އެމްއެންޔޫ އިން ގްރެއޭޓްވި ދަރިވަރުންތަކެއް ގްރެޖުއޭޝަން ހަފުލާގައި.
28 މާޗް 2025 - 10:28
އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަށަށް ހެދުމަށްޓަކައި ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދުން ފެށިގެން ކަނޑާލައިފި އެވެ.
އެ މިނިސްޓްރީން އެގޮތަށް ނިންމިކަން އިއުލާންކުރީ، ސްޓޫޑެންޓު ލޯނުން ނަގާ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމާ އެކު، ނެރުއްވި ބަޔާނެއްގަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިހާރު ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާއިރު، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، އެ ލޯނުތައް ދައްކަންޖެހޭ އަދަދު އެޖެސްޓް ކުރާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، ސްޓޫންޑެންޓު ލޯނުތައް ކުރިމަގުގައި ދޫކުރާއިރު، އެ ލޯނުގެ އިތުރުން އެއްވެސް ފައިސާއެއް ދެން ނުނަގާނެ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް އެކަންކަން ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
އެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރައީސްގެ ނިންމެވުމުން އެނގެނީ ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމް ގައުމަކަށް ވެފައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ފައިސާއާ ގުޅޭ ކަންކަން ކުރިއަށް ގެންދަން އެ މަނިކުފާނު ދެއްވާ އިސްކަން ކަމަށެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދު ތިން ޕަސެންޓަށް އަދި ފަހުން އެއް ޕަސެންޓަށް ދަށްކުރީ އެވެ.
މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާނުލައި ދިގުދެމިގެން ދާތީ މިހާރު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު "މިހާރު" އަށް ކުރިން ވިދާޅުވީ ލޯނަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
30 March 2025
އިސްލާމީ ޝަަރީޢާގަ، މީހަކު ނުކުރާކަމަކަށް ޖުރިމަނާ ނެގޭތޯއެވެ؟ ފެމިލީ ކޯޓްފަދަ ތަންތަނުން ސެޓްފިކެޓެއް ނުގެސްގޮސް އޮވެ ހޭދަވާ ކޮންމެދުވަހަކަށް -/50 ރ ނަގަމުން ދެއެވެ! އެއްގޮތަކަށްވެސް ނުުހިންގާ ވިޔަފާރިތަކުން ރިޕޯޓް ހުށަނާޅާތީވެސް ދުވާލަކަށް -/50 ނަގަމުންދެއެވެ! ރިބާއަކަށްވަނީ ބޭންކެއް މެދުވެރިވީމަ އެކަނިބާއެވެ؟
ހސޔހ
29 March 2025
ސަރިއާ ކޮމްޕުލެއިންޓް ކުރަން ޖެހިފަ އޮތީ ހުރިހާ އެއްޗެއްވެސް..
ކަކުނިބޯ
28 March 2025
ބައިބަޔަށް ބަހާގެން ދައްކާތީ އިދާރީފީއެއްނެގުން އެއީ ރިބާކަމުގައި ވާނެގޮތެއް ކިޔާލަދީބަލަ އިސްލާމީޝަރީއަތޭކިޔާގެން ހެޑިންނޭޅިޔަސްވެދާނެ
ރިބާއަށް ވާގޮތް
29 March 2025
އަޚާއެވެ. ރިބާއަށް ވަނީ ބައިބަޔަށް ނުވަތަ ދައްކާގޮތަކުން ނޫނެވެ. ރިބާ އަށް ވަނީ 100 ދީފައި އަނބުރާ ދަންކަން ބުނާއިރު، 110 ދައްކަން ބުނުމެވެ ނުވަތަ ދައްކަން މަޖުބޫރުކުރުވުމެވެ. 110 5 ނޫން 20 އަހަރަށް ބެހިޔަސް އެ 10 ރުފިޔާ ވަންނާނީ ރިބާއަށެވެ. އެކަމަކު ޚިދުމަތް ދޭތަނަކުން ފީ ނަގާނަމަ، ލޯނަކީ 100 ވިޔަސް 10000 ވިޔަސް، ލޯނުގެ އަދަދާއި ނުބެއްސި ފީ ނަގާނަމަ ނުވާނެއެވެ. އޭރުން ކުޑަ ލޯނަކަސް ބޮޑު ލޯނަކަސް ފީ އެއްވަރު ވާނެއެވެ. ސާފު ވެއްޖެތޯއެވެ.
ސުބުސުސުވާ
28 March 2025
މިއީ އހަރެމެން މިބުނާ ރައްޔިތު މީހާ އިސްކުރާ ސިޔާސަތަކީ. މުޅި މިވެރިކަން މި ބިނާވަނީ މި ސިޔާސަތުގެ މައްޗަށް. އަދި ކުރިޔަށް އިންޝާﷲ އޮތީ.
ހައްނާންް
28 March 2025
ސްޓުޑެންޓް ލޯންތަކަކީ ސަރުކާރުން ދޫކުރާ އެއްޗެއް. ސަރުކާރަށް ބޭނުންއިރަކު މިފަދަ ކަންކަމަށް އިސްލާހު ގެނެވިދާނެ. މިއީ ކުރިން ނުވެފަ އޮތް ކަމެއް. މިކަންވެސް މިކުރީ އާހިރަތުގަ ހަމަ މުއިއްޒު.
ސަމަދް
28 March 2025
އެތަށް ކުދިންގެ ދިރިއުޅުމަށް މި ކަމުން އެކަނިވެސް ވަރަށް ބޮޑު އިންޕެކްޓެއް އަންނާނެ. ރައްުޔިތުންގެ އާދޭސް އަހާ ވެރިޔަކު ލިބުނުކަމީ ދިވެހިންގެ ނަސީބްް
ފައުޒިއްޔާާ
28 March 2025
މި ގައުމުގެ ކަންކަން އިސްލާހުކޮށް އިސްލާމީ ރިވެތި އުސޫލްތަކުގެ މައްޗަށް ކަންކަން ބައްޓަންކުރެއްވުމަށް ރައީސް މުއިއްޒު އިސްވެހުރެ ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ބަލައިގަންނަން. ބަޔަކަށް މިފަދަ ކަންކަން ހަޖަމެއް ނުވާނެ
ޝިމްލާާ
28 March 2025
މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް. ރައީސް މުއިއްޒުއަށް ފަށްފަށުން ޝުކުރުދަންނަވަން.
ފުރިހަމަ
28 March 2025
ރަނގަޅު ނިންމުމެއް. ބަރަކާތް ލައްވާށި. އާމީން.
ޑަޒަނިސްޓު
28 March 2025
ދެން އެބައި ބޭންކަށަ ހަމަޖައްސައިދެއްވާނީ ހުރިހާ ދިވެހީންގެ ހަރަދުގައި ދެއްތޯ. ހިޔާ ފުލެޓާ ވިނަރެސްގެ ކުލީގެ ބަޔެއްހެން. އަޅުގަނޑުމެންގެ ހިއްސާ އެނގޭނެ ގޮތަށް އެ މައުލޫމާތު އެނގޭނޭހެން ޝާއިއުކުރާނެ ކަމުގައި އުންމީދުކުރަަން.