިމާޔަތްތެރިކަން ބޮޑު ކަމަށް މިހާރު ބުނެވެ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން މިހާރު ވިސްނަނީ ފިންގާޕްރިންޓް ސްކޭނާ އަދި "އައިރިޝް ސްކޭނާ" ދޫކޮށް ފޭޝަލް ރިކްގްނީޝަން ޓެކްނޮލޮޖީ އަށް ބަދަލުވުމަށެވެ. އެ ކަމަށްޓަކައި ފޯނުތަކަށް ގެންނަޖެހޭ ބަދަލުތައް، ހިމަނަން ޖެހޭ ޓެކްނޮލޮޖީ ދާދި އަވަހަށް އާންމުވާނެ ކަމަށް ވެސް ބުނެ އެވެ.

އައިފޯނު އަށަކާއި ސެމްސަންގް ގެލަކްސީ އެސް8 އާންމުކުރުނަ ކުޑަތަންވެފައި ވާއިރު، މި ފޯނުތަކުގައި "ފޭޝަލް ރިކޮގްނީޝަން" ޓެކްނޮލޮޖީ ހިމެނުމަށްޓައި، ފޯނުގެ ކުރިމަތީގައި އިންނަ ކެމެރާ އަށް ފުން މިން، "ޑެޕްތު" ދެނެގަނެވޭ ފެންވަރުކުރާނެ ކަމަށް ބެލެވެ އެވެ.

ސްމާޓްފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނިން ހިމަނަން ފެށުމުން އެކަން ބަދަލުވީ ވިޔަފާރި ސްޓަންޓަކަށެވެ. ބޭނުންކުރާ މީހުންނަށް އެއިން މާ ބޮޑު ކަމެއް ނުވި ނަމަވެސް، ފޯނު އަގު ބޮޑުކުރުމަށް ފިންގާޕްރިންޓިން ސްކޭނިން ހުއްޖަތަށް ވި އެވެ.

މަސްރަހު މިހާރު ހުރި ގޮތުން ބެލެވެނީ ފިންގާޕްރިންޓް ސްކޭނިންގެ ޒަމާން ދާން އުޅޭހެންނެވެ. ފޭޝަލް ރިކްނީޝަން ޓެކްނޮލޮޖީ އައިސް، އެއީ އިތުރު ސެންސަރަކަށް ބޭނުން ނުޖެހި، ފޯނުގެ މޫނުމަތީގައިން އިންނަ ކެމެރާއިން ކުރާ މަސައްކަތަކަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު ދަނީ ގަދަވަމުންނެވެ. އެހެން ނަމަވެސް މި ވަގުތަށް އަދި އޮތީ އެޕަލް އަދި ސެމްސަންގުން ހަދާ ގޮތެެއް ބަލަން ތިބުމެވެ.

5 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 31%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިންގަރ

14 March 2017

ފިނަގަރ ޕްރިންޓް އިނުމުން ވވވވ ފަސޭހަ

The name is already taken The name is available. Register?

އެޕަލް

14 March 2017

ފިންގަޕޮރިންޓު އިނީމަ އަސްލު ވަރައް ފަސޭހަ ފޯން ހުޅުވާލަން ހަމައެކަނި ހޯމްބަޓަނައް ފިތާލީމަ ނިމުނީ. ފިންގަޕްރިންޓް އިނުމަކުން ގޯހެއްނެއް..

The name is already taken The name is available. Register?

ޒީރޯ

14 March 2017

އަހަރެން މިއީ ފިންގާޕރިންޓް ބޭނުން ކުރާމީހެކެވެ. އަހަންނަށް އެ ބޭނުންކުރުން އެއްވެސްވަރެއްގެ އުނދަގުލަކަށް ނުވެއެވެ.

The name is already taken The name is available. Register?

ޑޯންޓްބީފޫލްޑް

14 March 2017

ފޯނެއްގެ ލޯބީގައިޖެހި ތިމާމީހާގެ ބައޮމެޓްރިކް ހުރިހާ މަޢުލޫމާތެއް ފޯނުބޮޑުން ނުވަތަ އެފަދަ އެހެން އޭޖެންސީތަކުން ރައްކާކުރާސަބަބަށް ސަމާލުވޭ

The name is already taken The name is available. Register?

މޫސާބޭ

14 March 2017

ސްމާރޓް ފޯނު އަގުހެޔޮވާނެ ހުއްޖަތެއް އެޕްލްއަށް ނުވަތަ ސެމްސުންގަށް ނުދެއްކޭނެތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454