އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް މިދިޔަ މަހު ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށްފައި.
13 މާޗް 2025 - 13:00
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެއް މެގަވޮޓުގެ ޖަނަރޭޓަރެއް ރޭ ގެންގޮސްފި އެވެ.
ފެނަކައިން ބުނީ އެއް މެގަވޮޓުގެ މުޅިން އާ ޖެނަރޭޓަރެއް ރޭ އައްޑު އަށް ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައްޑު އަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ފޮނުވުމަށްޓަކައި މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. ފެނަކައިން ބުނި ގޮތުގައި އެ ޖެނަރޭޓަރު ވެސް އައްޑު އަށް ފޮނުވުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ.
މިހާރު އައްޑޫގައި މަރާމާތުކުރަމުން ދަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރަކާއި 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށް ފެނަކައިން ބުންޏެެވެ.
ފެނަކައިން ކުރިން ބުނެފައި ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މި މަހުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
- ފަސް އިންޖީނުގެ މޭޖާ ސާވިސްތައް.
- ތިން އިންޖީނެއްގެ އޯވަހޯލް މަސައްކަތް.
- 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތްތައް.
- އަށް އިންޖީނަކަށް ބޭނުންވާ ސްޕެއާ ހޯދި.
- އެ މަސައްކަތްތައް ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޓެކްނިކަލް ޓީމުން އެވްރެޖްކޮށް ކޮންމެ ދުވަހެއްގެ 18 ގަޑިއިރު މަސައްކަތްކޮށްފައިވޭ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވެ، މިދިޔަ އަހަރުން ފެށިގެން ވެސް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ އެވެ.
މި ރޯދަމަހުގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެފައި އޮތަސް ރޯދަމަހުގެ ތެރޭގައި ވެސް ކަރަންޓު ކެނޑޭތީ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 March 2025
ސެންޓްރަލް ޕަވަރހައުސްގެ ގުޅިފައިވާ ނެޓްވޯކުން ކަރަންޓްގެ ހިދުމަތްދޭ GAN international Airport ، Addu Equatorial Hospital ، National College of Policing and Law Enforcement ، އައްޑޫސީޕޯޓާއި، އިންޑިޔާގެ އެފްކޮންސް ޤުރޫޕުން ހެދި އައްޑޫ މަގުތަކުގައި ބަހައްޓާފައިވާ ވޯޓަރ ސްޓޯމް ޕަންޕް ހިންގުމަށާއި، ކައުންސިލް އިދާރާ، ސުކޫލްތަކާއި މިސްކިތް، ޕޮލިހާއި ސިފައިން އަދި މަގުބައްތި ދިއްލުމަށް އެކަނިވެސް ހައެއް ނުވަތަ 8 މެގަވޮޓް ކަރަންޓް އައްޑުއަށް ބޭނުންވޭ.
އޮނަރަބްލް އަފީފު ދީދީ
14 March 2025
މަތީގައިދެންނެވި ސަރުކާރުގެ އިންސްޓިއުޝަންތަކަށާއި، އައްޑޫ މަގުބައްތިދިއްލުމާއި ފެންބޮޑުވާޙާލަތުގައި އޯޓަމެޓިކުން އޮޕަރޭޓްވާގޮތަށް ބަހައްޓާފައިހުރި ޕަމްޕް ޖެއްސުންފަދަ ކަންކަމަށް އެކަނި ޕީކް ގަޑިތަކުގައި 10 ވަރަކަށް މެގަވޮޓް ކަރަންޓް ބޭނުންވާއިރު އެއަރޕޯޓްގައިހިންގާ ކ.މާލޭ ބައެއްގެ ރިސޯޓަށާއި އައްޑޫގެ ވިޔަފާރިތަކުގެ އިތުރުން މިސިޓީގެ ގޭބިސީތަކާއިއެކު ޕީކްގަޑީގައި ޖުމްލަ 35 ނުވަތަ 40 މެގަވޮޓް ކަރަންޓް މިހާރުން މިހާރަށްވެސް އައްޑޫސިޓީއަށް ބޭނުންވޭ.
އޮނަރަބްލް އަފީފު ދީދީ
14 March 2025
ޕީކް ގަނޑިތަކުގައި މަފުވެގެން 35 މެގަވޮޓް ކަރަންޓް ނުއުފެއްދޭނަމަ މިހާރު ހަދާގޮތަށް ހޮސްޕިޓަލްގެ ބައެއް އޭސީތަކާއި، ޕޯޓްގެ ބައްތި ތަކާއި، ޕޮލިސް އެކަޑަމީ އެއްކޮށް ނިއްވާލާ އަދި އައްޑޫ އެއަރޕޯޓް ވެސް ކަނުއަނދިރީގައި ބާއްވާ ލިންކް ރޯޓް ފަދަ މަގުތަކާއި އެކު މިސިޓީގެ ހުރިހާ މަގުތައްވެސް ނިއްވައިގެން މެނުވީ އައްޑުއަށް ކަރަންޓް ދެވޭނެ އެއްވެސް ގޮތެއްނެތް. އަދި މިވަރުންވެސް ކަރަންޓް ދެވޭނީ އަބަދު ކޮންމެވެސް އެއް ސަރަޙައްދަކުން ކަރަންޓް ކަޑާލައިގެން.
