21 ޖެނުއަރީ 2025 - 18:47
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކުރަނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލާގައި ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "މިހާރު" އަށް ވިދާޅުވީ ފަޒުލްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. ކުރިން ނެރެފައި އޮތް ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
"އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ އަށް ވުރެ އިތުރަށް ފުލުހުން އެ މައްސަލާގައި މީޑިއާއާ އަދި ވާހަކައެއް ނުދައްކަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ފަޒުލް ދިއުޅުއްވާ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ވަނީ 1.4 މިލިއަނެއްހާ ރުފިޔާ ފެނިފަ އެވެ. އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެކަމަކު، މާލެ ސަރަހައްދުގައި ލޯންޗު އޮޕަރޭޓް ކުރާ "ރިލެކްސް ފެރީ ސާވިސް" ނަމަކަށް ކިޔާ ކުންފުންޏަކުން ވަނީ އެ ފައިސާއާ ހަލުވެފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި އެއީ، ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން 1.4 މިލިއަން ރުފިޔާ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫލަ
22 January 2025
ދައުލަތުގެ ބިމުން މީހަކަށް ނުހައްގުން ބިމެއް ދިނުން ގޯހެެއް ނޫން ދޯ؟
މެޝިން
22 January 2025
ތަންކޮޅެއް ކުރިން ލިޔުންތައް ނައްތާލީ ސިމެންތި ގަށާ މެޝިނަކުން. މިފަހަރު ކޮން ވައްތަރެއްގެ މެޝިނަކުންބާ؟
ގުދުގުދާބެއްޔާ
22 January 2025
ފަޒުލް ހާދަމޮޅޭ ދޯ ލޯންޗް ބަންނަން!
ޖޫރިމަނާ
21 January 2025
ކުޑަ ޖުރިމަނާއަކުން ނިންމާލީމަ އޯކޭނު. 50 ހަކަށްގޯތި އެދެން ކޯޗެއް. އެވެސް ހަމަ ކޮންމެވެސް ޕާޓީއެއްގެ ދިވެހިންގެ ރައްޔިތުން ވިއްޔާ!
ޑިސްއޮނަރަބަލް ޑީޑީ
21 January 2025
އަދިކިރިޔާތޯ ތުހުމަތެއްކުރެވޭވަރުވީ؟ ފުލުހުންގެ ސްޕީޑާބަލާފާ ގޯހެއްނޫން.
5
21 January 2025
މިބޭޅާގެ ޚަބަރު އެބަވޭ. އެކަމަކު މިބޭޅާގެ ބޭބޭގެ ޚަބަރެއްނުވޭ.
.ޕޮލި
22 January 2025
މިބޭޅާގެ ބޭބެ އަދިވެސް ހުރީ ވަޒީފާގައި ،މުސާރަވެސް ލިބޭނެ ބާ؟
ބަޑޭރަމީޒު
21 January 2025
މިކަންކުރި މީހުން ނައްތާލެވޭނެ ގޮތެއްނެންތަ!!؟؟
ޢަލީ ކުރުސީ
21 January 2025
ނާހަމަ ތެދެއް؟ ޤަވާއިދާ ޚިލާފަށް އަމިއްލަ ބޭބެއަށް ގޯއްޗެއްގައި އިމާރާތްކުރަން ހުއްދަ ދިން ވާހަކަ އޮއްބާލީ މިހާރު؟ ޤަވާއިދާއި ޚިލާފަށް ދީފައި އޮތް ގޯއްޗެއްކަން މިނިސްޓްރީން އެންގުމުން އެއްވެސް މުއައްސަސާއަކަށް ނާންގައި ސިއްރުކޯށްގެން ހުރުންވެސް އޯކޭ ވީ މިހާރު؟ ފެނުނު ރުފިޔާކޮޅު ލޯންޗު ކުންފުންޏަކުން ޙަވާލުވެއްޖެ. ތިޔަ ގެއްލުނު ޑޮކިއުމެންޓްވެސް ނޭނި އުކާލެވުނީ ކަމަށް ވެމްކޯ އިން ބުނީމަ ނިމުނީ! ނޫނޭ ވާ މިސަރުކާރުން ކޮރްޕްޝަނެއް ނުހިންގާނެ!
އަވަ
21 January 2025
ގޯތިވަގު. ތިވަރުގެ ވަގުމީހަކު މިޤައުމުގަ މަދުވާނެ. ޢަދީބު ނަގާފަ.
ފަރުލު
21 January 2025
ރަނގަޅު! ކުޑަކުޑަ ޖޫރިމަނާއެއް އަންނަވަރުގެ އަދަބެއްދިނީމަ ރަނގަޅުވާނެ. އެހެންނޫނީ މުޅި ސަރުކާރު ފަލީހަތްވާނީ...