ޚަބަރު / ވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ އައްޔަންކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަންކުރެއްވި ހިކުމާ އަހްމަދަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އެ އިދާރާގެ ކުރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. ހިކުމާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ހިކުމާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާކުރައްވައިފަ އެވެ. ރައީސްގެ ކުރިފުޅުމަތީގައި، ހިކުމާ އަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އަދި، މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ހިކުމާއަށް ހަވާލުކުރައްވައިފަ އެވެ.

ހިކުމާ މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވައިފަ އެވެ.

ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން ހާސިލްކުރައްވައިފަ އެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފފފފފ

17 March 2025

ހިންގުމުގެ ތަޖުރިބާވެސް ނެތް މީހުން ތަންތަނުގެ ސްޓެރެޓީޖިކް ލެވެލްއަށް ލަމުންދާތީ ހުރިހާ ކޮމިޝަނެއްގެ ހިންގުން މިހާރު ނެތި ހިނގައްޖެ.

The name is already taken The name is available. Register?

މޫސަން

18 March 2025

ތަޖުރިބާއަކީ ހަމަހުރެފަ ލިބޭ އެއްޗެއްނޫން. ޙިންގަންލީމަ ހިންގުމުގެ ތަޖުރިބާލިބޭނީ..ތަޖުރިބާ ލިބިފަތިބި މީހުންނަކީ ފުރަތަމަ ހަމަ އަލަށް އެމަގާމުއަދާކޮށްފަ ތިބި މީހުން.

The name is already taken The name is available. Register?

މާފީ

17 March 2025

ފިސާރި ކަބަލަށް މަރުހަބާ! ފަސްއެބުރި ބެލުމެއްނެތި ކުރިޔަށް! މާތްﷲ ހިކުމާއަށް ބާއްޖަވެރި ދުވަސްތަކެއް ދައްކަވާށި.

The name is already taken The name is available. Register?

ސިލްމާ ޒާހިރު

17 March 2025

މަޤާމުތަކަށް އައްޔަންކުރަައްވަންވާނީ އެލްބޯޑް ޖެހި މީހުންނެއް ނޫން! މި ޤައުމުގައި ބައިވަރު އެބަތިބި ކޮލިޓީ ލޯޔަރުން!

The name is already taken The name is available. Register?

ހިކުމަތް

16 March 2025

މި ލެވެލްގެ ބޭފުޅުން އައްޔަނުކުރީމާ މި ރާއްޖޭގެ އެންމެ ކަންބޮޑު ވާންޖެހޭ އެއް ބާވަތުގަ މައްސަލަކަމުގައިވާ ވަޒީފާއާ ގުޅޭ މައްސަލަތަކުގަ ފެންވަރު ރަނގަޅަ ނިންމުންތައް އަންނާނެ ކަމާމެދު އުއްމީދުކުރާނީ ކިހިނެއްތޯ؟

The name is already taken The name is available. Register?

1181

16 March 2025

މީ ކިހިނެތް ދިން މަގާމެއްތޯ؟؟؟ އިއުލާން ކުރިތަ؟؟ މި މަގާމަށްް އަންނަން ބޭނުން ބައިވަރު މީހުން ތިއްބައި އެޑްމިން އޮފިސަރެއްގެ މަގާމުން އެ ތަނުގެ މެންބަރެއްގެ މަގާމަށް!!!

The name is already taken The name is available. Register?

އިއްލި

16 March 2025

އެއީ ރައީސް ދެއްވާ މަގާމެއް. މިނިސްޓަރުކަމަށް އިއުލާންކުރޭތަ؟

The name is already taken The name is available. Register?

ޗހވުވހހި

16 March 2025

އެޑްމިނިސްޓްރޭޓިވް އޮފިސަރ އަކުން ގާނޫނީ މަގާމަކަށް؟ ގާނޫނު ކިޔެވިޔަސް ތަޖުރިބާއެއްނެތި ސީދާ މެންބަރުކަން؟؟؟ ސީރިއަސްލީ؟؟؟؟

The name is already taken The name is available. Register?

މައްކޫ

16 March 2025

އެވިޑް އެ ވައްޓާލީ ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީ ތަކުގެ އަގު ބޮޑު ސެޓްފިކެޓް ހޯދައިގެން ވަޒީފާ އެއްގެ އިންތިޒާރުގަ ތިބި އެތަކެއް ޒުވާނުން ފަހަތަށް ޖައްސަލާ، ދެން ޤައުމުގެ މިސްރާބު ހުރިގޮތް ވިސްނާލައްވާ!

The name is already taken The name is available. Register?

އިއްލި

16 March 2025

ދިސް އިސް މޯލްޑިވްސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454