ފަލާހު: ހާމަވެގެންދިޔައީ މިއީ ރައީސް އަންގާހާ ގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫންކަމަށް ވިދާޅުވި
17 މާޗް 2025 - 12:06
ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުން އަންގާހާ ގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫން ކަން މިއަދު ހާމަވެއްޖެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އަވަސް އަރުވާލައިގެން މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސް މުއިއްޒު ވަނީ ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލައިފަ އެވެ. އެ ބިލް އަނބުރާ ފޮނުވާލީ، އޭގެ ބައެއް މާއްދާތައް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައީސަށް ލަފާ އަރުވާފައިވާތީ އެވެ.
އަނބުރާ ފޮނުވާލި ބިލާ މެދު އަމަލުކުރާނެ ގޮތަކާ މެދު ބަހުސް ކުރުމަށް މިއަދު މަޖިލީހުގައި ހުޅުވާލުމުން ފަލާހު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮތަސް، މި މަޖިލީހަކީ ރައީސް އަންގަވާ ކޮންމެ ކަމެއް ފާސްކުރާނެ މަޖިލީހެއް ނޫން ކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން މި ދައްކާ ވާހަކަތަކަށް ވެސް މި ބިލްގެ ސަބަބުން ސާފު ޖަވާބެއް ލިބިއްޖެ. ޕީއެންސީގެ ކިތަންމެ ބޮޑު މެޖޯރިޓީއެއް އޮތަސް އަޅުގަނޑުމެން ފާސްކުރާ ކޮންމެ ފާސްކުރުމެއް ރައީސުލްޖުމްހޫރިއްޔާ ގަބޫލެއް ނުކުރައްވާ ކަން ހާމަވަގެން ގޮސްފި،" ފަލާހު ވިދާޅުވި އެވެ.
"މި މަޖިލީހަކީ ސަރުކާރުން އަންގާހާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާ މަޖިލީހެއް ނޫން ކަން ވެސް ރައްޔިތުންނަށް މިއަދު ހާމަވެގެންދާނެ."
ފަލާހު ވިދާޅުވިގޮތުގައި، ބިލްގައި އޮތް ގޮތުން ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ޖެހެ އެވެ. އެކަން ކުރަން ޖެހެނީ ފަސް ދުވަސް ތެރޭގައި ކަމަށް ވިޔަސް ބިލް ފާސްކުރި ފަހުން ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައި ސަސްޕެންޑް ކުރުމުން މި ވަގުތު ކޯޓުގައި ހަތް ފަނޑިޔާރުން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބިލް ތަސްދީގު ކުރިޔަސް، ބިލްގައިވާ ގޮތަށް ފަސް ދުވަހުގެ ތެރޭގައި ކޯޓުގެ ފަސް ފަނޑިޔާރުން ކަނޑައެޅޭނެ ގޮތެއް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ހުށަހެޅުއްވީ ބިލް އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވާށެވެ.
ނަމަވެސް، ބިލަށް ވޯޓު ނުދެއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ބިލް ތަޅުމުން ބޭރުކޮށްލަން ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނިކޮށް އެ ބިލަށް އިތުރަށް ބަހުސް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ބިލަށް ބަހުސް ކުރައްވަމުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވެސް ވިދާޅުވީ މަޖިލީހުން ފާސްކުރާ ބިލްތަކަށް އެކަށީގެންވާ ވަގުތު ދީ، ދިރާސާ ކުރުން މުހިންމު ކަމަށެވެ. ނަމަވެސް، މި ބިލް ފާސްކޮށްފައިވަނީ އަވަސް އަރުވާލައިގެން ކަމަށާއި މިފަދަ ބިލެއް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަކީ އޭނާ މަރުހަބާ ކިޔާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް އެ ޕާޓީގެ މެންބަރުން މަޖިލީހުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށާއި ކޮމިޓީއަށް އެތައް ވަކީލުންނެއް ސޮއިކޮށް ޕެޓިޝަނެއް ވެސް ހުށަހެޅި ކަމަށެވެ. އަދި މަޖިލީހުގެ ކައުންސެލާ ޖެނަރަލް ވެސް ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަން ފާހަގަކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެކަންކަމަށް ރިއާޔަތް ވެސް ނުކޮށް "ފަޓާސްބަރިއެއްހެން" ބިލް ފާސްކުރީ ރައީސް މުއިއްޒު އެކަން ކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައި އޮތުމުން ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި، އެއީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތެއް ހުއްޓުވަން ހިންގި ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވާތީ، ނިޒާމީ ނުކުތާއެއް ނަގައި ފަލާހު ވަނީ އެފަދައިން ރައީސް ފާހަގަ ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ބަންޑާރަ ނައިބު ދެއްވާފައިވާ ލަފާގައިވާ ގޮތުން އެ ބިލް އޮތް ގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީގައި އޮތް އުސޫލާ ފުށުއަރަ އެވެ.
ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލު ކޮށްފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
18 March 2025
ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ކޮންމެ ގޮތަކަށް މަސައްކަތްކުރާ މަޖިލީހެއް ކަމަށް ފެންނަނީ. ރައީސް ބޭނުންފުޅުވީތީ މިއަދު ބިލު ކޮމިޓީއަށްވެސް ތިޔަ ފޮނުވީ. މަޖިލިސް މިނިވަންނަމަ ގާނޫނުއަސާސީއާ ޚިލާފުކަމަށް ބަންޑާރަނައިބު ވިދާޅުވެފައި އޮތް ބިލެއް މަޖިލީހުން ބޭރުކޮށްލީސް.
އަފްރާސިޔާބު
18 March 2025
އެ ބިލު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ޑރ. މުހައްމަދު މުއިއްޒު ބަންޑާރަ ނާއިބަށް ލަފާއަރުވައިފި. އަދި މޖިލީހުގެ ކުޑަކޮމިޓީންވެސް އެއީ ގާނޫނު އަސާސީއާ ޚިލާފު ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފި.
ނަޢީމު
18 March 2025
އަނާރާގެ ވާހަކަ ޗާލޭ ދޯ
މުފީދް
18 March 2025
ނިމިދިޔަ ވެރިކަންތަކުގަ ރައީސް މީހާ ބޭނުންހާ ގޮތަކަށް ގާނޫން ހަދާ ފާސްކުރަމުން ގެންދިޔައީ. ނުބަލާ އޭގެ ވަނީ ފައިދާތޯ ގެއްލުމެއްތޯއެއްވެސް. މިއަދު ރައީސް މުއިއްޒު ބޭނުންނަމަ ސުޕްރީމް ކޯޓުގެ ހުރިހާ ފަޑިޔާރުންވެސް ބޭރުކޮށްލެވޭނެ. ނަމަވެސް އެމަނިކުފާނަކީ އެއަށްވުރެ މާ ހިކުމަތްތެރިކަމާ މަޝްވަރާގެ ރީތި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރައްވާ ބޭފުޅެއް
ޢާއިޝަތު ފަރީހާ
18 March 2025
ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާޑްރާމާ ޑްރާމާ ޑްރާމާ ޑްރާމާ
މިސްޓަރ ވާން
18 March 2025
މިސަރކާރަކުން ކުރީ ސަރުކާރެކޭ ނުކިޔާނެ.ހެހެ
މުނާޒް މުހައްމަދު
18 March 2025
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށްދޭނެ ކަމުގެ ވައުދާ އެއްކޮށް. ފެނިގެންމިދަނީ އެމަނިކުފާނުގެ ވައުދާ އެއްގޮތައް އަމަލު ކުރަމުންދާ މަންޒަރު. ރައްޔިތުން އެމަނިކުފާނަށް ފުރިހަމަޔަށް އިތުބާރު ކުރޭ
ހަމްދޫން އަލީ
18 March 2025
