އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައި -- ފޮޓޯ: އެމްޑީޕީ
11 މާޗް 2025 - 19:11
އެމްޑީޕީން މިހާރު ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ކަމުގައި ހަރަކާތްތެރިވާ އިސް ދެ ބޭފުޅަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.
މިގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ މައްސަލާގައި ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.
މާދަމާ މެންދުރު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި ދެ ބޭފުޅުންނަށް ފޮނުވި ޗިޓުގައިވާ ގޮތުން، ފުލުހަށް ހާޒިރުކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުންނެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައި -- ފޮޓޯ: އެމްޑީޕީ
އެ ގާނޫނާ ހިލާފަށް މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާ ކުރުމުގެ ސަބަބުން އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ހުރަސް އެޅި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރާއީ އާއި މޫކޭ އަކީ މުޒާހަރާތަކުގައި ލައުޑްސްޕީކަރުން ވާހަކަ ދައްކަވައި، ބައިވެރިން ގޮވައިގެން އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ.
އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން މުޒާހަރާ ކުރީ އަލިކިލޭގެފާނު މަގުން ވަދެގެން، ރައީސްގެ ގެކޮޅު މުލިއާގެ ކައިރިއަށް ދިއުމަށެވެ. އެކަމަށް ހުރަސް އެޅި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާމެދު ހަމަނުޖެހުން ވެސް އެ ރޭ ހިނގައި، ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިޝަމްް
12 March 2025
ވަރައް ބަރާބަރު
ސީމު
12 March 2025
ބޮޑެތި ކޮރަފުޓުން މުޒާހަރާތައް ލީޑުމުކުރަނީ
ސަންޑޭ
12 March 2025
އެމް.ޑީ.ޕީ އިން ތިކުރާ މުޒާހަރާގައި އުޅެނީ ވިއްސަކަށް ކެނައިން. އެމް.ޑީ.ޕީގެ ތާއީދު މިހާރު އޮތްވަރު ދައްކަން މި މުޒާރާތައް މާލޭގެ ބޮޑެތި މަގުތަކުގައި ކުރަން ވީއެންމެ ބޮޑަކަށް ފުރުސަތު ދޭން ރައީސް މުއިއްޒުއަށް ދަންނަވަން.
ނޫން555
12 March 2025
ފުރަތަމަ ފަހަރު ވެރިކަން ދިނީމަ ނުވާނޭ ކިޔާފައިސްތިއުފާ ދިނީ. ދެވަނަ ފަހަރަށް ވެރިކަން ދިނީމަ ކޮވިޑު ތެރޭ ވައްކަންކޮށް، ގައުމުގެ އިގތިސާދު ފުނޑާލާ، ބޭރު ސިފައިން ދިވެހި ފަސްގަނޑުގަ ގާއިމުކޮށް، ގިރި ވީޑިއޯ ކުޅުނީ. ދިވެހިން ހަނދާން ނެތޭނެހެން ހިއެއް ނުވޭ!
ހައުލަތް އިސްމާއިލް
12 March 2025
މީ ދެން ކޮންބަޔެއް މަގުމައްޗަށް ނުކުންނަން. އިންޝާﷲ ދެން ވެރިކަމެއްވެސް ނުލިބޭނެ. ރައީސް މުއިއްޒް ދެވަނަ ދައުރެއް ކުރާނެ
ރިޒުހާން
12 March 2025
ގައުމު ހަލަބޮލި ކުރަން ފުރުސަތު ދީގެން ނުވާނެ
މަސްއޫދު ޝަރީފް
12 March 2025
އެމްޑީޕީ އަކީ އަބަދުވެސް ހަމަނުޖެހުން ހިންގާ ޕާޓީއެއް. ތާރީހު ހެކިވާނެ މިކަމަށް
އަމަތުﷲ
11 March 2025
ބަރާބަރު. ހަމަނުޖެހުން ހިންގަން ފުރުސަތު ދީގެން ނުވާނެ
ދައިިތަ
11 March 2025
ރޯދަމަހު މުޒާހަރާކުރަން އެންމެރަނގަޅުވާނީ ހެނދުނު 6 ން 9 އަށް.
އައުޓް
11 March 2025
އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް އެމްޑީޕީ އައުޓް