މޯލްޑިވިއަންގެ ފްލައިޓެއް. އީދާ ދިމާކޮށް މޯލްޑިވިއަން އިން ވަނީ ދަތުރުތައް އިތުރުކޮށްފައި.
20 މާޗް 2025 - 12:24
މިފަހަރުގެ އީދާ ދިމާކޮށް މޯލްޑިވިއަން އިން އަތޮޅު ތެރޭގެ 11 ރަށަކަށް އިތުރު 30 ދަތުރު ކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އީދު ބަންދާ ދިމާކޮށް ދަތުރުތައް އިތުރު ކުރަނީ، ޑިމާންޑަށް ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދަތުރުތައް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
މިވަގުތަށް މޯލްޑިވިއަން އިން އެންމެ ގިނަ ދަތުރުތައް ކުރަން ނިންމާފައިވަނީ ގަމަށެވެ. މި މަހުގެ 29 އިން ފެށިގެން އޭޕްރީލް 5 ވަނަ ދުވަހަށް އާންމު ޝެޑިއުލްގެ ބޭރުން ގަމަށް އަށް ދަތުރު ކުރާނެ އެވެ.
ފުވައްމުލަކަށް ފަސް ދަތުރު އިތުރަށް ކުރާ އިރު ހދ. ހަނިމާދޫ އާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓާއި ށ. ފުނަދޫ އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދޫ އާއި ގދ. މާވަރުލާއި ގދ. ފަރެސްމާތޮޑާ އާއި ގއ. ކޫއްޑޫ އަށް ވެސް ދަތުރުތައް ކުރަން ވަނީ ނިންމައިފަ އެވެ.
ޑޮމެސްޓިކް ދަތުރުތައް އިތުރު ކުރި އިރު މޯލްޑިވިއަން އިން ވަނީ އީދާ ދިމާކޮށް ބ އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ވެސް ފަށަން ނިންމައިފަ އެވެ. އެ އަތޮޅު ފުޅަދު އާއި ފެހެންދޫ އާއި ގޮއިދޫއަށް ހާއްސަކޮށް ދަތުރުތައް ކުރަން ނިންމާފައިވާ އިރު އެ ދަތުރުތައް މި މަހުގެ 31 ގައި ފަށާނެ އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރް މަތިންދާބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
20 March 2025
އެކޮނޮމީ ޓިކެޓް ދެން ނުލިބޭނެ! ލިބޭނީ ޕްރިމިއަމް އެކޮނޮމީ! ހަމަ އެއްސީޓްތަކެއް، ދެން ލައުންޖުން ސޭނޑްވިޗްއެއް! އަގު ދެެގުނަ! މިއީ ދަތުރުފަތުރުގެ އަގު ހެޔޮކުރަން އައި ސަރުކާރު! ސިޔާސީ މަޤާމްތައް މަދުކުރަން އަައި ސަރުކާރު!
ދޮން
20 March 2025
އީދަށް ބޮޑު ބޯޓުގައި އައްޑުވަށް ބާއްވަބަލަ އެއްފަހަރުން ނިމުނީ ކުދި 16 17 ދަތުރު ކުރާކަށް ނުޖެހޭ ޓިކެޓްވެސް ނުލިބިގެން އުޅޭކަށް ނުޖެހޭ ރައީސް ވިސްނުން ފުޅަށް ކަންކުރީމަ ތަކުލީފު ކުޑަވާނެ
ގުދުގުދާބެއްޔާ
20 March 2025
"މިފަހަރުގެ އީދާ ދިމާކޮށް މޯލްޑިވިއަން އިން އަތޮޅު ތެރޭގެ 11 ރަށަކަށް އިތުރު 30 ދަތުރު ކުރަން ނިންމައިފި އެވެ." ޓިކެޓްގެ އަގު ދެގުނަބާ؟
އަސްލު......
20 March 2025
ދެން އަޑުއިވޭނީ ކޮންމެވެސް ގޮތަކަށް އަގޮބޮޑު ކުރިއަޑު، ތައްޔާރުވެގެން ތިބޭ......
