މިދިޔަ އަހަރުގެ ކުޑައީދު ދުވަހު ބޭއްވި އީދު ސަލާން ކުރެއްވުމަށް ދިޔަ އާއިލާއެއްގެ ބަޔަކާ އެކު، ރައީސްގެ ދެކަނބަލުން ފޮޓޯފުޅެއް ނަންގަވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
20 މާޗް 2025 - 17:10
މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނިގޮތުގައި އީދު ސަލާން ކުރެއްވުން އޮންނާނީ ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި އެ ދުވަހުގެ ހެނދުނު 9-11 އަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ފިތުރު އީދު މި މަހުގެ 31 ވާ ހޯމަ ދުވަހެވެ.
ރައީސް އޮފީހުން ބުނީ، އީދު ސަލާން ކުރުމަށް އާންމުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ/ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު ދެއްވާ ކަމަށެވެ.
"އަދި އާއިލާތަކާއެކު ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އީދު ސަލާން ކުރުމަށް މުލީއާގެ އަށް ވަދެވޭނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
22 March 2025
މިއީ ސިޔާސީ ދެއްކުންތެރިކަން ފިޔަވާ އެހެން އެއްވެސް ކަމެއް ނޫން. މިއަދު ވެރިކަމަށް ދެ އަހަރު ނުވަނީސް ތާއީދު ކުރަނީ މަދު ބައެއްކަން މިހާރު އެންމެންނަށްވެސް އެނގޭ. ވެރިކަމުގައި ހަރުދަނާ ކަމެއް ނެތްއިރު ރައްޔިތަކަށް ފައިދާހުރި ކަމެއް ކޮށްދެވިފައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ
ހަސީނާ މުޙައްަމަދު
22 March 2025
ތިޔައީ ތިޔަ ފަރާތުގެ ވިސްނުން ، އަހަރުން ހަމަ ތާއީދު ކުރަން ، މުއިޒުގެ ވެރިކަމުގައި އަހަރުމެންނަށް ކޮންމެވެސް ފައިދާ އެއް ކޮށްފި ،ހަނޑޫ ލިބިއްޖެ، ކަރަންޓުން ޑިސްކައުންޓް ލިބިއްޖެ، ނުހައްގުން ޒަކާތުލިސްޓުގައި މީހުން ޖެއްސުން ހުއްޓުވި ޒަކާތުން ލިބޭ ފައިސާ ގިނަ އިން އަހަރުމެންނަށް ލިބޭނެ މަގު ކޮށާދީފި، ވެންމަސް ވެނަށް ނަމަވެސް މަސްދަޅުކޭސް ލިބިއްޖެ، ރަމަޝާން މަހު ތަކެތީގެ އަގު ހިފަހައްޓައިދެއްވާފި، ގުޅަހަދާ ،ފޯއްކޮށާ ބަންގާޅުން ފޮނުވާލަދިފި، އުފާވޭ
ބަރަބޯ ކުޑޭ
21 March 2025
ފުލެޓުތައް ހަވާލު ނުކުރަނީސް ސަލާން ކުރާކަށް ދާނަން .
ކެކެކެކެކެކެކެކެކެ
21 March 2025
ކެކެކެކެކެކެކެކެކެ! ދައުރު ނިމުނީމަ ދާނަން ސަލާމް ކޮއްލަން!
ހެހެހެހެ ހެހެހެ
22 March 2025
ނުވެސް ވައްދާނަން
ޖަޒްލާ
20 March 2025
ގިނަ ރައްޔިތުން މިހާރު ފޫހިވޭ! ބޭކާރު ހަރަދުކޮށް، ފިތުނަވެރި މީހުން ކައިރީގަ ގެންގުޅެ، ފިތުނަވެރި ވާހަކަ ދައްކާ، އެއްވެސް ހަރުދަނާ ކަމެއް ނެތް. މުޅީން ދެއްކުންތެރިކަން. އެއްކަމެއްވެސް ރަނގަޅު ނިޔަތެއް އިހްލާތެރިކަމެއް ނެތް!
