އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 މާޗް 2025 - 11:42
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލާގައި ޕާސްޕޯޓު ހިފެހެއްޓި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އެހެން މީހުންގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.
ފަޒުލްގެ އިތުރުން ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އޭރު ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބައެެއް ވެރިން ވެސް ހިމެނެ އެވެ.
ފުލުހުން ރޭ މިއަދު ބުނިގޮތުގައި އެ އިދާރާ އިން ތަހުގީގުކުރަމުންދާ ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލާގައި ފުރުން މަނާކުރި އެންމެންގެ ފުރުން މަނާކުރި އަމުރު ވަނީ ބާތިލުކޮށްފަ އެވެ.
މި މައްސަލަ ފަޅާއެރީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ފަޒީލްގެ ނަން ކަނޑައަޅާފައި ވަނިކޮށް، އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓަރީއާ އެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ އެދުމުންނެވެ.
އެހެންވެ، އޭނާގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް، އެ މައްސަލަ ވެސް ބަލަމުން އެބަދެ އެވެ.
ފަޒީލް އެ ހުއްދަ އަށް އެދުނީ ޖޫން 30، 2024 ގަ އެވެ. އެހެންވެ، އެޗްޑީސީން އަމަލުކުރާ އުސޫލުން އެ ގޯތީގެ ރެޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އިތުރު މީހަކު ވެސް ހަމަ އެ ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ފަޒީލްގެ އިތުރުން ދެން ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ހައުސިން މިނިސްޓްރީން އެ ޖަވާބު ދިންތާ ފަސް މަސް ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ލިޔުންތައް ސޯޝަލް މީޑިއާގައި އާންމުވެ، ޝަކުވާ ބޮޑުވުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އާއި ބޯޑު އެއްކޮށް ސަސްޕެންޑް ކުރިި އެވެ. އެކަމަކު ސަސްޕެންޑްކުރުމާ އެކު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
27 March 2025
މައްސަލަ ނިމުނީ. ވަﷲ އަޢްލަމް
ފެއާރީ
27 March 2025
މީ ހަމަ ސަދޫމް!!
އަބްޑޫޅް +
27 March 2025
އެންމެންގެ ޕާސްޕޯޓާއި ފަޒުލު ދޯ، ދޫކޮށްލީ.
ގުނައިދު ޝަރީފް
26 March 2025
ފަޒުލްއަށްވުރެ ނަސީބުގަދަ މީހަކު ވަރަށް މަދުވާނެ. މުސާރަލިބޭގޮތައް ސަސްޕެންޝަނުގަ ހުރެފަ ގެންދިޔަ ލާރިކޮޅުވޭސް އަބުރާ ލިބިނު. މި ސަރުކާރު ކިހާސަޅި.
މަ ބުނީ
26 March 2025
ކިހާ ސަޅި، އެހެންވެއޭ އެވަރަށް ފޮނުނާރުވަންވީ،
ނުނން
26 March 2025
މީތޯ އެބުނާ 2.0 ދިވެހިރާއްޖެ އަކީ.......
ފޭލްޑް ސުޓޭޓް
26 March 2025
ފަހު ދިހަ ވީމަ ކޮމެންޓް ކިރެވޭ ކައް ނެތް.
ގތދވ
26 March 2025
މިނިސްޓަރ އޮފް ގޯތިދޫކުރާ... ސިންގަޕޯރގަ ހުންނަ ގޮތަށް ޖޮބެއްދީ..
މެޓްރިކްސް ހުސެއިނާ
26 March 2025
އަދި ބަދަލު ދީ ކުރިން ހުރި މަގާމަށް ވުރެ ބޮޑު މާގާމެއް ވެސް ދޭން ވާނެ.
ޢަލީ ބާބާ
26 March 2025
މިއީ މި ރާއްޖޭގައި ތަން ތަން ލޫޓުވީމާ ލިބޭ ނަފާ: ދެ ތިން ދުވަސް ބަންދު ބޯޑު! ދޮޅަހަކަށް ދުވަހު ހިފަހަށްޓާ ޕާސްޕޯޓު މިހާރު އެ ދޫކޮށްލީ؟ ބޭފުޅާގެ ގޯތިން ގެންދިޔަ ލާރި ކޮޅު ވެސް ދީފި! ސިމްޕަލް؟ ބުރޯމެން އެ އުޅޭ އުފާ ދެކިބަލަ
އަލިތަކުރުފާނު
26 March 2025
ނޭގޭ ވާހަކަ ނުދެއްކުން މާ ބުއްދިވެރިވާނެ. ތިބާ އަށްވެސް ރަގަޅުވާނީ އެގޮތް.