ަީއީރާންގެ ތެޔޮ ޓޭންކަރެއް: އީރާންގެ ތެލުގެ ވިޔަފާރި ބަލިކަށި ކޮށްލަން އެމެރިކާއިން މަސައްކަތް ކުރާއިރު ނިއުކްލިއާ މަޝްރޫއު ހުއްޓުވަން ދަނީ ބިރު ދައްކަމުން.
11 މާޗް 2025 - 09:25
އީރާނަށް އެމެރިކާއިން ބިރު ދައްކާ ނަމަ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާނެ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން އދ. އަށް ކަނޑައަޅާފައި މިޝަނުން އާދީއްތަ ދުވަހު ބުނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަސްކަރީ ބޭނުންތަކަށް ކުރިއަށް ގެންދިއުމާ މެދު އެމެރިކާގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން މަޝްވަރާތަކަށް އީރާން ތައްޔާރު ކަމަށެވެ. އެކަމަކު އެ މަޝްރޫއު އެއްކޮށް ހުއްޓާލަން ވާހަކަ ނުދެއްކޭނެ ކަމަށް އޭރު ވެސް ބުންޏެވެ.
އެކަމަކު މަޝްވަރާއަށް އެއްބަސްނުވާ ނަމަ ހަމަލާދޭން ޖެހިދާނެ ކަމަށާއި އެގޮތް ވަރަށް ނުރައްކާވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.
"ޕްރެޝަރާއި ބިރު ދައްކައިގެން މަޝްވަރާއެއް ނުކުރާނަން. ކޮންމެ މައުޟޫއަކަށް ވިޔަސް އެ ހާލަތުގައި މަޝްވަރާއާ މެދު ނުވެސް ވިސްނާނަން،" އެކްސްގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހު އަލުން ވެރިކަމަށް ވަޑައިގަތް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް "އެންމެ ބޮޑު ޕްރެޝަރު" ކުރިމަތިކޮށް އީރާނުގެ ތެލުގެ ސިނާއަތް ފުނޑުފުނޑުކޮށްލުމުގެ ގޮތުން ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.
އީރާންގެ ތެލާއި ހަކަތަ ބޭނުންކުރާ އެންމެންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އިރާގަށް އޮތީ ލުއި ދީ، އީރާނުން ކަރަންޓު ގަތުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު މިފަހަރު ވަނީ އެ ހުއްދަ ވެސް ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުނިޔެ ބަރުބާދުވުން
11 March 2025
ހަދާންވަނީ ރަސޫލުﷲގެފާނު ހަދީޠްމަތިން މެދުއިރުމަތީގައި ބޮޑު ލޭއޮހޮރުވުމެއް ފެށޭނެކަން. އިލްމުވެރިންނާއި މުރާސިލުން އެއީ ކޮންގޮތަކަށް ހިނގައިފާނެކަމެއްކަން ދިރާސާކުރަމުންދޭ އާހިރު ގައި ރަސޫލުﷲގެ ފާނު ހަދީތް ދިމާވާވެދާނީ މިހެންކަމަށްބެލެވޭ. އެއީ އިރާންގެ ހަނގުރާމަކަމަށް ..އީރާންގެ ހަނގުރާމައަކީ މުޅިމެދުއިރުމަތި ލޭގެކޯރަކަށްވުން. މިފަދަ ބިރުވެރި ކަމެއް ދުނިޔެއާއި ކުރިމަތިވާނެ
ޔަކްސޫމް
11 March 2025
ޓްރަމްޕު ހުރުމުން ނެތެންޔާހޫއަށް ކޮންފިޑެންސް އޮވޭ. ތި މަޝްވަރާކޮޅެއްގައި ނުޖެހޭނެކަން ޔަގީން ދެންއޮންނާނީ އީރާން ގެމައްޗައް އިސްރާއީލުން ދޭހަމަލާ .އެއާއެކު އަހަރުމެން ނުދެކޭ ފަދަބިރުވެރިކަމެއް ދުނިޔެއާއިކުރިމަތިވާނެ. އީރާނުގެ ހަނގުރާމަ އަކީ ދުލުންކިޔާލަދޭން އެނގޭވަރަށްވުރެ އެންމެންނަށް އޭގެ އަންދާންކިހާވަރަކަށް ލައިގަންނަން ޖެހިދާނެވަރުކަމެއްކަން ދުނިޔޭގެ ގިނަބަޔަކަށް އެނގިފައެއްނެތް
ކިއްލި
11 March 2025
މާ އަނގަގަދަވީމާ އެއަށޤ ބަލާނޭ މީހަކު ނުވާނެ. ދަތްއަޅާނޭ ކުއްތާ ވައްވައް ޖަހާކަށް ނޯންނާނެ. އީރާންދެކެ ބިރުނުގަންނަ ނަމަ މިހާރު އީރާނަށް ހަމަލާދީފީސް. އޭއްޗެކޭ މީއްޗެކޭ ކިޔައިގެންވެސް ތިޔައުޅެނީ ބަހަނާއެއް މެދުވެރިކުރަން. އިރާގުގެ ރައީސް މަރާލާ އެތަން ސުންނާފަތިކޮށްލީވެސް ބަހަނާއެއް މެދުވެރިކުރުމަށްފަހު. އެކަމު އެވެސް ދޮގާ މަކަރުން ފުރިފާވާ ވާހަކަތަކެއް.