އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
29 މާޗް 2025 - 15:17
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ.
މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.
މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހްތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނާއި، ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
އަލަށް ކިޔަވަން ފަށާ ދަރިވަރެއްގެ ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔަވަން ރަޖިސްޓްރީވެފައިނުވާ ނުވަތަ ޓިއުޝަންފީ ދައްކާފައި ނުވާ ދަރިވަރުންނެވެ.
އަދި ޓޮޕްއަޕް ލޯނު ދޫކުރާ (ކިޔަވަމުން އަންނަ ދަރިވަރުން) ގޮތުގައި ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ ސުންގަޑީގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުންނެވެ.
އަންނަ މަހުގެ 30ގެ ނިޔަލަށް ލޯނުތަކަށް ހުށަހެޅޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސްް
30 March 2025
އިތުރުލޯނަށް ފުރުސަތު ހުޅުވުމަށްވުރެ މޮޅުއިތުރީ މިހާރު ލޯނުން ދެކޮޅު ނުޖެއްސޭ ދަރިވަރުންނަށް ގޮތެއް ފަހިކޮށްދިނުމެވެ!
ކޮޕީ ކެޓް
29 March 2025
ޕީ.އެޗް.ޑީ ޓޮޕަޕެއް ނެތް. މާނައަކީ އެއްވެސް އިތުރު މަސައްކަތެއް ނުކޮށް ކުރީ ސަރުކާރުން ހަދާފައޮތްއެތި އިއުލާން ކޮށްލީ! އެއްވެސް އައުކަމެއް ނެތް.
އެމްސް
30 March 2025
ކުރީސަރުކާރަކަސް އަދި މިސަރުކާރަކަސް ލޯން ސެކްޝަންގަ އޮތީ މުޅި ހަޔާ އެޑިއުކޭޝަންގަވެސް އޮތް އެންމެ ނާގާބިލު ޓީމް އެވެ!
އަލީބެ
29 March 2025
500 އެއްނޫން 5000 ހުޅުވާލަންވީ. މިހާރުވެސް ކިޔަވަންގޮސް ތިބިކުދިން އެއުޅެނީ ލާރިކޮޅު ނުލިބިގެން. ސެމިސްޓަރ ފީ ދެއްކޭނެގޮތެއްނެތި ކިޔެވުން ހުއްޓުންއަރާ އަނެއްބައިކުދިން އެނބުރިރާއްޖެއަންނަންޖެހިފައި. ބާކީބައި ބުނެވޭނީ ރޯދަނިމުނީމަ
އާބިދު ސައީދު
29 March 2025
ކުރިންހެން ދެން ނުވާނެ. އިތުރު ފީއެއް ނުނަގާނެ.
އަޝްމަލް
29 March 2025
މީ ތޯތޯ ސަރުކާރެއް ނޫން. ކަން ކުރާނެ ނަތީޖާ ނެރޭނީ ރައްޔިތުންނަށް އެއްމެ ފައިދާ ހުރި ގޮތަށް.
އެމްސް
30 March 2025
މުޅި ރާއްޖެ ޢީދަށް ދިއްލުމަށްވުރެ ރަޢިއްޔަތުންނަށް ފައިދާ ބޮޑީ އެންމެނަށްް ޢީދުހެދުން ލިބުމެވެ!
މުސާ ހަމީދު
29 March 2025
ފަހުގެ ތާރީހެއްގައި އެއްމެ ގިނައިން ހުޅުވާލި ފަހަރު މިއީ.
ނަކަތް
29 March 2025
އިއުލާނެއް ނުފެނުން
އަހްމަދް
29 March 2025
ތިހެން ގެދޮރު އަޅަންވެސް ލޯނަށް އިއުލާނުކުރިތާ އެތައް މަހެއް ވެއްޖެ. އެކަމަކު އެކަކަށްވެސް އެލޯނެއް ނުލިބޭ.. އެހެން ކިޔަވަންވެސް ލޯނު އިއުލާނުކުރެވިދާނެ.
ނޭގޭ
30 March 2025
ތިހެން ރަނގަޅު މައުލޫމާތު ނޭނގި އަދި ނޭނގުނުތާ އަމިއްލަ އަށް ރަނގަޅު މައުލޫމާތު ނުހޯދާ ކޮންމެސް މީހަކާ އެކު ކޮފީއަކަށް އަރާތިބެ ކޮންމެސް ރޯނުއެދުރަކު ދައްކާހާ މޮޅު ވާހަކައެއް އަޑު އަހާފަ އައިސް ޕަބްލިކް ތަންތަނުގަ ތިކަހަލަ ކޮމެންޓް ކުރާ މީހުން ހައްތަހާވެސް. ދެން ތިކޮމެންޓް ކިޔާފަ ގަބޫލު ކޮށްގެން އަނެއްކާ އިތުރަށް ފެތުރުމަށް ކިޔޫގަ ގިނަ ދިވެހި ރޯނުއެދުރުން
ޖައިޝް
29 March 2025
ރަނުގެ ފުރުސަތެއްނު މިއީ
އައިހަމް ހަސަން
29 March 2025
މި ލޯނުތައް ދޫކުރާނީ ޝަރުއީ ހަމަތަކުގެ ތެރެއިން. ވަރަށް ބަރާބަރު