އަލިމަސް ކާނިވަލުގެ ސްޓޭޖުގެ ކުރެހުމެއް.
17 މާޗް 2025 - 23:26
މާލޭގެ އަލިމަސް ކާނިވަލުގައި ހުންނަ ސްޓޭޖު ތަޅާލައި އެ ތަނުގައި ޒަމާނީ އާ ސްޓޭޖެއް ހަދަން ހަތަރު މިލިއަން ރުފިޔާ އަށް ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.
އެ ކައުންސިލުން މިރޭ ބުނީ، ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މަސައްކަތުގެ އަގަކީ ސިޓީ ކައުންސިލުން ބުނިގޮތުގައި 4.8 މިލިއަން ރުފިޔާ އެވެ.
އާ ސްޓޭޖުގެ މަސައްކަތް އެ ކުންފުނިން ނިންމަން ދެ ފަރާތުން އެއްބަސްވެފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އެއީ 140 ދުވަހެވެ.
އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި އެ ތަނުގައި އާ ސްޓޭޖެއް ހަދާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު 5 ގައި އިއުލާންކުރި އެވެ. މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ގައި ހަދާފައިވާ އަލިމަސް ކާނިވާ ސްޓޭޖުގެ ބަދަލުގައި އާ ސްޓޭޖެއް ހެދުމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެ އެވެ.
އާ ސްޓޭޖުގެ ފޮޓޯ އާންމު ކުރައްވައި، މާލޭގެ މޭޔަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ހަލާކުވެ، ވީރާނާވާން ދޫކޮށްލާފައިވާ ސްޓޭޖު "ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި" ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކާރނިވަލް ސަރަހައްދުގައި ޢިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލު ކުރެވިފަ. ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވެފާވާ މި ސްޓޭޖް ދެން ފެނިގެންދާނީ ﷲގެ… pic.twitter.com/faLuAdi2n7
— Mayor of Male’ City - Adam Azim (@adamazim) March 17, 2025
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
19 March 2025
ކޮންމެވެސްމީހަކު މުއްސަނދިވާންއެބައުޅޭ
ރާއްޖެ
18 March 2025
5 މިލިޔަން ޚަރަދުކޮއްގެން ތިޑިޒައިންގަ ތިތަން ހަލާކު ނުވެ 1 އަހަރު ވިޔަސް ނަސީބެއް. ތިއީ އިސްރާފް.
ރަގަޅަށްވިސްނާ
18 March 2025
ހެޔޮނުވާނެ ތި ހަރަދު ނުކޮށް ޗައިނާއިން އެޗް ބެރީގެ ވެއަރް ވެއަހައުސްއެއް ގަނެފަ އެލުމިނިއަމް ޓުރަސް އާއި ބޮޑެތި ލައިޓާއި ލެޑް ސުކުރީން ކޮޅެއް ހޯދަފަ ތިކަން ނިންްމާލަ ބަލަ. ދެން އެފަހަރަކު ބާއްވާ ކަމަކާއި ގުޅޭ ޑިޒައިނަކަށް އަތުރާލެވި ދާނެ ނޫންތޯ.
ވަރަށްބޮޑަށް އޮޅިފަ
18 March 2025
ތިސުޓޭޖުގެ ޑިޒައިން ތިވަނީ ގިޑިގެއެއްގެ ޑިޒައިނާ އޮޅިފަ. ތިޑިޒައިން ތީކީ އެއްގޮތަކަށްވެސް ބޮޑު ހަރަދުކޮށްގެން ލޮނުވަޔާ ވާރޭގަ ދާއިމަށް ހަދަން ރަގަޅު ކަމައްނޫން. ތިކަހަލަ ހުޅުވިފައި ހުންނަ ތަންތަނުގައި ހަދަންވާނީ ވަރުގަދަ އޮނިގަޑެއް އެކަނި. ދެންހުނަ ތަކެތިވާން ވާނީ ބޭނުންވީމާ ހަރުކުރެވި ނިމުނީމަ ނެގޭތަކި ކަމަށް. ތިހިރަ 3 ޔޫއެފްއޯ އަކީ ކީއްކުރާ އެއްޗެއް.
ކަޑަބަޮއް ސައީދު
18 March 2025
އިސްރާފު ކުރަން ކޮން ކަމެއް މީ؟؟؟؟
ރައްޔިތުން މެން
18 March 2025
ރައްއިތުން އިނދަޖެހޭއިރުގަ ވެސް ބޭކާރު ޙަރަދު . ޕިސް ޕިސް
ކަސްޗަސް
18 March 2025
ގައުމުގެ ވެރިމީހާ ނާޗަރަންގީ ކުޅެން ތަންތަނަށް ހަރަދުކުރަން ލާރި ހުރޭ. ސަރުކާރު ސިޔާސީ ނޫން މުވައްޒަފަކަށް އިނާޔަތް ދޭންވީމާ ހަރަދު ކުޑަކުރަން ލާރިއެއް ނުހުރޭ. އަދުގެ ހާލަތު.
ޗަކަބިން
18 March 2025
ތިޔަ ސުޓޭޖުން އާމުދަނީ ލިބޭނެ ގޮތެއް ހެދޭނޭތަ؟ ތިޔާނދި ފޮޓޯއިން ފެނުނީމާ ސިފަވަނީ ބޮޑު ކާރިސާއެއް.
ޕާކޭ
18 March 2025
ކީއްކުރާ ސްޓޭޖެއް ސްޓޭޖު ކުރިމަތި ޕާކިންއަށް ވިއްކާ ހުސްކޮށްފަ. މިމީހުން ފުޓުބޯޅަ ދަނޑުވެސް އަޅާފަ ދަނޑުމެދު ވިއްކަފާނެ ޕާކިންއަށް.
ހަސަދު
18 March 2025
ސާބަހޭ ރާއްޖެ އަކީ މުއްސަދި ގައުމެއް.