ކޮންމެ މަސްދަޅު ކޭހަކަށް މިފްކޯ އިން 30ރ. ގެ ޑިސްކައުންޓެއް ދިން.
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ރޯދައަށް ސަރުކާރުން 108،000 އަށް ވުރެ ގިނަ މަސް ކޭސް ބެހި ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ --- ފޮޓޯ/މިހާރު
01 އެޕްރީލް 2025 - 21:52
މި ފަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން 108،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބެހި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ރޯދަމަހާ ގުޅިގެން ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހި އެވެ.
މަސްދަޅު ކޭސްތައް ބެހި އަދަދާއި އޭގެ އިތުރު ތަފުސީލްތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ 108،801 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާނެ ކަމަށެވެ. އެ މަސްދަޅު ކޭސްތައް ގަތުމަށް ދައުލަތުން 79.4 މިލިއަން ރުފިޔާ "ރައްޔިތުންނަށްޓަކައި ހޭދަކުރި" ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެއީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހި 79 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ކޮންމެ މަސްދަޅު ކޭހަކަށް މިފްކޯ އިން 30ރ. ގެ ޑިސްކައުންޓެއް ވެސް ދިނެވެ. އެހެންވެ، ކޮންމެ މަސްދަޅު ކޭހަކަށް ސަރުކާރުން ހަރަދުކުރީ 730ރ. އެވެ.
މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހާފައިވަނީ ދައުލަތުގެ ކުންފުނިތަކާއި ސިފައިންގެ އެހީތެރިކަމާއެކު އެވެ. ނަމަވެސް ރަށްރަށުގައި މަސް ކޭސް ބަހާފައިވަނީ ކައުންސިލްތަކާ ހަވާލު ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް ބަކުރުބެ
04 April 2025
މަސްދަޅު ކޭސް ލިބުނު ގޭބިސީތައް އޮޑިޓް ކުރީމައި ނުގެންދާ ގޭ ބިސީތަކުގެ ނަމުގައި ހިންގި ކޮރަޕްޝަން ފެންނާނެ.
ގުނައިދު ޝަރީފް
04 April 2025
ކާލެވުނީ ކިހާވަރެއް؟
އަންދަލޫސިޔާ
03 April 2025
81،412 ގޭބިސީ. އެކަމަކު 108،000 މަސްދަޅުކޭސް ބަހައިފި. ކޭހަކަށް 971 ރުފިޔާ ޚަރަދުކޮށްފި. ޖުމުލަ 25 މިކިޔަނާ 30 މިލިޔަނާ ދޭތެރޭގެ ފައިސާއަށް ވީގޮތެއް ނޭނގޭ!
ސިއްބަތް އަޒީޒް
03 April 2025
ރައްޔިތުންގެ ރައީސްކަން ރައީސް މުއިއްޒް ސާބިތް ކޮށްދީފި މިކަމުން. ރައްޔިތުންނަށް ލުއި ގޮތް ހެދުމަަށް މިކަން މި ހަރަދު ކުރި
ދިހާމް ހުސައިން
03 April 2025
750ރ އަހަރުމެން ކަހަލަ ނިކަމެތިން އަތުން ސަލާމަތްވީ މީގެ ސަބަބުން
އާދަމް ހަލީމް
03 April 2025
ފަހުގެ ތާރީހެއްގައި ސަރުކާރަކުން ރައްޔިތުންގެ ހައްގުގައި ނިންމި އެއްމެ ރަނގަޅު އެއްކަންތައް މިއީ
ނޫޙް އިބްރާހިމް
03 April 2025
ރައްޔިތުންގެ ޖީބަށް ލިބުނު ބޮޑު ލުޔެއް މިއީ
އަސްނަދު
03 April 2025
މިކަންކަން ހަމަ ފުރިހަމަ. ނިންމަންވީ މިހެން
މަބުނީ
02 April 2025
ނުވާނެދޯ ކަލަގޮވާކަށް.. އަދި މިއުޅެނީ ރޯދަމަސް ނިމި އެންމެ ފަހުރޭ އިރު އޮއްސުނު އިރު ކެއި އެތިކޮޅުގެ ރަހަ ނުކެނޑި އަދި 6 ރޯދަ ވެސް ނުނިމިގެން. ލޮލް..
ހިތުންމޮޅު
05 April 2025
ކަލޯ މިހާރު ނޫހުން ސުވާލު ކުރީމަ ޖަވާބު ދޭނެ ދޯ؟ އަމިއްލަޔަށް އެވާހަކަ ދެއްކީއެއް ނޫން
ނާޑުވާ
02 April 2025
ތިޔަ މަސްކޭސް ތަކަށް ފައިސާ ދެއްކީ ސަރުކާރުން. ސަރުކާރުން އެފައިސާ ހޯދީ އަދި އެބައި ފޫބައްދަން އިތުރު ފައިސާ ހޯދާނީ ކޮންތާކުން ތޯ? މި ލޮޖިކް އެނގިލައްވާ ފަރާތްތަކަށް ވަރަށް ސަލާން. ވެންމަސް ވެނަށް.
ސައިބޯނި
02 April 2025
ވެންމަސް ވެނަށް, އެހެނަ ދޮއްތޯ