ކްރިމިނަލް ކޯޓް: ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު ބަންގުލަދޭޝްގެ ދެ މީހަކު ވަނީ ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 މާޗް 2025 - 11:50
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުވާ ބަންގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ދީފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގެ ދެ މީހަކު ކަމަށްވާ ކަބީރު މިއާ، 24، އާއި އޮމަރު ފާރޮކް ރާޖޮ، 28، އެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނުގައި 1.97 ކިލޯ ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، އެ ތަކެތި ހުރީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ލަގެޖެއްގަ އެވެ. ބަންދު އަމުރުގައިވާ ގޮތުން ކަސްޓަމްސް ކްލިއަރެންސް ހަދައި އެއާ ހަވާލުވާން ދިޔައީ ބިދޭސީއެކެވެ. ޕެކޭޖު ގެންދަން ޖެހޭ ފަރާތަށް ގެންދިޔުމުގައި ކޮންޓްރޯލް ޑެލިވަރީ ހިންގި ކަމަށާއި ޕެކޭޖާ ހަވާލުވާން ވެސް ދިޔައީ ބިދޭސީއަކު ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެއާ ހަވާލުވި ބިދޭސީ މީހާ ބުނީ އެއީ މީހަކު ބުނެގެން ހަވާލުވި އެއްޗެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 March 2025
އެތެރެކުރާ ނުވަތަ ގެންގުޅޭ ޑްރަޤް ގެ އަދަދު އިތުރުވުވަރަކަށް މިކަންކުރާ މީހުން ސިއްރުކުރާންޖެހޭ ގޮތަށްތޯ ރާއްޖޭގެ ޤާނޫނާއި ޤަވާއިދު ހަދާ އަދި ތަންފީޒު ކުރަމުންދަނީ؟! މިހެން މިދެންނެވީ މިފަދަ ކުށުގެ ތުހުމަތުގައި އަތުލައިގަނެވޭ މީހުންގެ ތެރެއިން ތެޔޮ ބިނޑިއެއް ގެންގުޅުނު ކަމަށް ހައްޔަރު ކުރާ މީހާ ތަޙްޤީގު މަރުޙަލާގައިވެސް އޭނާގަ ޕޮލިސް މަގް ފޮޓޯ ނޫސްތަކާއި ޓީވީތަކަށް ދޭއިރު ކިލޯ ކިލޯ އިން އެތެރެ ކުރާ މީހާގެ ފޮޓޯ އާއި ވަނަވަރުވެސް ސިއްރު ކުރާތީ.
ޑރ ވާންޗޯ
17 March 2025
ތިޔަބަންގާޅީން ޑުބާއި ސައޫދީ ފަދަގައުމުތަކުން ބަނދެގެން ބޭރުކުރީ ސަލާމަތްނުވާނެކަން ޔަގީންވީމަ.
ދީދާތް
17 March 2025
މިމީހުން ހާހެއްނުވާނެ. ބުނާނެ. ރައްޓެހިމީހާ މަށަށް ދެނީ. އޭނާ ބުނަނީ ހަކުރު. ދެން މަށަށް ނޭންގެނީދޯ.
ފޮނިފޮނިޓައްޕު ކުމާރު
17 March 2025
ބަންގާޅީން މިހާރު ޑުރަގުތެރެއަށްވެސް ވަނީ؟