ފޮރިން މިނިސްޓަރު ޑރ. ހަލީލް، މީގެ ކުރިން އިންޑިއާއަށް ކުރެއްވި ދަތުރެއްގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު.
17 މާޗް 2025 - 17:28
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު އިފްތިތާހު ކޮށްދެއްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަނުގައި ވެސް ހަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ އެ ޑައިލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިން" ގެ ޕެނަލް ޑިސްކަޝަންގައި ވެސް މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާ ކުރުމުގެ މުހިއްމު ކަމާ ގުޅިގެން ވެސް މިނިސްޓަރު އަލިއަޅުއްވާލައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ރައިސީނާ ޑައިލޮގަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާ ވެސް ހަލީލް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
18 March 2025
އިންޑިއާ ނޫން ގައުމަކުން ނުދިން އެހީއެއް. ޗައިނާ، ސައުދީ އަދި ޔޫއޭއީންވެސް ބުނީ ނޫނެކޭ. މިސަރުކާރަކީ މިރާއްޖޭގަ ކީއްކުރަން ބޭރު ދުނިޔޭގަވެސް މަގުބޫލު ސަރުކާރެއްނޫން.
އަބްޑޫޅް +
17 March 2025
ފޭލިގެ ޖަހައިގެން، ރާއްޖޭން ބޭރުގަ ވަޒަންވެރިވެ އުޅެންވީނުން؟
އަފްރާސިޔާބު
17 March 2025
އެއީ އިންޑިޔާއާ ރައްޓެހިވެގެން އުޅޭތީ އެކަމަށް ވަގުތުދޭން ބޭނުންވެގެން.
ޑރ ވާންޗޯ
17 March 2025
ފޮރިން މިނިސްޓަރ ހާދައަވަސްއަވަހަކަށް ތިޔަ އިންޑިޔާއަށް ދުރުވަނީ ހަމަ ހޭހަންކުރުން މާބޮޑަށްވެސް ރަނގަޅީތޯ؟.
ކަތްދައްތަ
17 March 2025
ތިޔަ ދަތުރުކޮށް އޮންލައިންކޮށް ޓީމްސް މެދުވެރިކޮށް ކުރުން މިހާރަށް ރަގަޅީ. މީހާ ގޮސްގެން ކަމެއް ނުވާއިރު ދަތުރަށްދާ ޚަރަދު ކޮޅު ސަލާމަތް ކުރެވޭނެ.
ގުދުގުދާބެއްޔާ
17 March 2025
ގައުމު ބަގުރޫޓް ވީމަ އިންޑިޔާއަށް ގޮސް ސަލާން ޖަހަން މިޖެހެނީ! ޗައިނާގަ ބުނެގެން ދިޔައީ ޗޮކޮހުން!
ސަމޭދާން
17 March 2025
އަނެއްކާ.