ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހަރަކާތްތައް ހިންގާނެ.
، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ވަނީ ހަމަޖައްސާފައި.
13 މާޗް 2025 - 17:36
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ވިޒިޓް މޯލްޑިވްސް" އިން އިނގިރޭސި ވިލާތުގެ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން އެކި ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ލިވަޕޫލާއި އެމްއެމްޕީއާރުސީގެ "ގުޅުން" ރަސްމީކޮށް އިއުލާން ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހު ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށާއި އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން "ވިޒިޓް މޯލްޑިވްސް" އަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބޭނެ އެވެ. މިއީ ކްލަބުގެ މަަޝްހޫރު ކަމުގެ ބޭނުން ހިފައި، އެ ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރުމަށް ބާރު އަޅާނެ ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެެވެ.
އެ އެއްބަސްވުމާ އެކު، މި އަހަރުގެ ތެރޭގައި އިތުރު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
Visit Maldives is thrilled to announce that we are the official tourist destination partner for Liverpool FC! 🌴⚽️
— Visit Maldives (@visitmaldives) March 13, 2025
Get ready to experience the perfect blend of tropical paradise and world-class football, creating unforgettable moments for fans around the globe! 🌊✨ pic.twitter.com/K76zmlwJpr
އެމްއެމްޕީއާރުސީން ބުނިގޮތުގައި، ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނާނެ އެވެ. ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލަން ހަމަޖެހިފައިވެ އެވެ.
އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެ އެވެ.
"މި ޕާޓްނާޝިޕް އިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން،" އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ބުނީ، އެ އޯޑިއަންސްގެ ތެރެއިން އެންމެ ދެ ޕަސެންޓް މީހުން ރާއްޖެއަށް ޒިޔާރާތް ކުރިޔަސް އަމާޒަށް ވާސިލް ވެވޭނެ ކަމަށެވެ.
- ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް.
- ފޭން ޒޯނުތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓުތަކާއި ބައިވެރިވާ ފެއާތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވޭ.
- އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކުރުމާއި ބުކިންތައް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނޭ.
- ޕްރިމިއަމް ބްރޭންޑިން ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރީޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށާއި އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެ ކަމަށް ބެލެވޭ.
އެލްއެފްސީގެ ބައިނަލްއަގްވާމީ ނުފޫޒުގެ ބޭނުން ހިފައި "ވިޒިޓް މޯލްޑިވްސް" ގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންނާ ގުޅުން ބަދަހިކޮށް، ރާއްޖެ އިހުތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަތީރު
14 March 2025
އަސްލު ސަރުކާރުން ކިހާވަރެއް ހޭދަކޮއްގެން މިކަން މިކުރީ؟ ހިލެއަކުން ނުވާނެ އެޔަގީން. އަދި ބޭރުގެ ފަރާއްތަކާ މިސަރުކާރު ގުޅުން ރަގަޅެއްނޫން މިކަން އަގުހެޔޮވާކައް.
ކައުންސެލަރު...
14 March 2025
މަރުޙަބާ ރައީސް މައުމޫން. ރައީސްގެ ކްލަބް
ލިވާމޯލްޑިވްސް
14 March 2025
އޭ ޝިއުރީ މެންޔޫ ފޭނެއްނު. ކިހިނެއްތި ހެދީ
ކަކުނިބޯ
14 March 2025
ޓުރިޒަމް ޕްރޮލޯޓްކުރުމުގައި ކިތަންމެހައިވެސް ރަގަޅޭ ދައުލަތުން ޓުރިޒަމުން ލިބޭއެއްޗަކުންތިވަރު ބޮޑުހަރަދުކުރާއިރު އެހެން ސިނާއަތްތަކަޑް ވެސް ތިފަދަ ގޮތަކަށް ހަރަދުކުރަންޖެހެއެވެ. ދެން ތިބިސެކްޓަރަ ތަކަކީ ދޮންދަރިންތޯއެވެ. ގެސްޓްހައުސްތަކުގައި ގްލޯބަލް ޕޮސްމެޝިން ބަހައްޓާގެން ރާއްޖެން ބޭރަށް ލިބޭހާފއިސާއެއް ޖަމާނުކުރާތީ ތޯއެވެ. ގޮލޯބަލް ޕޮސްމެޝިން ކަންތަށް ކަންމްތީފިހާރަކަށްވެސް އައިސިނޫންތޯއެވެ. ޙައްލުކުރާކަށް ނުވޭތޯއެވެ.
ޖައިޝަމުު
14 March 2025
ފުރިހަމަ
ސިއު...
13 March 2025
ވަޓްސް ދަ ކޮސްޓް؟
ހަސަން މަނިކު
13 March 2025
ހުސް ފޮޮނު. ޢެއްކަމެއްވެސް ނުވާނެ.
ހުސް އިލްމުވެރިން
13 March 2025
ދެން ބަލާ މިތާ ކޮމެންޓު ކުރަން ތިބޭ ހިތުން މާ މޮޅު މީހުން އަނގަ ނަގާ ތަން. ތިމާ އަށް ނޭނގެ އޭ ބުނުމުގެ ފެންވަރު ނުހުއްނަ މީހުން ހުސް. ހީވަނީ ދުނިޔޭގެ ހުރިހާ އިލްމެއް އިނގިގެން ތިބޭ ބަޔެއްހެން.
ރިނާޒް
13 March 2025
ހަމައެކަނި ޤައުމަށް ފައިސާ ލިބުމަކުން ރައްޔިތުންނަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ޤައުމުގައި ކޮރޮޕްޝަންގެ ޙާލަތު ރަނގަޅުވެ ރައްޔިތުންނަށް އިތުބާރު ކުރެވޭ ޖުޑިޝަރީއެއް އޮވެ ޤައުމުގައި ޢަދުލުއިންޞާފު ރަނގަޅަށް ހިނގަންޖެހެއެވެ.
މުރާސިލް
13 March 2025
ފެނިގެން މިދަނި އިޚްލާސްތެރިކަމާއިކު ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، އެދާއިރާއިން އިޤްތިސާދީ ނަފާ ދިވެހިޤައުމަށާއި ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް ކުރެވޭ އަގުހުރި މަސައްކަތްތަކެވެ. ދުޢާއަކީ މިކަމުގެ ހެޔޮ މަންފާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރުމެވެ. އަދި މި ޤައުމުގެ ތަނަވަސްކަމާއި އިޤްތިސާދީ ނަފާ އިތުރުވެ، ދިވެހިންނަކީ ފުދުންތެރި އަބުރުވެރި ރައްޔިތަކުކަމުގައި ލެއްވުމެވެ. ސަލާން ނުޖަހާ ކުރިއަށްދާ ޤައުމަކަށް ވުމެވެ.