20 މާޗް 2025 - 00:06
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަޝިޕްތަކަކަށް އެ ކުންފުނިން އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ގެ ދަށުން އިނގިރޭސި ވިލާތުގައި ބެޗެލާސް ޑިގްރީ އަށް ކިޔެވުމަށް ތިން ފުރުސަތު ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއީ:
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެއް ޖާގަ.
- މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދެ ޖާގަ.
ސްޓެލްކޯއިން ބުނީ އެ ފުރުސަތުގެ ދަށުން ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީ އާއި ސްޓައިޕަންޑާއި ވިސާ ފީ އާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސް އަދި އެސްޓަބްލިޝްމަންޓް އެލަވެންސް ލިބޭނެ ކަމަށެވެ.
މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމްhttps://t.co/62lWsXkL6d pic.twitter.com/4QXqrRbVE5
— Hussain Fahmy (@HussainFahmy09) March 19, 2025
- އުމުރުން 24 އަހަރުން ދަށުގެ ދިވެއްސަކަށް ވުން.
- ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓާ ސައިންސް ހިމެނޭހެން އޭ ލެވެލްގައި ދެ އޭސްޓާ އަދި އޭ ފާހެއް ހޯދާފައިވުން ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް މީހަކަށްވުން
އަންނަ އޭޕްރީލް ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގައި ކިޔަވަން ދާން ތިން ޔުނިވާސިޓީއަކުން ޖާގަ ލިބެ އެވެ. އެއީ "ދި ޔުނިވާސިޓީ އޮފް މެންޗެސްޓާ" އާއި ޔުނިވާސިޓީ އޮފް ލީޑްސް"ގެ އިތުރުން "ޔުނިވާސިޓީ އޮފް ސައިތަމްޕްޓޮމް" އެވެ. އެ ދަރިވަރަކު ބޭނުން ތަނަކުން ކިޔަވަން ހުށަހެޅޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ކޯސް ނިންމުމަށް ފަހު، ހިދުމަތް ކުރަން ޖެހޭނީ ސްޓެލްކޯއަށެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި އިންޓާންޝިޕް ހަދަން ޖެހޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީއާރުކާޓީ
20 March 2025
ކީއްކުރަން ދިވެހިންނަށް ކިޔަވައިދެނީ... މި ގައުމުގެ މުސްތަގުބަލްކަމައްވާ ބަންގާޅީން ނާ ،ސިލޯނު މީހުންނާ އަދި އިންޑިއާ މީހުންނަށް ކިޔަވައި ދެއްވުން މާ ބުއްދިވެރި ވާނެ..
ހާލިދާ
20 March 2025
އިނގިރޭސިވިލާތަކީ އިންޖިނޭރިން ކިޔަވަން އެންމެ ކަމުދާ ތަނެއް ނޫން. 3 އަހަރުން ޑިގްރީ އަދި 1 އަހަރުން އިންޖިނޭރިން މާސްޓަޒް ނިންމުމަށް ވުރެ މުއްދަތު އިތުރުކޮށްގެންވެސް ރަނގަޅަށް އުނގެނުން މުހިއްމު.
ލަންމާން
20 March 2025
ވަކި ކުއްޖަކަށް ކޯހެއް ދޭން ހެދުމެއް ފަހާލީ؟
ޑރ ވާންޗޯ
20 March 2025
ކޯސްފެށުމުގެކުރިން ސްޓެލްކޯގަ އިންޓާންސިޕް ހަދަންޖެހުމަކީ ކިޔެވުމުގެ ބޭނުމުގަ ތިޔަކޯހަށް އެޕްލައިކުރިކުދިންގެ ކިޔެވުންހަލާކުވެ ހާލުގަޖެހިދާނެފަދަކަމެއް. ސަބަބަކީ އިންޓާންސިޕްގަ އަހަރެއްހާދުވަސްވާފަހުން ސިޔާސީމެނޭޖްމެންޓް ބަދަލުވެ ކުރިންބުނިއެތި ކެންސަލްނުވާނެކަމުގެ އެއްވެސް ގެރެންޓީއެއްމިއަދުނެތުން.
ވެރިން
20 March 2025
ކޯސްނިއްމާފަ އައިސް ކަލޭމެންނަށް ކިތައްއަހަރު ގުލާނުކޮއްދޭން ޖެހޭނެތޯ
ޗޭނީ
20 March 2025
ސްޓެލްކޯއިން ހާދަ މުއްސަންޖެއް ވެގެނޭދޯ މިއުޅެނީ...