ކިތަންމެ ބޮޑު މެޖޯރިޓީއެއް ލިބިފަ އޮތަސް އޭގެ ނާޖައިސް ފައިދާ ނުނަގާނެ ކަމުގެ ހެކި މިފެނިގެންދިޔައީ.. މިހެންވެ އަހަރުމެންނަށް ރައީސް މުއިއްޒު ކަމުދަނީ
މުހައިމިންް
18 March 2025
އިދިކޮޅު މީހުންނަކަށް މިވާހަކައެއްވެސް ގަބޫލެއް ނުކުރެވޭނެ. ފަލާހުގެ މިވާހަކަ ގަބޫލު ކުރެވޭ.. މަޖިލީހުން ތަންކޮޅެއް ކުރިން ފާސްކުރި ބިލެއްވެސް ތަސްދީގު ނުކޮށް މުއިއްޒުވަނީ އަނބުރާ ފޮނުވާލާފަ. މަޖިލީހަށް ވަކި ނުފޫޒެއް ފޯރުވާތަނެއް ނުފެނޭ.. އެމަނިކުފާނު އިސްކުރައްވަނީ ރައްްޔިތުންގެ ހައްގު، ގައުމުގެ މަސްލަހަތު
ދޯދި
19 March 2025
ނުފޫޒު ނުފޯރުވަންތާ، މެންބަރުކަން ގެއްލޭގޮތަށް، މެންބަރުންގެ ފައިގައި ކަސްތަޅުއެޅުވީ؟
ނާޑުވާ
17 March 2025
ހާމަވީ ތިޔަ ބޭޅާގެ ބުއްދި ހަނަނުޖެހޭކަން. ރައީސް އެންގެވީ އަލުން ވިސްނުމަށް އެހެންވެ އަލުން ވިސްނަން ބާއްވާފަ އޮތީ. މިވަގުތު ފަނޑިޔާރުން މަދުކޮށްފިނަމަ ވަކިކުރަން ރާވާފަ އޮތް ފަނޑިޔާރުންގެ ބަދަލުގަ ޕީއެންސީ އެކްޓިވިސްޓުން ނުލެވޭނެތީ ޖޭއެސްސީން ވަކި ގޮތެއް ނިންމަންދެން ޕާރކްކޮށްފަ އޮތީ. ފަނޑިޔާރުން ވަކި ނުވެއްޖެނަމަ އަދަދު މަދު ކުރާނެ ވަކި ކުރެވިއްޖެ ނަމަ އަދަދު މަދު ނުކުރާގޮތަށް އޮތީ.
ކަތްދައްތަ
17 March 2025
ހާމަ ކޮށްދޭން އެކޮއިމެން ތިޔަކުޅޭ ކުޅިވަރުން ހާމަވަނީ އެހެން އެއްޗެއް. ބެރަކާ ހެލުވުމަކާއި ދިމާލެއް ނުވޭ. ރަގަޅު ގޮތަކީ އިސްކޫތު ވެގެން ތިބުން. ތިޔަ ތިއްބެވީ އަމިއްލައަށް ލަގަން ވިއްކާލާފަ އަސްމައްޗަށް އަރާ.
123321
17 March 2025
ބަލަ ހިންޏައް ހަކުރު އޮޅުވާލާނަމޭ ހިތާތަ ތިއުޅެނީ، ދިވެހިރަތްޔިތުންގެ ބޮލަކީ ސިކުޑިއެއްނެތް އުނބެއްކަމައްތަ ހީކުރަނީ، ކަލޭމެން ތިކުރާކަންތަކާ ދައްކާވާހަކަ ޔަކުން ދިވެހިރަތްޔިތުންނެއް ނޮއޮޅޭނެ މިހާރަކު، ތިއީ ސާބިތުކަމެއްނެތް ޖީބައްޓަކާ އުޅޭ ބޯވަތަކެއްކަން އަހަރެމެނައް އެނގޭ،
ސަސި
17 March 2025
މިވެރިން މި ކުރާ މޮޅެތި ކަންކަމާއި، ދައްކާ ވާހަކައިން ވެއްޓެނީ ރައީސްގެ އަގު. ހާދަ ދެރަ ވަޑާމެކޭ