ފުލުހުންގެ ވެހިކަލެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 މާޗް 2025 - 19:06
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ވިޔަފާރިކުރަން ބައެއް ކެފޭތައް ބޭނުންކުރާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
ގޭންގު ކުށްތައް ހުއްޓުވަން މިދިޔަ ޖުލައި 1 ގައި އުފެއްދި ވިންގުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް "މިހާރު"އަށް ވިދާޅުވީ ބައެއް ގްރޫޕުތަކުން ކުށްކުރަން ބައެއް ކެފޭތައް ބޭނުންކުރާ ކަމަށެވެ.
މަސްތުވާތަކެތި ވިޔަފާރީގެ އިތުރުން ތޫނު ހަތިޔާރު ފޮރުވަން މީގެ ކުރިން ކެފޭތައް ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކުށްކުރުމަށް މަގުފަހިވާ ގޮތަށް ހުންނަ އެފަދަ ކެފޭތައް ފުލުހުން މީގެ ކުރިން ވެސް ފާސްކޮށްފައި އެވެ. އެއާއެކު، ކެފޭތަކުގައި ހަތިޔާރު ފޮނުވުން އެއްކޮށްހެން ހުއްޓުނެވެ.
ނަމަވެސް، އަދި ވެސް މަސްތުވާތަކެތި ފޮރުވައި އޭގެ ވިޔަފާރިކުރަން އަދި ވެސް އެތަންތަން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާ ފާސްކުރާއިރު އެ މީހުންގެ އަތުން ބަނގުރާ، މަސްތުވާތަކެތި އަދި ތޫނު ހަތިޔާރު ވެސް ފެނިފައި ވަނީ ކެފޭގެ ތެރެއިން. އެ މީހުންގެ ހަށިގަނޑުން، އެ މީހުން ތިބޭ މޭޒު ދަށުން. ބައެއް ފަހަރަށް ކެފޭގެ ތަންކޮޅެއް ކުރިއަށް ބަލަންޏާ ބަދިގެ ކަހަލަ ތަންތަނުގައި ވެސް ފޮރުވާފައި." އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްކުރާ ގްރޫޕުތަކުގައި އުޅޭ މީހުން ވަކި ކެފޭތަކެއްގައި ވަކި ގަޑިތަކެއްގައި ގިނަ އިރުވަންދެން ތިބޭނަމަ ފުލުހުން ގޮސް ޖިނާއީ ކުށެއް ކުރޭތޯ ބަލާ ކަމަށެވެ. ބަލާއިރު ފެނިއްޖެއްޔާ ހައްޔަރުކޮށްފައި އަދި ވެރިމީހާގެ ހުއްދައާ އެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން އެ ފަދަ ކެފޭއެއްގައި ބަލާ ފާސްކުރާ ކަމަށް ވިދާޅުވި އެވެ.
ބައެއް ކެފޭތައް ހާއްސަކޮށް ޝީޝާ ލައިންޖުތައް ހަދާފައި ހުންނަނީ ކުށުގެ ވެށީގައި އުޅޭ މީހުން ޝައުގުވެރިވާ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ، އަނދިރިކޮށް، ވަކިވަކި ގޮޅިތަކެއް ގޮތަށް އަދި ޕްރައިވެސީ ލިބޭ ގޮތަށް ހުންނަ ތަންތަނެވެ.
