ރާއްޖޭގެ ކޮލެޖެއްގެ ގްރެޖުއޭޝަން ކުރިއަށްދަނީ: ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި 1،300 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ލޯނަށް އެދިފައި. -- ފޮޓޯ: މިހާރު
22 ޖުލައި 2025 - 18:49
ސްޓޫޑެންޓް ލޯނަށް އެދި 1،338 ދަރިވަރުން ކުރިމަތި ކަމަށާއި އޭގެ ތެރެއިން 806 ދަރިވަރަކު ލޯނަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ލިސްޓު މިއަދު އާންމުކޮށްފި އެވެ.
އެ ލޯން ސްކީމުގެ ދަށުން މި އަހަރު ހުޅުވާލީ 500 ފުރުސަތެވެ.
ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު މިނިސްޓްރީން އާންމުކޮށްފައި ވާއިރު ޝަރުތު ހަމަނުވާ ދަރިވަރުންނަށް އެކަމުގެ ސަބަބު ލިސްޓުގައި ބަޔާންކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ލޯނު ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދޫކުރެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ.
މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ނިންމާފައި ވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތު އަހަންމާ
22 July 2025
މި ލިސްޓުވެސް އާއްމުކުރާނެ ކަމެއް ނެތް.. ބޭނުން ބަޔަކަށް ލޯނުތައް ދީ ނިންމާލާ.. ކިޔަވާކުއްޖެއް ނުކިޔަވާ ކުައްޖެއް ބަލާނެ ކަމެއް ނެތް.. މާލޭ 15 އަހަރު އުޅުނު މީހެއް ނޫޅޭ މީހެއް ނުބަލައި، ފްލެޓްތައް ދީ ނިންމާލި ފަދައިން މިކަންވެސް ކޮއްލަދީ.. އެއީ ހެޔޮވެރިކަމަކީ..