ރައީސް މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ކެލާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ: ކެލާގެ ފަޅުގައި ދެ ރިސޯޓެއް ހަދާނެ ކަމުގެ ޔަގީންކަން ދެއްވި.
29 މާޗް 2025 - 17:22
ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ހެދުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި ކެލާގެ ދާއިރާ އިހުތިސާސަސް ލާމަރުކަޒީ ގާނޫނުގެ ދަށުން މިއަދު ބަދަލު ގެންނަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ވަނީ ކެލާގެ ދާއިރާގެ އިހުތިސާސަށް ގެނައި ބަދަލު ގެޒެޓްކޮށްފަ އެވެ.
ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ކެލާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކެލަ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
"އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ދުވަހު ވިދާޅުވިގޮތުގައި، ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތާ ގުޅޭ މަޝްވަރާތައް ކުރައްވާނެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކެލާގައި އެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ވެސް ކެލާ އަކީ ވަރަށް މުހިންމު ރަށަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜާއްޖެ މީހާ
30 March 2025
ރާއްޖޭގެ ރައްތަކާއި ފަޅުތަކާއި ފިނޮޅުތަކާއި ގިރިތައް މިވެރިން އައިސް ހަލާކު ކުރަމުން މިދަނީ ރައްޔިތުންނަށް މި މީހުންވިސްނައި މިދެނީ އެއީ ތަރައްގީ ކަމަށް ނަމަވެސް ގުދުރަތުން ލިބިފައިވާ ހަގީގީ ތަރައްގީ ފަސްއަޅާ ހިލަޖަހާ ކޮންމެ ސަރުކާރަކުންވެސް ކުރަމުން މިދަނީ ސިޔާސީ ޖީބު ބޮޑުކުެރަން. ޖަޒީރާ ގައުމު މި މީހުނަށް ރީތިވަނީ ޑުބާއީ ގޮތަށް ތަންތަންކޮނެ ހިލަ ޖެހީމަ. ގައުމު ހަލާކު ކޮއްފި ސިޔާސީ ވެރިންނޭ ކިޔައިގެން އައިބަޔަކާ ހެދި.
ފަސާދައިގެސޭހު
30 March 2025
ކޮބާ ހުރިހާ ޝޭހުން. ރަށްރަށުގައި ގެސްޓް ހައުސް އެޅީމާ ފަސާދަވާނެކަމަށްބުނެ އެމްޑީޕީއާ ދެކޮޅަށް ނުކުތް ހުރިހާ ޝޭހުން މަރުވީތަ. ގެސްޓް ހައުސްގެ ބަދަލުގައި ރަށްރަށުގައި ސީދާ ރިސޯޓް ހަދާއިރުވެސް އަނގައިން ބުނެލާނެ ޝޭހެއްނެތް
ށޭހު
30 March 2025
ށޭހު ހުރީ ބަންބުކެޔޮފެނިފަ އާޝޯހުވެފަ.
ވާވު އެމްވީ
30 March 2025
ކޮބާ ކެލާ ކުދިން ދެން އަވަހަށް ގެސްޓްހައުސް ތައް އަޅަން ފަށާ.. ޑޮލަރު އޭޓީއެމްއަކަށް ވާން ތައްޔާރީ ވަނީ މި. ރަންބިސް އަޅަންފަށަނީ
ސުލްތާން
29 March 2025
ކެލާއަށް އެއަރޕޯޓެއް، އިންޓަރނޭޝަނަލް ސްކޫލެއް، ޔުނިވަރސިޓީއެއް، ހޮސްޕިޓަލެއް ސީއެސްއާރުގެ ދަށުން ނުލިބޭނަމަ ނޯ ޖަހާ.
ރޯނު
29 March 2025
އުސޫލުގައިވާގޮތުން ކެލާގެ ކައުންސިލްއަށް ތިބުނާ ރައްތަކުން ވަންނަގޮތައް އިންނަނީ ހަމައެކަނި އެތަނުން ނެރޭ ކުނި ކެލާ ކުނި ގޮނޑަށް އުކުން އަދި ރޭ ގުއި ކެލާގެ ނަރުދަމާއަށް ގުޅާލުން . މިހާރުވެސް ކުނި މެނޭޖު ނުކުރެވިގެން އުޅޭ ރަށެއް. ސީއެސްއާރ ގެ ދަށުން މިއަށްވުރެން ބޮޑު އެއްޗެއްވަނަން ޖެހޭ. ކެލާގައި އިންޓަރނޭޝަލް ސްކޫލެއް، ޔުނިވަރސިޓީއެއް، ހޮސްޕިޓަލެއް. ރިސޯޓު ހެދުނީމާ ގިނަވާނީ ބޭރުމީހުން ޚަރަދު ކުޑަކުރާނެ......
ކެލާ ދަރި
29 March 2025
ޢަޅެފަހެ ކެލާގެ ކޮން ރައްޔިތެއްތަ ބޭނުންވަނީ ކެލާގެ ބޯޑުބައެއް ރަށުން ވަކިވާން. މިއަދަކީ ކެލަޔަށް ހިތާމަވެރި ދުވަހެއް. ދައްޕަރުގަ ރިޒޯޓް ހަދާބަލަ. ކިހާބޮޑުކަމެއްމީ!
ހަންކެޑަ ރިސޯރޓު
29 March 2025
އެ 2 ރިސޯރޓަށް ކިޔާނެ ނަމަކަށް ފެންނަނީ ކެލާ ހުޅަނގުބުރި ރިސޯރޓާއި ކެލާ އުތުރު ބުރި ރިސޯރޓު އެވެ
ކަރާސީނު
29 March 2025
މިއަކީ ހއ އަތޮޅާއި، މާލޭގެ ވެރިކަމެއް.
ނުކުރެއޭދޯ
29 March 2025
މާލެ ގާފަރު ފަޅުގައި ހެދޭނެ މާލެ ސައިޒުގެ 100 ރަށްތައް ދެރަށް ދެމެދު ގައި 1 ކިލޯމީޓަރުގެ މޫދު އޮންނަ ގޮތަށް މަމެން ހީކުރީ މިސަރުކާރު ވެރިކަަމަށް އައިސް ގާފަރު ފަޅު ކައްޕަޅި ފަގީރަކަށް ވިއްކާލާ ކަޓްކާނުލާ އެތަން ދުނިޔޭގެ ފެންވަރުގެ ފައިސާ ހުރި ޗައިނާ ފަދަ ގަދަފަދަ ގައުމަކުން ލޯން ނަގައިގެން އެފަޅު ހިއްކާ އެފަޅުގައި ވަރުގަދަ އިންޑަސްޓްރިއަލް ޕާރކް އަދި އެގްރިކަލްޗަރ ޕާރކް ހަދާނެ ކަމަށޭ އެކަމަކު ގާފަރު ފަޅުވެސް ދިނީ ބޮޑު ވަގަކަަށޭ އެއްކަމެއްވެސް
ބަބަންބަން
29 March 2025
ބައްލަވާ ދެން އޭރަށް ކިހިނެއްތޯ ވާނީ ބަންކަރިންނާ އިންޓަނޭޝަނަލް ޕޯޓަށް؟ ޓޫރިޒަމު ގެނައީމާ ކަނޑު ތަޣައްޔަރުވާ ޒާތުގެ މަސައްކަތެއް ނުކުރެވޭނެއްނޫންތޯ އެސަރަހައްދަކު؟