ހެންވޭރު ފެރީ ޓާމިނަލް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
13 މާޗް 2025 - 14:40
އަތޮޅުތަކުން މާލެ އަށް އަންނަ ލޯންޗުތަކުން ހެންވޭރު ފެރީ ޓާމިނަލް ބޭނުން ކުރަން މިއަދު ފަށައިފި އެވެ.
ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ނުވަތަ މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ އެންމެންނަށް ހުޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.
އެ ނިންމެވުމާ އެއްގޮތަށް، ހެންވޭރު ފެރީ ޓާމިނަލުން ލޯންޗުތައް ރަށްރަށަށް ދަތުރުކުރަން ފެށީ މިއަދު އެވެ.
ޓާމިނަލް ކައިރީ ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ އެއީ ހުޅުލެ އަށާއި ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައް ކައިރި ކުރާ ތަނެއްގެ ގޮތުގައި އޮތް ނަމަވެސް އަތޮޅުތަކުގެ ލޯންޗުތަކުގެ ޝެޑިއުލް ލިބުމުން އެ ވަގުތުތަކަށް އެ ޓާމިނަލުން ފަސޭހައިން ހިދުމަތް ލިބޭނެ ކަމަށެވެ.
ޓާމިނަލް ބޭނުންކުރަން ބޭނުންވާ އުޅަނދުތައް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވައިލުމުން އދ. އަތޮޅުގެ ތިން ރަށަކުންނާއި ކ. އަތޮޅުންނާއި ބ. އަތޮޅުގެ ފަސް ރަށަކުން ވެސް ހުށަހެޅި އެވެ.
އެމްޓީސިސީން ބުނީ ހިދުމަތްދޭން ފެށުމުން ދުވާލަކު 15 ލޯންޗު ފެރީ އަށް އެ ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށެވެ.
އެއީ ގާތްގަނޑަކަށް 2،000 ފަސިންޖަރުންނެވެ. ހިދުމަތް ރާވާފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ ތިން ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހާއްސަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ދަތުރުވެރިންގެ ފަސޭހައަކަށްޓަކައި ޓާމިނަލްގެ ފާހާނާގެ ހިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލެ އަށް ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން ފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމުގެ ޝަކުވާތައް ވެސް ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާއްތަ
14 March 2025
ވަރަށް ރަގަޅު ނިއްމުމެއް. ސާބަސް.
އަލީބެ
13 March 2025
ހަގީގަތުގާ އެއްފަހަރާ 30 ލޯންޗަށް ހިދުމަރްދެވޭ. ޕަސެންޖަރުން މެނޭޖުކުރަން ފަސޭހަ 30 ގޭޓު ލާފަ. ޕްލަސް ރެސްޓޯރަންޓްސް ކެފޭ ފިހާރަ . ބުޓިކް ޝޮޕްސް ހުންނަ ދުނިޔޭ ފެންވަރު ޓާމިނަލެއް މާލެއަށް ބޭނުންވަނީ
ކޮބަ
13 March 2025
ކޮބާތޭ ނޫން އަތޮޅުގެ ލޯންޗުތައް؟ ހޯޕް އަ ލީޖަން ފެރީ
ބަރު ދާސްތު
13 March 2025
ވަރަަަށް ސިމްޕަލް ކަމެއް@ ބޮޑު ކަމަކަށް ހަދާއިގެން އިންޓަރވިއުދީ ނޫހުގައި ޖަހާ ވަރުގެ ކަމެއް ނޫން ތިޔައީ އެކީ
އެހެން ދޯ
13 March 2025
ދެން މިހާ ސިމްޕަލްކަމެއް ކީއްވެބާ މި ވޭތުވެދިޔަ އެވަރެއް ނެތް މޮޅެތި ވެރިންގެ ސިކުނޑިފުޅުތަކަށް އަރައިވަޑައި ނުގަތީ!؟
ޙަޟްލާ
13 March 2025
ކީއވެ ހޭ އަނެއކާވެސް މާލެއަށް ހުޅުމާލެ ވެސް ހަމަރަގޫވާނެ ދޯ