މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައި. އެ މީހުންނާ ގުޅުން ހުރި ތަންތަން ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނި.
ސިފައިންނާއި ފުލުހުން މިހާރު ހިންގާ އޮޕަރޭޝަންގައި ގ. ޕްރެސައިޑުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ.---ފޮޓޯ: މިހާރު
10 މާޗް 2025 - 23:13
އޮޕަރޭޝަން އެއްކޮށް ނިންމާލި ކަމެއް ސިފައިންނާއި ފުލުހުން އަދި ނުބުނޭ. އެކަމަކު، މިހާރު ސަލާމަތީ ހިދުމަތްތަކުގެ މީހުން ވަނީ ގެތައް ފާސްކުރުމުގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލާފައި.
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަން ސިފައިންނާއި ފުލުހުން އަދިވެސް އެބަ ކުރިއަށް ގެންދޭ. ދެންމެ ވެސް މީހަކު ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނިފައިވޭ. އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ ގ. ޝަބްނަމީ ގޯޅީގައި ހުންނަ ޕްރެސައިޑު ކިޔާ ގެއަކުން.
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ދެ ފުލުހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި އޮޕަރޭޝަންގައި ގަރާޖެއް ވެސް ފުލުހުން ގެންދަނީ ފާސްކޮށް، ބައެއް މީހުންނާ ސުވާލު ކުރަމުން.
މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ، ބައެއް ގެތައް އަންނަނީ ފާސްކުރަމުން.
ފުލުހުން ބުނިގޮތުގައި، ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަން ކުރިއަށްދާ ވަރަކުން، އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރާނެ.
ފުލުހުން ދެންމެ ބުނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ދިވެހި ސިފައިންނާ ގުޅިގެން މިހާރު ހިންގާ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް. އަދި އެ މީހުންނާ ގުޅުން ހުރި ތަންތަން ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނި.
ހުޅުމާލޭގެ ވިނަރެސްގެ އެޕާޓްމަންޓެއް ވެސް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށް އެނގިފައިވޭ.
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހުންގެ މީހަކު ފުލުހުންގެ ވެހިކަލެއް ކައިރީގައި މަޑުކޮށްލައިގެން---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި އޮޕަރޭޝަންގައި ފުލުހުން ވަނީ ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި ދިޔަ މީހަކު ހުއްޓުވުމަށް ފަހު، އޭނާ ދިރިއުޅޭ ގެ ވެސް ފާސްކޮށްފައި. އެނގިފައިވާ ގޮތުން އެ މީހާ ވެސް ވަނީ މިހާރު ހައްޔަރުކޮށްފައި.
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަންގައި ފުލުހުންގެ މީހަކު ގެއަކަށް ވަންނަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސިފައިންނާއި ފުލުހުން މިހާރު މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ބައެއް ގެތައް ފާސްކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފައި. މިރޭ 11 ޖަހަން އުޅެނިކޮށް ފެށި މި އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން އަދިވެސް އަންނަނީ ބައެއް ތަންތަން ފާސްކުރަމުން.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ބުނެ ނެރުނު ބަޔާން ކެންސަލްކޮށްފި އެވެ.
ފުލުހުން ބުނީ ލިބުނު މައުލޫމާތާ ގުޅޭ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ކުރިން ނެރުނު ބަޔާން މި ވަގުތަށް ނަގާފައިވާ ކަމަށެވެ.
"އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ވަނީ ނަގާފައި. ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަށަވަރުކޮށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާކުރާނަމެވެ." ބަޔާން ކެންސަލްކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައިވެ އެވެ.
މި ބަޔާން ސޯޝަލް މީޑިއާއިން ނެގިޔަސް މާލެތެރޭގައި އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ. އެނގިފައިވާ ގޮތުގައި މީގެ ދެތިން ދުވަސް ކުރިން ފެށި މި އޮޕަރޭޝަންގައި މިހާރުވެސް ދަނީ ބައެއް ތަންތަން ފާސްކުރަމުންނެވެ. މިއީ ފުލުހުން ކައުންޓަ ޓެރަރިޒަމުން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް އެނގިފައިވެ އެވެ.
