ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު (މ)
17 މާޗް 2025 - 00:25
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ރޭ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ރޭ ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ.
އެގޮތަށް ރައީސް މުއިއްޒަށް ލަފާ ލިބިވަޑައިގަތުމުން ޝަހީދުގެ ނަން ފޮނުއްވާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށެވެ. މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޑޫ ފޭދު އަށް އުފަން ޝަހީދު އައްޔަން ކުރެއްވުމެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ. މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޑޫކޮއްޔާ
17 March 2025
ކޮންއިރަކު ފޭދޫ އަށް އުފަންވީ ؟؟
ޖުހާބެ
17 March 2025
މިއީ ކާކުގެ ކުލާސްމޭޓުންނެއް
ފެން އަރުވާ ވަޑާން
17 March 2025
އިންސާފު ލިބޭނޭ ކަމަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިން ލިބިފައި އޮތް އުންމީދުގެ އެންމެ ފަހު ހުޅުކޮޅުވެސް ނިވެމުން މިދަނީ...
ބބބވވވ
17 March 2025
މާކުރިންވެސް އެނގޭ ތިމީހާކަން ހޮވާނީ. ޖޭއެސްސީގެ ރައީސަކަށްހުރި ކޮރަޕްޓް ރިޒޤގެ ގާތްމީހެއްވީމަ ދިނީ. ސުއޫދުގެ އިލްމީ ގާބިލުކަމުގެ ކުޑްމިންވަރެއްވެސް ނުހުންނާނެ
އުފަލެއްނުވޭ
17 March 2025
އައްޑޫ ފޭދޫއެއްނޫން ހިތަދޫ . މައުލޫމާތުގެ ކުށެއް . ރަގަޅު ކޮށްލަައްވާ .
ޝަހީދު ސުޕްރީމް
17 March 2025
ސުޕްރީމް ކޯޓުގެ ޒަމާން ގޮއްސި. މުއިއްޒުއަށް ލަނޑުދޭނީ ވެސް މި ސޮރު ކަންނޭގެ.
އިހްސާސް
17 March 2025
މިސޮރަށްދޭން ދޯ ތިޔަ ލަސްކޮށްލީވެެސް.
މުލޭ
17 March 2025
އައްޑޫ މީދޫ އިން އައްޑޫ ފޭދޫއަށް. ގޯހެއް ނޫން.
ޖޯކް ޖުހާ ޖަސްޓިސް
17 March 2025
ކްރިމިނަލް ކޯޓަށް އައްޔަންކުރިގޮތަށް ފާރިސް މައުމޫން ހައްޔަރު އަމުރުނެރެދެއްވި. ހައިކޯޓަށް ގޮސް ޔާމީންގެ ވަކީލު ހުށަހެޅި ޚުލާސާ ބަޔާންގައި ސޮއިއަޅާލަދެއްވި. ސްޕްރީމް ކޯޓަށް ދާގޮތަށްގޮސް މިހާރުއެތަނުގައޮތް ދުސްތޫރީ މައްސަލަ އެއީ ނުބެލޭނެ ހުށަވެސްނޭޅޭނެ އެއްޗެއްކަމަށް ތާއީދުކުރާނެކަމަށް ނަންފޮނުވި ފަރާތުން ޔަޤީން ކުރާނެ. ޖުޑިޝަރީއާ އެޔަނުގެ ވަށައިގެންވާހާތަންތަނުގެ ހުރުމަތުގެ ބޮޑުކަމާއެވެ.
ދަލޭކަ ދައިތަ
17 March 2025
ހުރިހާ ބާރެއް އެކެއްގެ މުށުތެރޭ އޮންނާނެހެން ރަނގަޅަށް ބާރުކޮށް ބަނދެގެންވެސް ދެވަނަ ދައުރު ކަށަވަރުކުރެވޭތޯއާ ހިގަމުންދާ 5އަހަރު ނިމެންދެން ހިފަހައްޓާލެވޭތޯ ރުއްސަންޖެހޭމީހުންނަށް ބުއްފުޅިދީގެން އުޅެންޖެހެނީ އެހެން ހުރިހާކަމެއް ބަހައްޓާފަ. މިނޫން ދުވަހެއް އަންނާނެބާ؟ "އެޅިހާބަތަކަށް ރިހަ" ވެގެން ހުރިހާ ސަރުކާރެއްގައިވެސް ބަނޑުފުރާ ކައިގެން ދުނިޔެ ހޯދަން އުޅޭމީހުންވެސް ތިބޭނެތާ.