ލަތީފާ
20 March 2025
ބޮޑު މަގާމް، ބޮޑު މުސާރަ، ބޮޑުލަގަބު، ބޮޑު ގެއެއް! ބޮޑު އޮފީހެއް، ބޮޑު އާއިލާއެއް، ބޮޑު ވިޔަފާރި، ބޮޑު ބޮޑު ބޮޑު! މިއީ އިންސާނާ މަގުފުރައްދާ މޮޔަވާ ކަމެއް. ދިވެހިރާއްޖެގެ ކިއްތައް ކިތައް ރަސްކަލުންގެ މަހާނަތޯ މުލިއާގޭ ނޫނީ ރައީސް އޮފީކައިރީގަ ތިޔަހެރި ހުކުރު މިސްކިތު ގޯތީގަ އެހެރީ! އެބޭފުޅުން ކުރުއްވި އިހްލާތެރި ހެޔޮކަމެއް ނޫނީ މިއަދު ނެތް އެބޭފުޅުންނަށް ފައިދާވާ! ކައިރީގަ ތިއްބެވި “ހާމާނުން”ތަކެއް މިއަދަކުނެތް! ވިސްނަވާ ރައީސް މުއީޒް.
ހާފިޒް ރަސާދު
20 March 2025
އެހެންބަޔަކު ނުދިޔަސް ނޮވެމްބަރު 3 ގެ އާއިލާތައް ދާނެ.
ހަލީމާ
22 March 2025
ތިމާ ލޯބިވާ މީހެއް މަރުވުމުން އިޙްސާސް ކުރެވޭނީ ވާދެރަ، ހެޔޮ ވިސްނުން ދެއްވާށި
ނޮޓް ގޮއިންގ
20 March 2025
ނޮޓް ގޮއިންގ. ސޮރީ.
ބޭކާރު ވަގުތުތަކެއް!
20 March 2025
ކޮންމެ މީހަކަށް ވެސް ކަނޑައެޅިފައިވާ ޢުމުރުގެ އަގުހުރި ވަގުތު ކޮޅުން ބޭކާރު ވަގުތުތަކެއް ނަގާލުމަކީ މޮޔަކަމެކެވެ.
ހަސަންދި
20 March 2025
ރައީސް އީދު ސަލާމް ކުރެއްވުން އަބަދު މުލިއާގޭގައި ބޭއްވުމުގެ ބަދަލުގައި އެކިފަހަރު އެކި ރަށްރަށުގައި ބޭއްވުން މާ ރަގަޅުވާނެކަމަށް ފެނޭ.. މާލޭ އީދު ސަލާމް ކިޔުގައި ތިބެނީ މިނިސްޓަރުންނާއި ނައިބުންނާއި ސިޔާސީ މީހުން ގިނައިން.. ރަށްޔިތުންނާއި ސަލާމް ކުރެއްވުމަކަށް ވާނީ ރަށް ރަށުގައި ވެސް ސަލާމް ކުރެއްވުން ބޭއްވީމަ.
މެޓީ
22 March 2025
ރަށަކަށް ދިޔަޔަސް ތިމީހުންތައް ގޮވާގެންދާނީ.. މިލިއަނުން ޙަރަދުކުރާނެ..
ހާނިމްދިދީ
22 March 2025
ރަނގަޅު އެއް ގޮތް ވެސް ނެތް. އެހެންވީމާ މާލޭގައި ސަލާން ކުރުން ބާއްވާފައި ރޭނގަޑަށް ކޮންމެވެސް ރަށަކަށް ދާގޮތަށް ހަމަ ޖައްސާނަން
ފެކްޓް
20 March 2025
މަސައްކަތް ކުރުވާފާ ދޭންޖެހޭ ފައިސާ ނުދީ ކޮން ސަލާމެއް ކުރާކަށް. މީހުންނަށް ދަރާ ވިކެނީ. އަހަރެންވެސް ދިރިއުޅެން ޖެހޭ. ފިނޭންސުން ދޭންޖެހޭ ރުފިޔާ ނުލިބޭތާ މިހާރު 3 މަސްމިވަނީ. ޒިންމާވާނެ މީހަކު ނެތް. އެތަނުގެ މުވައްޒަފުންގެ ފަރާތުން އެނގެނީ "ފައިސާނެތިގެންނޯ ބުނާށޭ ނުދެވެނީ" އެހެންވެ ކަމަށް.