ސްޓޫޑެންޓް ލޯނަށް އިއުލާން ކުރަން މިދިޔަ ހަފުތާގައި ވެސް މުއްދަތުތަކެއް ދިން. އެކަމަކު އެ ދުވަސްތައް ނިމުނު އިރު ވެސް އެކަމެއް ނުވި.
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު.-- ފޮޓޯ: ރައީސް އޮފީސް
23 މާޗް 2025 - 22:00
މަތީ ތައުލީމުގެ ލޯނަށް ވީހާ ވެސް އަވަހަކަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
"މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ ކިޔެވުމަށް ދޫކުރާ ލޯނާ ގުޅޭގޮތުން ބައެއް ކަންތައްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެ ކަންކަން ފުރިހަމަވުމުން ވީހާ ވެސް އަވަހަކަށް ލޯނަށް އިއުލާންކުރާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.
ސްޓޫޑެންޓު ލޯނަށް އިއުލާން ކުރަން މިނިސްޓްރީން މިދިޔަ ހަފުތާގައި ވެސް މުއްދަތުތަކެއް ދިނެވެ. އެކަމަކު، އެ ދުވަސްތައް ފަހަނައަޅައި ދިޔައިރު ވެސް އިއުލާނެއް ނުކުރެ އެވެ.
އިތުރު ތަފްސީލެއް ނުދެއްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނަށް އިއުލާން ނުކުރެވި ދިގުލައިގެން ދިޔަ ސަބަބުތައް ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާނެ ކަމަށެވެ.
ރާއްޖެ އާއި ބޭރުގެ ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓު ލޯނުގެ ގޮތުގައި މިދިޔަ އަހަރު 500 ޖާގަ އަށް ހުޅުވާލި އެވެ. އެ ސްކީމުގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން ސައީދު
25 March 2025
ހައިދަރު ކޮންމެތަނަކަށް ލިޔަސް ވަނީ މިވަރެއް، އެހެންވީމަ ކީދާނެ ދޯ ފުޅިމަދު އުނގުރިއެކޭ ވެސް؟
އަލްޖިބްރރާ
24 March 2025
މީހަމަ އެއް ތައްގަނޑެއް މި އުޅެނީ. އަންނަނީ. ވިސްނަނީ. ފަށަނީ. އެންމެ ފަހުވަގުތު ތިބޭނީ ސޯޓު ބޭލިފަ.
އައްޕަތުރޭ ޅިޔަނު
24 March 2025
ވީހާ ވެސް އަވަހަކަށް އަންނަ ހޮނިހިރު ދުވަހުގެ ކުރީ ދުވަހު އިއުލާނު ކުރައްވާތި .
ދުވަސް
24 March 2025
އެއީ އިއުލާނުކުރައްވާ ދުވަހުގެ ފަހުން އަންނަ ދުވަހުގެ ކުރީ ދުވަސްތޯ؟
ހެހެ
24 March 2025
މިބޭފުޅާ ދައްކާ ވާހަކައަށް ރިއެޓްކުރާނެ ގޮތެއް މަށަކަށް އެއްގޮތަކަށްވެސް ނުވިސްނިގެން މިއުޅެނީ.
ބީވާ
24 March 2025
ޑރ. އަލީ ހައިދަރު އަހުމަދު އަކީ ރައީސް މުއިއްޒުއަށް ބަދަލު އަރާފަރާތެއްތަ؟ މިނާއާއި ހަވާލުކުރާ އެެއްވެސް ކަމެއް ނުވޭ، އަބަދުވެސް މިއަންނަ ހަފްތާ، މަސްނިމުމުގެ ކުރީން.... ބަހަނާ ދެއްކުން ނޫންކަމެއް ނުކުރޭ!
ޓައިޕުރޭޓަރު
24 March 2025
އިބްރާހިމް ހަސަން ތިކަން ހިންގިހެން މި ދައުރުގަ ހިޔެއްނުވޭ ހިންގޭނެހެން.
މަލާކާ ވަހީދު
24 March 2025
ޑރ ހައިދަރަށް ކުރެވޭ އެއްވެސް ކަމެއް އެބައޮތްބާ؟ ހަވާލުކުރާ ކޮންމެ ވުޒާރާއެއް އެދަނީ ފަހަތަށް! ވެއްޓެނީ ރައީސް ޑރ މުޢީޒުގެ އަގު. ލަނޑުލިބޭނީ ޕީއެންސީއަށް. ވަޒިފާ ގެއްލޭއިރަށް ޑރ ހައިދަރު ދާނީ ޔޫކޭއަށް. ކުރިންވެސް ހެދީ އެހެން. ދެންވެސް ހަދާނީ އެހެން.
މުސްތާގު އަލީ
24 March 2025
އެއްކަލަ މީހާ. އަނެއްކާ ހަމަ އެ ލަވަ އެހެން މިނިސްޓްރީއެއްގަ ކިޔަން ފެށީ
ސަނީސައިޑްބޮންޑް
24 March 2025
ތިޖެހުނީ ތެލަސީމިއާކަންތަށްހެން ތިކަންވެސް ސީދާރައީސްގެބެލުމުގެ ދަށަށްގެންނަން
އެމްސް
24 March 2025
މިޤައުމަށް ކަމުދަނީ ބިދޭސީންނެވެ! ދިވެހީން މިޤައުމުން ފައިބަން ވެއްޖެކަން ރާއްޖޭގެ ކޮންމެދިމާލަކުންވެސް އެބަ ފެނެއެވެ!