ބިންހެލުމުގެ ސަބަބުން މިއަންމާގައި އިމާރާތްތައް ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ
01 އެޕްރީލް 2025 - 00:04
މިދިޔަ ހުކުރު ދުވަހު މިއަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވަނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މިއަދުގެ ނިޔަލަށް 2،056 މީހަކު މަރުވިކަން ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން 3،900 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
ބިންހެލުމަށް ފަހު ހަބަރެއް ނުވާ މީހުންގެ އަދަދު ވެސް 270 އަށް ވުރެ ގިނަ ކަމަށް ބަޔާނުގައިވެ އެވެ.
މި ބިންހެލުމުގެ އަސަރު ދެން އެންމެ ބޮޑަށް ކުރި ތައިލެންޑުން ވެއްޓުނު، ހަދަމުން ދިޔަ 30 ބުރީގެ އިމާރާތުން 19 މީހަކު ވެސް މަރުވެފައިވެ އެވެ. ވެއްޓިފައިވާ އެ އިމާރާތުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާއިރު އެތަނުގެ މަސައްކަތްތެރިންގެ ތެރެއިން އަދިވެސް 75 މީހަކު ނުފެނެ އެވެ.
އެންމެ ބޮޑަށް ގެއްލުން ވެފައިވާ މިއަންމާގައި މަގުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ ސަބަބުން ވަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ. އަދި އެތައް ހޮސްޕިޓަލެއް ވެސް ހަލާކުވެފައި ވާތީ ހުސް މައިދާންތަކަށް މީހުން ނެރެ އެ ތަންތަނުގައި ދަނީ މީހުންނަށް ފަރުވާ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންގްސަން
01 April 2025
ރޮހިންޔާގެ 10،000 ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އަލަށް އުފަން ކުދިން މަރާލި އަދި، 300 އަށް ވުރެ ގިނަ ރަށް އަނދާލި، 700،000 އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝްއަށް ފިލަން މަޖުބޫރު ކުރުވި މީހުން ތިބީވެރިކަމުގަ. ދެހާސްނުވޭ އަދި އެއްޗަކަށް.
ލާމަސީލު
01 April 2025
ﷲ ގެ ކޯފާއެއް. ރޮހިންޖާ މުސްލިމުން ދިރިތިއްބާ އަންދާ ކުޑަކުދިން މައިންބަފައިންގެ ކުރިމަތީގައި މަރާލި ބައެއް ތި މިޔަންމާ އަކީ. އިސްރާއީލުން ހައެއްކަމަސްތެރޭ ފަލަސްތީނުގެ 60 ހާސް މީހުން އަނިޔާވެރިކޮށް މަރާލި. އިސްރާއީލުން ދުވާލަކު ފަލަސްތީނުގެ އެތަކެއް ގެއެއް ބޮންއަޅާ ބިހާހަމަކޮށްލާ. ތި މިޔަންމާއިން ވެއްޓުނީ އެންމެ ގެއެއް. ދުނިޔެ މިއޮތީ ނިދާފަތަ؟