ކަރާސީނު
20 March 2025
ޕުރީމިއަމް އިކޮނޮމީ ކުލާހުންބާ؟
އޮނަރަބްލް އަފީފު ދީދީ
20 March 2025
ކ.މާލެއާއި އައްޑުއަށް ކުރާދަތުރުތަކުން ކުންފުންޏަށް ސައްތައިން ސައްތަ ފައިދާވާއިރު 280 ޑޮލަރަށްވުރެން ބޮޑުއަގުގައި އައްޑޫމީހުނަށް ވިއްކާޓިކެޓަށް ބެގޭޖްއެލަވަންސަށް 25ކިލޯ ދީފައި ބޯޓްމަތިން ދިއްކޮށްލަނީ ކޯވަރެއްގެ ޕަކެޓް ޖޫސް ފޮދަކާއި 4 އޮށް ބަދަން. އެކަމަކު އިންޑިޔާއަށް މިއަގު ނުވަތަ މިއަށްވުރެން އަގުހެޔޮކޮށް ވިއްކާޓިކެޓަށް 40ކިލޯ ދީފަ ކާ ގަނޑިއެއްނަމަ ބަރާބަރަށްކެއުންދޭ. އަދި އައްޑޫ ފްލައިޓް ކެންސަލްކޮށް ޑިލޭކުރިޔަސް މިފްލައިޓް ގަނޑިއަށް އުދުހޭ.
ޑެބީ
20 March 2025
އަފީފު ކައިގެން ފްލައިޓަަށް އަރާބަލަ. ކުދި ބޯޓުތަކުން އަރާ ކޮންމެ މީހަކަށް 40 ކިލޯ ނުދެވޭނެ. 40 ކިލޯ ދިނަސް އަފީފުމެން ކަހަލަ މީހުން އަންނާނީ 60 ކިލޯގެ އެއްޗެހި ހިފައިގެން. ދެން ޗެކިން ކައުންޓަރުގަ ތިބޭ ކުދިންނާ ޒުވާބު ކުރަނީ. ޓިކެޓް އަގު ބޮޑު ކަމާމެދު ޑެބީވެސް އެއްބަސް.
އޮނަރަބްލް އަފީފު ދީދީ
20 March 2025
އިރުއިރުކޮޅާ "ޖަވާހިރު ކުލާސް" ހަދާ ޓިކެޓް އަގުބޮޑުނުކޮށް އައްޑުއަށް ދުވާލަކު ކުދިބޯޓް 5 ނުވަތަ 7 ބޯޓް ބޭއްވުމުގެބަދަލުގައި ވިޔަފާރިވެރިންނަށް މިސެކްޓަރގައި ދެކޮޅަށް ކާގޯވެސް އުފުލޭގޮތަށް މާލެ އައްޑޫ ދަތުރުތަކަށް ކޮންމެދުވަހަކު A-321 ގެ ބޮޑު 1 ބޯޓް ޝެޑިއުލްކޮށް ކުންފުނީގެ ޙަރަދުކުޑަކޮށް އައްޑޫ މާލެ ޓިކެޓް އަގުހެޔޮކުރަންވީ ނޫންތޯ؟ ދުވާހަލަކު ކުދި 6 ބޯޓްގެބަދަލުގައި އެއްބޯޓް ބޭއްވީމާ ފައިލެޓާއި ކުރޫސެޓާއި އެއަރޕޯޓް ޗާޖެސް ފަދަ ޙަރަދު ކުޑަވާނެ.
ޑެބީ
20 March 2025
މޯލްޑިވިއަން ޑޮމެސްޓިކްގެ 80 ޕަސަންޓް ދަތުރުތަކަކީ އިންޓަނޭޝަނަލް ފްލައިޓް ގަޑިތަކަށް ބޭސްކޮށްފަ ޓުވަރިސްޓުންނަށް އަޅާ ފްލައިޓް. މިކަން އަފީފަށް ނޭނގުމަކީ ދެރަވަރުގެ ކަމެއް