ވެލާނާގެ: ފަހު 10 ގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭންޖެހޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 މާޗް 2025 - 11:57
ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާފައި ވިޔަސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެ އިދާރާއަކުން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް ހާޒިރީ އެލަވަންސް ދޭން ޖެހޭނެ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް އިސްލާހު ގެނެސްފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އިއްޔެ ބުނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވިޔަސް ހާޒިރީ އެލަވަންސް ދޭން ވާނެ ކަމަށެވެ.
އިތުރު ގަޑީގެ ފައިސާ ދޭނެ ގޮތަށް އިތުރު ކުރި ބައިގައި ވަނީ ރޯދަމަހުގެ 20 އިން ފެށިގެން އެ މަސް ނިމެންދެން ހިމެނޭ ދުވަސްތަކާއި ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމުގައި 10 ޕަސެންޓުގެ ތެރޭގައި އެ ދުވަސްތައް ހިމަނައިގެން ނުވާނެ ކަމަށެވެ. އެކަމަކު، އެ ދުވަސްތަކުގައި އިދާރާ އިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑުގެ ތިން މާއްދާއަށް ރ އިތުރުކޮށްފައިވެ އެވެ. އެ މާއްދާގައި ވަނީ ރޯދަމަހުގެ ފަހު 10 އަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގަނެ، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެ ކަމަށެެވެ.
އޭގެ ތެރޭގައި އެ ގާނޫނުގެ 34 ވަނަ މާއްދާގެ ހ. އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭނެ ކަމަށް ވެސް ވެ އެވެ.
އެ ގާނޫނުގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނަކީ ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންނާއި ކަނޑުދަތުރުކުރާ އުޅަނދުތަކާއި މަތިންދާބޯޓުގައި މަސައްކަތްކުރާ މީހުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހސޔުަ
21 March 2025
ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުންނަށް އެލަވަންސުގެ ބަދަލުގަ މި ސަރުކާރުންދެނީ ދޯކާ
ފަކީރު
20 March 2025
އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވިޔަސް ހާޒިރީ އެލަވަންސް ދޭން ވާނެ ކަމަށެވެ. މީ ކޮންކަހަލަ ގަވާއިދެއް. ގޭގަ އޮވެގެންވެސް ހާޒިރީ އެލަވަންސް ލިބޭ؟
ބޯހަލާކުވެއްޖެ
20 March 2025
10 ދުވަހުގެ މުސާރަ ދީފަ، އަދި ނުވިތާކަށް މި 10 ދުވަހަށް އެލަވަންސް ދީފަ، ނޮވެމްބަރު ތިނެެެއްގައި ޝަހީދުވި މީހުންގެ އާއިލާއަށް މަރުވަންދެން 9000 ރުފިޔާ ކޮންމެ މަހަކު ދީފަ، ބިލިއަނުން ޚަރަދުކޮށްގެން އެމް އެމް އޭ އިން ބިންގަނެފަ، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފަ….މިހެންގޮސް ލިސްޓު ވަރަށް ދިގު. މިހުރިހާ ކަމަކާ މަ ބުނަން އޮތީ އެންމެ ވާހަކައެއް. ގައުމަށްޓަކައި، ދިދައަށްޓަކައި މިސަރުކާރު ގެނައި އެންމެންނަށް ވަރަށް ސަލާން.
ކސޖސނ
21 March 2025
ކައުންސިލު މުވައްޒަފުންތަކަށް ދޯކާދީފަ
މާމިގިލީމަންޖެ
20 March 2025
ގާނޫނުހަދާ މީހުން ގާނޫނުއަކަށް ނުބަލާ ބޭނުންގޮތެއްހާދަނީ. ސޭޓްގެ ރިސޯޓްތަކުން 3މަސްވަނީ ސާވިސްޗާޖްނުދޭ އެފައިސާއެއީ ގެސްޓުންއަތުން ނަގާފަހުރި މަސައްކަތްކުރާމީހުންގެ ހައްގެއް. މިފައިސާ ލިބޭނީ ކޮންއިރަކުންކަންވެސްނާންގާ. ކިހާދެރަކަމެއް ނިކަމެތިންނަށް.
ރީމާ އަލީ
20 March 2025
އަލްހަމްދުﷲ. މިދިޔަ ވެރިކަމުގައި ކަޑާލި އެލެވެންސް މިލެބެނީ އަނެއްކާ. ހާދަ އުފާވެރި ހަބަރެކޭ.
އާބިދު ސައީދު
20 March 2025
މިހެންވެ ބުނަން ޖެހެނީ ރައީސް މުއިއްޒްގެ ސަރުކާރު ވަރެއް ނެތޭ. އަހަރުމެން އަބަދު ރޯދަމަހު އިތުރު ގަޑީގަ މަސައްކަތް ކުރާ މީހުންނަށް އެލެވެންސް އެ ހަމަޖައްސަދިނީ
މަފާޒް ސަލީމް
20 March 2025
އުބޫ ވެރިކަމުގަ މިހެން އެލެވެންސް ނުދިން. ބުނީ ދޭކަށް ގަވާއިދުގަ ނެތޯ. ކުރި މަސައްކަތަށް ފައިސާ ނުދޭ.
ސިފަތުﷲ ހަސީބް
20 March 2025
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ ގައިމު މުޒާހަރާގަ ކި ނުދޭނެޔޯ.ހެހެ
ނޫޙް އިބްރާހިމް
20 March 2025
އެބަޔަކު ކުރާ މަސައްކަތަށް ފައިސާ ދޭންވާނެ. ސަރުކާރުގެ ނިންމުން ރަނގަޅު
ކުޗީ
20 March 2025
މީ އެއްކަލަ މަ ބުނާ ވާހަކަ! 10 ދުވަސް ޗުއްޓީ ދިނީމާ 2 ބަނޑަށް ކައިގެން ތިބެނީ ނިދަން! މިހަރު އުޅެނީ 10 ދުވަހު އެމީހުންނަށް ދޭންވާ އެއްޗެއް ނޭގިގެން؟