އޮނަރަބްލް އަފީފު ދީދީ
14 March 2025
އައްޑޫސިޓީއަށް ބޭނުންވާ 40 Megawatt ކަރަންޓް އުފެއްދުމަށްޓަކާ FENAKA ކުންފުނިން ހިންގާ އައްޑޫ ސެންޓްރަލް ޕަވަރ ހައުސްގައި އެކިވައްތަރު އެކިފާޑު ފާޑުގެ ބުރޭންޑެއް އުފެއްދި ތާރީޙެއް ހާމަނުކުރާ 24 ގަނޑެތި މިހާރުވެސް ހުރިކަމަށް ފެނަކައިން ބުނޭ. މީގެ ތެރެއިން 4 ޖެންސެޓް މުޅިން ހަލާކުވެފައިވާއިރު 2 ޖެނަރޭޓަރ ޕާޓްސް ނެތުމުގެސަބަބުން ވަނީ ހިންގޭގޮތް ނުވެފައި. މިހާރު ހިންގަމުންދަނީ "ރައީސްގެ ހެޔޮފުޅުކަމުން ރޯދައަށް ފޮނުވި 2 ޖެނަރޭޓަރާއިއެކު 18 ޖެނަރޭޓަރ.
އޮނަރަބްލް އަފީފު ދީދީ
14 March 2025
ޤަބޫލު ކުރާންޖެހޭ ޙަޤީގަތަކީ 6 މެގަވޮޓްގެ 8 ޖެން ސެޓް ބަހައްޓައިގެން ގަނޑި ހަމަވުމުން ކުރާންޖެހޭ ސާވިސް އަދި އޯވަހޯލް ކުރުންފަދަ ކަންކަން ކުރުމާއިއެކު ކަރަންޓް ކަޑާނުލާ އައްޑޫ ރައްޔިތުނަށް ކަރަންޓް ދެވޭނެ. އަދި މިހާރު ހުރި 24 ޖެންސެޓް ހިންގުމަށާއި، އޯވަރހޯލް ކުރުމާއި ހޯދާންޖެހޭ ޕާޓްސް ހޯދުން ފަދަ އަދި ނިސްބަތުން ތެލައް ކުރާ ޙަރަދުވެސް 24 ގަނޑެތި ހިންގުމަށް ވުރެން މިދެންނެވިގޮތަށް 6 މެގަވޮޓްގެ 8 ޖެނަރޭޓަރ ހިންގުން ކުންފުންޏަށްވެސް ފައިދާ ބޮޑުވާނެ.
އޮނަރަބްލް އަފީފު ދީދީ
14 March 2025
ސަރުކާރުން "ނަމަކަށް" އައްޑޫގެ ކަރަންޓްގެ ކަންކަން ނުކޮށް ފެނަކަ ކުންފުންޏަށް މިކަން ނުކުރެވޭނަމަ ކ.މާލެއަށްވެސް ކަރަންޓްގެ ހިދުމަތްދޭ ދައުލަތުގެ ކަރަންޓް ކުންފުނި State Electric Company އާއި ޙަވާލު ކޮށްގެން ވިޔަސް އައްޑޫސިޓީގެ ރައްޔިތުންނަށް އެތައްގެއްލުން ވަމުންދާ ކަރަންޓްގެކަންކަން ހަމަޖައްސާދޭން މަސައްކަތް ކުރުމަކީ އައްޑޫ ރައްޔިތުން ވަރަށްބޮޑަށް އެދޭކަމެއް. މިގޮތަށް ކަރަންޓްކަޑާތީ އައްޑޫމީހުންގެ މުދާހަލާކުވެ އިޢާދަނުކުރެވޭ ގެއްލުން ވަމުންދޭ.
ހަމްދާ
14 March 2025
ކިތަންމެ ވަރަކަށް އިންޖީނު ގެނަޔަސް އަލްތާފް ތިޔަތާހުރެގެން ތިކަމެއް ހައްލެެއްނުވާނެ
ހެހެހެހެހެހެހެ
14 March 2025
ހައްގު މިންވަރު ދެއްތޮ ؟؟؟
ނުއުމާން
14 March 2025
މި ސަރުކާރުން އައްޑޫއާ މެދު ތިބަހައްޓަވާ ގާތްކަމަށްޓަކައި ފަށްފަށުން ޝުކުރުވެރިވަން. ކަރަންޓު މައްސަލަ ދިމާވީމަ އަތް އުރާއިގެން ތިބީކީނޫން.. ވަގުތުން އެކްޝަން ނަގައި އިންޖީނުގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދަމުންދާން ފާހަގަ ކުރެވޭ.. އެންމެ ޓޮޕް ލެވެލްއިން މިކަމުގަ މަސައްކަތް ކުރާތީ ވަރަށް އުފާކުރަން
ހަމްޒާ މުހައްމަދު
14 March 2025
އެމްޑީޕީން ރާވާއިގެން މުޒާހަރާ ޖައްސަން ދެތިން ކެނާއިން ފޮނުވިޔަސް އެކަމަށް އައްޑޫ ރައްޔިތުންގެ މާކަ ބޮޑު ސަމާލުކަމެއް ނާދޭ. އައްޑޫ ރައްޔިތުން ބަލައިގަނޭ ސަރުކާރާ ފެނައިން މި ކުރާ މަސައްކަތް