އެގޮތަށް ހުންނަ ނަމަ ކުށްތަކަށް އަރައިގަތުމަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ގޮތްގޮތަށް ވިސްނުމަށްފަހު، ބައެއް ގައުމުތަކުގައި ކެފޭތައް ހިންގަން ހުއްދަ ދެނީ ކުށްތަކަށް އަރައި ގަންނަން މަގުފަހިނުވާ ގޮތަށް އެ ތަނެއްގެ ޑިޒައިންތައް ހުންނަ ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެފޭ އޯނަރު
26 March 2025
ފުލުހުން ވެސް ވެއްޖެ ނޫންތޯ ހެލްތް އިންސްޕްކްޓަރުން ގެންގުޅޭ ރަތް އިސްޓިކާ ކަހަލަ އިސްޓިކާ ކޮޅެއް ހިފައިގެން އުޅެން؟ ގާނޫނާ ޙިލާފު ކަމެއް ކުރަންޏާ ވަގުތުން ތަން ބަންދު. އޭރުން ތި ކެފޭ ތަކުގެ ވެރިން ވެސް ފުލުހުންގެ މަސައްކަތަށް އެހީތެރިވާނެ ނޫންތޯ؟
ުެިިެޖސނނސ
26 March 2025
ދެން ކީއްވެ ނުހޯދެނީ؟
މިސްޓަރ ޓިނޭ
26 March 2025
މިކަން ނޭގޭ ކުޑަކުއްޖެއްވެސް މިގައުމުގަ ނޫޅޭ، ހަމައެކަނި ނޭގޭ ބަޔަކީ ފުލުހުން.، މި ރޯދަމަހު މަލައްވާ އެއްޗެކޭ ކިޔުއްވަން ނޫޅޭ
ބަންދު
26 March 2025
ކެފޭ ރެސްޓޮރަންޓް ހިންގަން ހުއްދަދޭ އިރު އެތަނުގައި ގަނޫނާއި އިސްލާމްދީނާއި ޚިލާފްކަމެއް ހިންގާނަ އެތަނެއް ބަންދުކުރުމުގެ ބާރު ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކައް ލިބިގެންވާއިރު، އެފަދަ އަމަލުތައް ހިންގާ ތަންތަނާ ދެކޮޅަށް ފުލުހުން ފިޔަވަޅު ނާޅާނަމަ، ފުލުހުންނާއި ދެކޮޅަށް ފިޔަވަޅުއަޅާނެ ފަރާތެއް ހަމަޖައްސަން އެބަޖެހޭ ދޯ!
ޖިމީ ކާޓަރ
26 March 2025
އަދި ކިރިޔާ މިއެނގުނީ ރާއްޖޭގެ ގިނަ އަންހިންވެރިން އަބަދު ރެސްޓޯރަންޓް ކެފޭތަކަށް ކާންދާން ދެވިހިފާފަ ހުރިގޮތް.. އެކަހަލަ އެއްޗެއް އަޅާފަކަންނޭނގެ އެހުންނަނީ.. އެއިން ތަނެއްގެ ކުރިމަތިން ހުރަސް ނުކުރެވިއްޖިއްޔާ އެރެއަކުވެސް ނިދިނާދޭ..
ސުޓައިލިސްޓިކު
26 March 2025
ތި ގޭންގުތަކުގެ ހުރޭ ބޯ ކޮޝާ ތަންތަންވެސް. ތިބެނީ ބިދޭސީން ބަހަށްޓާފަ. މަނީ ލޯންޑަރިންވެސް ކުރޭ. އެހެން ބިދޭސީންގެ ފައިސާގެ މުއާމަލާތުވެސް ކުރޭ.
ށކިސކސ
26 March 2025
ދިވެހި ބަހުން ލިޔަން ދަސްކުރޭ ބޮންދޫ
އިޒޯ
26 March 2025
ހަމަ އެކަނި ދިރާސާކޮށް ގެނެއް ނުވާނެ. ..ހުއްޓުވަން ކޮންމެވެސް ކަމެއް ކޮށްދެއްވާ.
އޫލުލް އަލްބާބު ނެތް
26 March 2025
މި ކޮމެންޓު ސެކްޝަނަށް އެކަނި ބަލާލިޔަސް ވިސްނޭ މީހަކަށް ފެންނާނެ ދިވެހިންގެ ފެންވަރު.
ގުނައިދު ޝަރީފް
26 March 2025
ތި ޝީޝާ ބޯ ތަންތަނަކީ، ފުލުހުންނަށް ބަންދުކުރެވޭނެ ތަންތަނެއްނޫން. އެތަންތަން ހިންގަނީ ކޮންމެސް ނުފޫޒުގަދަ ސިޔާސީ މީހެއްގެ ނިވަލުގަ. އެތަންތަނަށް ކިޔަންވީވެސް ޑްރަގް އައްޑާ،
ރަންނަ
26 March 2025
ޕޮލިންމީޑިއާއިން މިހާރު ހަބަރުވެސް ކިޔަންފެށީތަ؟ ރައްޔިތުން ކިހިނެކޭ ދެންހަދަންވީ؟ ތަހުގީގުކޮށްދޭންވީ؟ ހައްޔަރު ކޮށްދޭންވީ؟
ކަންގުފޫ ޕާންޑޭ
26 March 2025
ހިނގާ އަޅުގަނޑާ ތި ބޭފުޅާއާ ދެ މީހުން އަތަކަށް އިލޮށިފައްޗަކާ ފިހިގަނޑެއް ހިފައިގެން ނިކުންނަން.