ހުޅުމާލެ ޕޮލިސް ސްޓޭޝަން: ރޭ ހުޅުމާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކުދިންތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 މާޗް 2025 - 10:13
އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއްގައި އެ ތަނުން ދެ ކުދިން ހައްޔަރުކޮށް، އިތުރު ހަތަރު ކުއްޖަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ބުނީ، ރޭ 10:00 ހާއިރު ހުޅުމާލެ 2 ގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އެއް ކުއްޖަކު ޒަހަމްވިއިރު، އެ ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތަޤްބަލް އޮތްގޮތް
12 March 2025
ބޮޑު ސޯބު އެނބުރޭގޮތަށް އެނބުރޭނީ. ވަށައިގެން ފެންނަ ނަމޫނާ ހަމަ ރަނގަޅީ
މިއައު
12 March 2025
މި ޓެރަރިޒަމް އަށް ނުވާގޮތް ބުނެދެއްވަބައްލަވާ
ހަމްދާ
12 March 2025
ތީހަމަ ސިމްޕަލް ކަމެއް މިގައުމުގަ. ތީހަމަ ޖަމަލު ފޮޑި
ހިޔާ ސަހަރު
12 March 2025
ތިޔަ ހިޔާ ފްލެޓް ތަކުގަ ރައްރަށުން މާލެ ބަދަލުވެ ދިރިއުޅޭ ގިނަ އާއިލާ ތަކެއްގަ އެބަތިބި ކުޑަކުދިންގެ އުމުރަށް ފެތޭ، އެހެންނަމަވެސް، ސްކޫލަށް ނުގޮސް، ބޯ ދިގުކޮށް، ކަރުގަ ފަށް އަޅާފަ، ކަންފަތު މުދިލާފަ، ގްރޫޕް ހަދައިގެން ހުޅުމާލެ ފޭސް-2 ސަރަހައްދުގަ ދުއްޕާނަކަށް ވެގެން އުޅޭ އެހެން ކުދިންނަށް ބިރުވެރިކަން ކުރިމަތި ކުރުވާ ކުދިންތަކެށް. އެކުދިންގެ ބެލެނިވެރިންނަކަށް އެކުދިން ކޮންޓްރޯލް އެއް ނުކުރެވޭ. އުޅެނީ ރަށުގަ އުޅުނު ސްޓައިލްގަ، ރަށުތެރޭގަ.
ޞސބސ
12 March 2025
ހަމަ މާލެއަށް ނިސްބައްވާ ކުދިންވެސް އުޅޭނެ ދުއްޕާނަކަށް ވެގެން. ކޮންމެހެން ރަށަކުން އައުމެއް ނޫން މައްސަލައަކީ
ރަންނަ
12 March 2025
މާދަން ވާނެ ދޫކޮށްލަން ދެއްތޯ؟