އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: މިހާރު
29 މާޗް 2025 - 23:55
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަރަދުކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ތިބި ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 4،500ރ. ޖަމާކޮށްދީފައިވާ ކަމަށެވެ.
އެ ލިސްޓުގައި މި ވަގުތު ތިބީ 2،765 މީހުންނެވެ. އެހެންވެ، ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާ އެވެ.
އޭގެ އިތުރުން، ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ގާޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ފަސް ލައްކަ ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ގޮވާމުން ލިބުނު ޒަކާތް، މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދީފައިވެ އެވެ.
އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ސަރުކާރުން ވަނީ ހުރިހާ ފަގީރުންނަށް ވެސް އެއްވަރަކަށް ޒަކާތް ބަހަން ނިންމައިފަ އެވެ.
މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. އެގޮތަށް ހެދުމުން، ބައެއް ރަށްރަށުގައި ޒަކާތުގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ފަގީރުންނަށް ލިބެ އެވެ.
ޝަހީމް ކުރިން ވިދާޅުވީ ޒަކާތް އެއްހަމަ ކުރުމުން މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
30 March 2025
ބައިމިލިޔަނޭ ނުބުނެ ފަންސާސް މިލިޔަން ލާރިއޭ ބުނިނަމަ. ގިނަކުރަން މިލިޔަން ކިޔަނީ. އެއީ އެންމެ 500،000 ރުފިޔާ ނުވަތަ އެންމެ 26،000 ޑޮލަރު! 5 މިލިޔަން މީހުންނަށް، މީހަކަށް 10 ލާރި ޖެހޭނީ!
ނަސްރު45
30 March 2025
ގާޒާ އަށް ދޭން ތިޔަ ފައިސާ ނަމަނަމަ އަނެއްކާ ޔަހޫދީންނާއި ހަވާލު ނުކުރާތި ދަރިޔާ!
ގުނައިދު ޝަރީފް
30 March 2025
ޔަހޫދީން އަތުގަހުރި އެއްޗެއް ދެން ކޮން ޔަހޫދީންނަކާ ހަވާލުކުރާ ވާހަކައެއް.
އެމްސް
30 March 2025
ޒަކާތު ފައިިސާއަކީ ދީނުގަ އެކަމަށް ކަނޑައެޅިފަ ހުރި ގޮތްތަކުގެ ބޭރުން ހޭދަކުރަން އޮތް އެއްޗެއް ނޫނެވެ!
ފަބިއޯ ގޮންޒާލޭޒް
30 March 2025
މިހާރު... މުއްސަނދި ރަށްތަކުގައި އުޅޭ ފަޤީރުންނަށް ބޮޑަށް ބޭނުންވާނެ ދޯ އެހީތެރިކަން، އެ ރަށެއްގެ އަގުތަށްވެސް ބޮޑުވާނޭތީ...
ނުވެއްދޭ
30 March 2025
އެކައްޗެއްވެސް ނުވެއްދޭ ނޫންތޯ؟
raajje
30 March 2025
5ލައްކަރުފިޔާ ގާޒާގެ ކުޑަކުދިންނަށޭކިޔާފަ ގައިބުކޮށްލަނީދޯ! ގާޒާގެކުޑަކުދިންނަށްތީގެންކުރަނީކޮން ރާހަތެއް ކޮންފައިދާއެއް؟ އެކުދިންނާހަމަޔަށްތިޔަފޯރާނެކަމަށް ގަބޫލެއްނުކުރަން، އަނެއް 5 ލައްކަ ގާޒާގެ މުސްކުޅިންނަށް އަނެއް 5ލައްކަ ގާޒާގެ އަންހެނުންނަށް އަދި އަނެއް5 ލައްކަ ގާޒާގެ ޒުވާނުންނަށް ފޮނުވާ! ދެއުޅިއެއްނުވާކަންތައްތައް، ކޮންމެއަހަރަކު ފަގީރުންގެ ތެރޭންހޮވާލެވޭބައެއްގެ ދިރުއުޅުން ބަދަލުކުރަން މަސައްކަތެއްފަށާދޭނަމަދޯ ޒަކާތުގެފައިސާއިން..
raajje
30 March 2025
"އެގޮތަށް ހެދުމުން، ބައެއް ރަށްރަށުގައި ޒަކާތުގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ފަގީރުންނަށް ލިބެ އެވެ" މައްސަލައެއްތޯމީ؟ މާނައަކީ ފަގީރުންފަގީރުންގެ ގޮތުގައިތިބެންވާނޭ، އެއްގޮތަކަށްވެސް ފަގީރުކަންނެތިގެންގޮސްގެންނުވާނޭ، އަދި ފަގީރަކަށް މާގިނަފައިސާލިބި ރައްކާކުރެވޭނެފަދަގޮތެއްދިމާވެގެންނުވާނެ، މީއަޅުގަނޑަށްވިސްނޭގޮތް، ޒަކާތުގެގޮތުގައި ލިބޭފައިސާ ޝަހީމުމެންހިތުހުރިހާގޮތަކަށް ބައިބައިކޮށް އިންވެސްޓުކޮށް ތަޅާބުރުވުމަކީ އަޅުގަނޑު ސަޕޯޓުކުރަކަމެއްނޫން
ގުނައިދު ޝަރީފް
30 March 2025
ބައިމިލިޔަން އެއީ އެއްވެސް އެއްޗެއްނޫން، އެއަށްވުރެ ގިނައިން ހަދިޔާކުރެވެންޖެހޭނެ. ދައުލަތުގެ ޚަޒާނާގަ ނުޖެހި ޒަކާތު ފައިސާއިންވެސް ތިޔަށްވުރެ ރަގަޅު ޚައިރާތެއް ކުރެވެންޖެހޭނެ.
ސްޓަންޓް ގްރޫޕް
30 March 2025
0.0005 ބިލިއަން އޭ ބުނިނަމަ އަދިމާފުރިހަމަވީސް. ކެކެކެ މިމީހުން މިހާރު ލައްކަ ކިޔަންވެސް ލަދުގަނޭ. އާއިލާތަކަށް މުސާރަވެސް ލިބެނީ ލައްކައިންވިއްޔާ. އެހެންވެ ވާގޮތްމީ. ދެރަވަރު
ފަންޑު
30 March 2025
އާންމުންނަށް ޖަމާކުރެވޭގޮތަށް ވަކިން ފަންޑެއް (ގާޒާ ކުދިންނަށް) ސަރުކާރުން ހުޅުވާދިނުން އެދެން.. ރާއްޖޭގެ ޖަމިއްޔާތަކަށް އިތުބާރުކުރަން އުދަނގޫވީމަ އެހީވާން ފަސްޖެހޭ..
ހަމަދު ސަލީމް
30 March 2025
ސަރުކާރަށް އިތުބާރު ކުރެވޭތަ؟