ފުުލުުހުން ކުރިން ބުނީ މިއީ ސިފައިންނާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. "ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ކުރިން ނެރުނު ބަޔާނުގައިވެ އެވެ. މި އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ނުދީ ބުނެފައިވަނީ "މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިލަމު
11 March 2025
ސާބަހޭ ރައީސް
ޖައިލަމު
11 March 2025
ގައުމީ ސަލާމަތްކަން އެންމެ ފުރަތަމައަށް. ސާބަހޭ ރައީސް ޑރ މުއިޒް
ޒުވާންބެ
11 March 2025
ރޯދަ ކުރުކުރަނީ ، ކުރާނެކަމެއް ނެތީމަ
ޏާއްކޮ
11 March 2025
ކާކުތަ ރޭގަނޑު ރޯދައަށް ހުންނަނީ ލމއ
ރޯނު އެދުރޯ
11 March 2025
ކީކޭ ދެން bunan ވީ. ޙަހަހހަހަ
އަލަމާ
11 March 2025
ކަސްޓަމްސް މީހުން ނަކީ ގައުމަށް ވަންނަ ތަކެތި ބަލަން ތިބޭ މީހުން. މިމީހުންނަށް kiriyaa ބަތާ ގަރުދިޔަ ކާލެވޭ ވަރު ގެ މުސާރަ ދިނީމަ ކިހިނެތް ވާނީ؟
raajje
11 March 2025
އެއްވެސް ގައުމެއްގެ ސިފައިންނާ ފުލުހުންނަކަށް އަހަރެން އިތުބާރެއްނުކުރަން، ގައުމީސަލާމަތަކީ ކޮންމެކަމެއްކުރަންވީމާ މިރާއްޖޭގައި ދަށްކާއުޒުރެއް، ރޭގެހަތަރުދަމު ތިޔަކުޅުނީ ބޮޑު ޑުރަމާއެއްކަމަށް އަޅުގަނޑަށްލަފާކުރެވެނީ، ވެގެންއުޅޭގޮތެއްނުބުނޭ، ގައުމީސަލާމަތަށް ނުރަށްކާވާނީ މިސާލަކަށް ބޮމެއްއޮތީ، އެޓޭކެށްރާވަނީ، މިފަދަކަމެއްނަމަވެސްހާމަކޮށް ރައްޔިތުންނަށްރައްކާތެރިވުމަށް އެލާޓުކުރުވާނެދޯ ކަމެއްނުބުނެ ފާޑެއްގެމާސްކެއްބޮލަށް ފައްތައިގެން މުޅިމާލެތެރޭގަ
ލިމްއާ
11 March 2025
ކޮން ކަހަލަ ޑްރާމާ އެއްތަ މިކުޅެންފެށީ މިހާރު؟
ހަސަނު
11 March 2025
ޓެރެރިޒަމް ކަންކަން ކުރާން އުޅޭކަމުގެ ހެކި ލިބިގެން މި ގޮތަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އޮޕަރޭޝަން ހިންގާ.. ދެރަ ކަމަކީ އެގޮތަށް އަތުވި އެންމެން މިހާރު ވަނީ މިނިވަން ވެފަ.. އަލުން އެޒާތު ކަންކަން ކުރެވޭ ގޮތަށް.. އެއީ ދެރަ ކަމަކީ.. މުޖުތަމައުން އަބަދަށް އެކަހެރި ކުރާންޖެހޭ ބަޔަކު އަބަދަށް އެކަހެރި ކުރާން ޖެހޭ.. ހިފާފަ ދޫކޮށްލާފަ ހިފާފަ ދޫކޮށްލާނަމަ އެއީ ޓޮމްއެންޖެރީ ކުޅުން ކަމަށް ވާނީ..
މޯލްޑިވިޔަން ޕެޓްރޮއިޓް
11 March 2025
މިކަން އިގުން ކަން މިއީ ވަރަށް ބޮޑު ނަސީބެކޭ ބުނެވިދާނޭ. ވަރަށް ނުރައްކާކަމަކުން މިގައުމި މިސަލާމަތްވީ، އެގޮވިނަމަ މިގައުމުގެ ޓޫރިޒަމް ދިޔައީ . ގައުމުވާނީ ބަނގުރޫޓް. މި ޑޮޓް ބައިގަޑާއި ބައިއިތު ހިފި ނަސީދަށް ވީގޮތް ފެނުނުދޯ. މިހާރުގެ ސަރުކާރުން މިބައިގަޑާއި ދުރުވާން އެބަޖެހޭ ..ލަފޭ އެމީހުންނަށް ކިޔަސް.
ނަރުގިސް
11 March 2025
ކޮންއިރަކު ނަޝީދު ތިބުނާ ބައިއަތެއްހިފީ؟ ތީދޮގެއް. އެމީހުންނަކީ އޭނާގެ ވެރިކަން ވައްޓާލުމުގައި ބައިވެެރިވިބައެއް. ނާޝީދޭ ބުންޏަސް މިމީހުންނަށް ނިދިނާންނާނެ. ގެރިޔަކަށް ރަތްފޮތިގަޑެއް ފެނުމެކޭ އެއްވަރު.
ސަލާމު އިދުރީސް
11 March 2025
މިތާ ބަގާވާތެއް ހިންގައި ދިއަފަހުން އެއްކޮއް ުސަލާމަތީ ބާރުތަކުގެ އިތުބާރު ގެއްލިފަ ވަނިކޮއް އެކަން ރަނގަޅުވަމުން ދަނިކޮއް މިސަރުކާރުން ވަނީ މިނިވަން މުއައްސަސާ ތަކީ ސަރުކާރުގެ ގޮޑި ކޮއްކޮއަކައް. ހަދާ އަބުރާ އިއާދަ ނުވާވަރައް އިތުބާރު ގެއްލަޥާލާފަ
އޮނަރަބްލް އަފީފު ދީދީ
11 March 2025
ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޙިލާފަށް ސުޕްރީމްކޯޓް 3 ފަނޑިޔާރަކު ސަސްޕެންޑް ކުރިކަމަށް މުއިއްޒު ސަރުކާރުގެމައްޗަށް ތުހުމަތުކުރަމުން ދަނިކޮށް އަނެއްކާ ޤައުމީސަލާމަތަށް ނުރައްކާވާފަދަކަމަކަށް ތުހުމަތުވެގެން ވެރިކަންކުރާރަށުގެ ބޮޑުސަރަޙައްދެއް ބަންދުކޮށް ގޭގެއަށް ވަދެ ފާސްކޮށް އަދި އެ ގެތަކުން ބައެއް މީހުން ހައްޔަރު ކުރުމުން ރާއްޖޭގެ އިޤްތިސޯދަށާއި، ރާއްޖޭގައި އިންވެސްޓް ކުރާން ތިބިމީހުން މީގެ ސަބަބުން ހަދާނެ ގޮތަކާއިމެދު ސަރުކާރުން ނުވިސްނަނީތޯ؟!